ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުން ފެނުނު ކިނބުލެއް ހިފައިފައިވާ ކަމަށް ސިފައިން ބުނެފިއެވެ.

ސިފައިންގެ އިދާރާއިން ބުނި ގޮތުގައި ދ. އަތޮޅުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާަތްތެރިވެ އެ ކިނބޫ ވަނީ ހިފާފައެވެ.

Ad
rt

ދިގު މިނުގައި 9 ފޫޓް ހުރި އެ ކިނބޫ ފެނިފައި ވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުންނެވެ.

މިސޮރު ފެނިގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިއަދު ހަވީރު 16:08 ހާއިރު އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުން ކިނބުލެއް ފެނިފައިވާއިރު، މީގެ ކުރީން ވެސް ރާއްޖޭގެ ސަރަހައްދުން ކިނބޫ ފެނިފަވެއެވެ.

ރާއްޖެ އަކީ ކިނބޫ ދިރިއުޅޭ މާހައުލު އޮތް ތަނަކަށް ނުވިޔަސް މޫސުމީ އޮޔާއެކު ބައެއް ފަަހަރު ކިނބޫ ރާއްޖޭގެ ސަރަހައްދަށް ފޯރާގޮތް މެދުވެރިވަނީ އެވެ.