މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހައްޖާޖީންނަށް ފުރިހަމަ އިންތިޒާމުތަކެއް، ރައީސްގެ ޝުކުރު ސައުދީއަށް

ހައްޖާޖީންނަށް ފުރިހަމަ އިންތިޒާމުތަކެއް، ރައީސްގެ ޝުކުރު ސައުދީއަށް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދަތުރުކުރި ޙައްޖާޖީންނަށް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއްކަން ފާހަގަކުރަށްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ. ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަން ބަޔާން ކުރަށްވައި ސައޫދީ ސަރުކާރަށް ރައީސް ޝުކުރު އަދާކުރަށްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ފޮނ...

ޔުމްނާ ޢަލީ
ސައިކަލުތަކުގައި ރޯކޮށްލި ކަމުގެ ހެއްކެތް ނެތް: ފުލުހުން

ސައިކަލުތަކުގައި ރޯކޮށްލި ކަމުގެ ހެއްކެތް ނެތް: ފުލުހުން

މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޭ ރޯވެ ފަސް ސައިކަލެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު މި ސައިކަލްތަކުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 00:34 ހާއިރުއެވެ. މި ހާދިސާގައި އެތަނުގައި ހުރި ފަސް ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. މިއީ ގަސްދުގައި ހިންގާފައިވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ވަނީ...

ޙުސައިން ޝަހުދީ
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓު ރޭ ފަތިހު 5:24 ހާއިރު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށާއި، މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން ނޮޅިވަރަމް ކައުންސިލްގެ މީޑީއާ ކޯޑިނޭޓަރު، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ، މަންޒަރު ދުށް މީހުންނާ ހަވާލާދީ ”ތިލަދުން” އަށް ވިދ...

ޙުސައިން ޝަހުދީ
އެޕަލްގެ އުފެއްދުންތަކަކީ ދުނިޔޭގައި އުފައްދާ އެންމެ ތުނި ޕްރޮޑަކްޓްތަކަށް ހަދަނީ

އެޕަލްގެ އުފެއްދުންތަކަކީ ދުނިޔޭގައި އުފައްދާ އެންމެ ތުނި ޕްރޮޑަކްޓްތަކަށް ހަދަނީ

ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން އަންނަނީ ޓެކް އިންޑަސްޓްރީގެ އެންމެ ތުނި ޑިވައިސްތައް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ބްލޫމްބާގްގެ މާކް ގުރްމަން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ ކެޓަގަރީތަކުން އެންމެ ސްލިމް އަދި އެންމެ ލުއި ޕްރޮޑަކްޓްތަކަކަށް ވާނެ އާ ކްލާހެއްގެ އުފެއްދުންތަކަކަށެވެ. އެޕަލްގެ އުފެއްދުންތައް ތުނިކުރުމަށް އެކުންފުނިން ކުރާ މަސައްކަތް ދާދި ފަހުން ތައާރަފްކުރި އައިޕެޑް ޕްރޯއިންވެސް ފެނިފައިވާއިރު، އެޕަލް އިން އަންނަނީ ކައިރި މުސްތަގުބަލެއްގައި...

އަޙްމަދު ދާއޫދު
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އީދު ތަހުނިޔާ، ރައީސް މުޢިއްޒު އަށާއި ދިވެހިންނަށް 

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އީދު ތަހުނިޔާ، ރައީސް މުޢިއްޒު އަށާއި ދިވެހިންނަށް 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ދިވެހި ސަރުކާރަށާއި އަދި ދިވެހިންނަށް ބޮޑު ޢީދު ތަހުނިޔާ ފޮނުއްވައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ހަވީރު ފަސްގަޑި ބައިހާއިރު އާންމުކުރި ބަޔާނެއްގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު އަށާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންނަށް ބޮޑު ޢީދުގެ ތަހުނިޔާ ވިދާޅުވެފައިވާ ކަމަށް ބުނެފައެވެ. މި ބަޔާނުގައި މޯދީގެ މެސެޖުގެ ގޮތުގައި ބުނެފައި ވަނީ މިއަހަރުގެ […]

ޔުމްނާ ޢަލީ
މި އަހަރު ޙައްޖުގެ އަޅުކަމަށް 1.8 މިލިއަން މީހުން، ސައޫދީގެ މަރުހަބާ!

