މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
''ރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ ބޭނުންވާ ވަރަށް ލޭ ލިބޭނެ''

''ރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ ބޭނުންވާ ވަރަށް ލޭ ލިބޭނެ''

ދިވެހިރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ގަވާއިދުން ދަރުމައަށް ލޭ ހަދިޔާ ކުރާނަމަ ރާއްޖޭގައި ލޭގެ ބޭނުންޖެހޭ މީހުންނަށް ބޭނުންވާ މިންވަރަށް ލޭ ލިބޭ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ. ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހަކީ، ބައިނަލް އަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިއަދާއި ގުޅުވައިގެން ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވާއިރު، ދިވެހިރާއްޖޭގައި...

ޔުމްނާ ޢަލީ
ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓު، ފޮރެންސިކް ޑިޕާޓްމަންޓު، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި، އެ ސަފާރީ ބަލައިފާސްކޮ...

ޔުމްނާ ޢަލީ
ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް އުކުޅަހުގައި ބާއްވަނީ

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް އުކުޅަހުގައި ބާއްވަނީ

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް، އއ.އުކުޅަހުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ކޮންފަރެންސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 އިން 30 އަށެވެ. 2012 ވަނަ އަހަރުން ފެށިގެން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް އަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި ބާއްވަ...

ޔުމްނާ ޢަލީ
ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ތިން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ބަޔަކު ވަގަށް ނަގައިގެން ޖޯޒީތަކެއް ގެންގުޅޭ މައްސަލައެއް މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިއަދު މެންދުރުފަހު 13:15 ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ދާޚިލީ ސަލާމ...

ޔުމްނާ ޢަލީ
''ޢަރަފާތު ދުވަހަކީ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަސް''

''ޢަރަފާތު ދުވަހަކީ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަސް''

”ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ...

ޔުމްނާ ޢަލީ
ފްރީޒް ކޮށްފައިވާ ރަޝިއާ އެސެޓުން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

ފްރީޒް ކޮށްފައިވާ ރަޝިއާ އެސެޓުން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

ފްރީޒްކޮށްފައިވާ ރަޝިއާގެ އެސެޓްތައް ބޭނުންކޮށްގެން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖީ7 އިން އެއްބަސްވެއްޖެއެވެ. މި ލޯނަކީ ރަޝިޔާސިފައިންނާ ދެކޮޅަށް ޔޫކްރެއިންއިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅުމަށް އެހީތެރިވުމުގެ ގޮތުން ނަގާ ލޯނެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ޖީ-7 ގެ ގައުމުތައް ޔޫކްރެއިންއާއެކު ސާބިތުކަމާއެކު ތިބިކަމުގެ ސާފު މ...

އަޙްމަދު ދާއޫދު
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އިތުރު 30 މީހަކު ޝަހީދުވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އިތުރު 30 މީހަކު ޝަހީދުވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 30 މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 37،232 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާގައި އިތުރު 85،037 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު […]

އަޙްމަދު ދާއޫދު
ޖީ7 ގައި ބައިރިވުމަށް މޯދީ އިޓަލީއަށް ވަޑައިގެންފި

ޖީ7 ގައި ބައިރިވުމަށް މޯދީ އިޓަލީއަށް ވަޑައިގެންފި

މި މަހުގެ 13 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 50 ވަނަ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޓަލީއަށް ވަޑައިގަންނަވައިފިއެވެ. ދުނިޔޭގެ ބޮޑެތި އިޤްޞާދީ ތަކުގެ ލީޑަރުން ބައިވެރި ވަޑައިގަންނަވާ ޖީ7 އައުޓްރީޗް ސަމިޓަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ މޯދީއަށް ދައުވަތު ދެއްވާފައެވެ. މޯދީގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ދެއްވި ހާއްސަ ބްރީފިންއެއްގައި ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވާތުރާ ވިދާޅުވީ އިޓަލީގެ ބޮޑުވަޒީރުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރ...

އަޙްމަދު ދާއޫދު
ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް

2023 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އެޓާނީ ޖެނެރަލްގެ އޮފީހުގެ (ބަންޑާރަނައިބު އޮފީހުގެ) ވެބްސައިޓްގައި ޝާއިޢުކޮށްފިއެވެ. އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހިނގަމުންމިދާ ވެރިކަމުގެ ފަސް އަހަރު ދުވ...

ޔުމްނާ ޢަލީ
''ހުޅުމާލޭގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެ''

''ހުޅުމާލޭގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެ''

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ވަޒީރު ރާފިޢު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ނިމުނު ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ގިނަ ކުޅިވަރުތަކުގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ފާހަގަ ކުރަށްވާފައެވެ. އަދި މިކަމަށް ހައްލެއް ހޯދ...

ޔުމްނާ ޢަލީ
މޯލްޑިވިއަނުން އިތުރު ފްލައިޓްތަކެއް ތާވަލުކޮށްފި

މޯލްޑިވިއަނުން އިތުރު ފްލައިޓްތަކެއް ތާވަލުކޮށްފި

އީދު ބަންދާއި ދިމާކޮށް އިތުރު ފްލައިޓްތަކެއް އަޅަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު ފަސް މަންޒިލަކަށް ވަނީ އެޑިޝަނަލް ފްލައިޓް ޝެޑިއުލް ކޮށްފައެވެ. މިގޮތުން އެންމެ އުތުރުން ހއ.ހޯރަފުއްޓަށް ޖޫން 20 ވަނަ ދުވަހަށް ވަނީ ފްލައިޓެއް ޝެޑިއުލްކޮށްފައެވެ. އަދި ނ. މާފަރަށް 21 ޖޫން އަށް ވަނީ ފްލެއިޓެއް ޝެޑިއުލް ކޮށްފައެވެ. ޖޫން 20 ވަނަ ދުވަހަށް ރ. އިފުރަށް ވެސް ފްލައިޓެއް ޝެޑިއުލްކޮށްފައިވާއިރު، އެދުވަހަށް ކޫއްޑޫ އަދި […]

ޔުމްނާ ޢަލީ
އުރީދޫން އަޟްހާ އީދަށް ހާއްސަ އޮފާތަކެއް

އުރީދޫން އަޟްހާ އީދަށް ހާއްސަ އޮފާތަކެއް

އުރީދޫއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަޟްހާ އީދަށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފިއެވެ. މި އޮފާތައް އުރީދޫން ތައާރަފުކޮށްފައިވަނީ މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނެއެވެ. ބޯނަސް ޑޭޓާ އޮފާއިން، ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ...

އަޙްމަދު ވަހީދު
ވަގު ވެހިކަލް ވިއްކާ ބޮޑު ނެޓްވޯކެެއް އަތުލައިގެންފި

ވަގު ވެހިކަލް ވިއްކާ ބޮޑު ނެޓްވޯކެެއް އަތުލައިގެންފި

މާލޭގައި ވަގު ވެހިކަލް ވިއްކާ ބޮޑު ނެޓުވޯކެއް ފުލުހުން އަތުލައިގެންފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނެޓުވޯކު ފަޅާއެރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ހުއްދައާއެކު ނޫނީ ނުވަދެވޭ ސަރަހައްދެއްގައި އޮއްވައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށްނަގާފައިވަނިކޮށް އެ ހޯދުމުގެ ތެރޭގައެވެ. މި މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓް އަދި އެމްއޭސީއެލްގެ ސްޓާފެއް...

އަޙްމަދު ވަހީދު
ސޮނީ ލިވް އެޕުން ފަސޭހަކަމާއެކު ޔޫރޯ ބެލުމަށް އުރީދޫން ހާއްސަ ޕެކުތަކެއް

ސޮނީ ލިވް އެޕުން ފަސޭހަކަމާއެކު ޔޫރޯ ބެލުމަށް އުރީދޫން ހާއްސަ ޕެކުތަކެއް

ޔުއެފާ ޔޫރޯ 2024 އަށް އުރީދޫއިން ސޮނީ ލިވްއަށް ހާއްސަ ޕެކްތަކެއް އިއުލާނު ކޮށްފިއެވެ. އުރީދޫން ތައާރަފުކުރި ޕެކުތަކުގެ ތެރޭގައި އެންމެ 250 ރުފިޔާއަށް ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް މެމްބަޝިޕްގެ އިތުރުން 100 ޖީބީ ހިލޭ ޑޭޓާ 30 ދުވަހުގެ ވެލިޑިޓީއާއެކު ލިބޭނެއެވެ. މި ހާއްސަ އޮފާގެ ސަބަބުން ކަސްޓާމަރުންނަށް ޑޭޓާ ލިމިޓްގެ ކަންބޮޑުވުމެއް ނެތި ސޮނީ ލިވްއިން ޔޫއެފާ ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށްސްޓްރީމް ކުރެވޭނެކަމަށް އުރީދޫން ބުންޏެވެ. ސޮނީ ލިވް ޕެކުތަކާއެކު ފުޓްބޯޅައަށް […]

އަޙްމަދު ވަހީދު
މަޖިލިސް މެންބަރުންގެ އަދަދު ލިމިޓް ކުރަން ސަރުކާރުން އިސްލާހެއް ހުށަހަޅަނީ

މަޖިލިސް މެންބަރުންގެ އަދަދު ލިމިޓް ކުރަން ސަރުކާރުން އިސްލާހެއް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓްކުރުމަށް ސަރުކާރުން ޤާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. ޤާނޫނުއަސާސީގައި މިހާރު ބުނާގޮތުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަ...

ޔުމްނާ ޢަލީ