މި އަހަރު ޙައްޖުގެ އަޅުކަމަށް 1.8 މިލިއަން މީހުން، ސައޫދީގެ މަރުހަބާ!

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ވަނީ ޖުމްލަ 1،833،164 މީހުންކަން ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ. ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން އިއްޔެ އާންމު ކުރި މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބުގައިވާގޮތުން މިއަހަރު 1،833،164 މީހުން ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި ބައިވެރިވެފައެވެ. އަދި އެމީހުންނަށް މަރުހަބާ ކިޔައި އެ ޤައުމުން ބުނީ އެމީހުންނަށް ފަސޭހަކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މަގުފަހިކޮށްދިން ކަމަށެވެ. މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބު ބ...

އަޙްމަދު ދާއޫދު
ޙައްޖުގެ އަޅުކަމަށްދިޔަ ޕާކިސްތާނުގެ އަންހެނަކު އަރަފާތު ބިމުގައި ވިހައިފި

ޙައްޖުގެ އަޅުކަމަށްދިޔަ ޕާކިސްތާނުގެ އަންހެނަކު އަރަފާތު ބިމުގައި ވިހައިފި

މިއަހަރުގެ ޙައްޖުގެ އަޅުކަމަށްދިޔަޕާކިސްތާނަށް ނިސްބަތްވާ އަންހެނަކު އަރަފާތު ބިމުގައި ވިހައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހައްޖު ދުވަހު އަރަފާތު ފަރުބަދަމަތީގައި ޕާކިސްތާނުގެ ހައްޖާޖީއަކު ވަނީ ފިރިހެން ކުއްޖަކު ވިހާފައެވެ. މާތް ވެގެންވާ ތަނުގެ އެ ކުއްޖާ ވިހެއިއިރު، އޭނާއަށް އަރަފާތުގެ ނަމުން ނަން ދީފައި ވެެއެވެ. އެ އަންހެން މީހާ ވިހަފައި ވަނީ ބަނޑަށް 37 ވަނަ ހަފުތާގައެވެ. އެ އަންހެން މީހާ ވިހެއުމުގައި ހަރަކާތްތެރިިވި ޑޮކްޓަރުން ބުނެފައިވާގޮތުގައި މަންމަ އާއި އަލަށް އުފަންވި ކުއްޖާގެ ހާ...

އަޙްމަދު ދާއޫދު
އިސްރާއީލުގެ ހަމަލާއެއްގައި 6 ކުޑަކުދިންނާއެކު ފަލަސްތީނުގެ 9 މީހަކު ޝަހީދުވެއްޖެ

އިސްރާއީލުގެ ހަމަލާއެއްގައި 6 ކުޑަކުދިންނާއެކު ފަލަސްތީނުގެ 9 މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަޟްހާ އީދުގެ ފުރަތަމަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހު 9 ކުޑަކުދިންނާއެކު ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. “އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގެ ނަތީޖާއެއްގެ ގޮތުން 6 ކުޑަކުދިންނާއެކު ގާތްގަނޑަކަށް 9 ޝަހީދުން ދީރް އަލް ބަލާހްގައި ހުންނަ އަލްއަޤްޞާ ޝަހީދުސް ހޮސްޕިޓަލަށް ގެނައީ،” މެޑިކަލް އޮފިޝަލަކު އަނަޑޯލޫއަށް ވިދާޅުވި...

އަޙްމަދު ދާއޫދު
''ރޯވެފައި ވަނީ ސައިކަލްތަކެއްގައި، ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި''

''ރޯވެފައި ވަނީ ސައިކަލްތަކެއްގައި، ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި''

މާލޭގައި ޕާކު ކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން ސިފައިން ގޮސް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެގެން، މި ހާދިސާގެ ރިޕޯޓް މިރޭ 00:37 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީ...

ޙުސައިން ޝަހުދީ
މާލޭ ކާނިވާ ސަރަހައްދުގައި ހުރި ސައިކަލެއްގައި ރޯވެއްޖެ

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ސައިކަލެއްގައި ރޯވެއްޖެ

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ސައިކަލެއްގައި ރޯވެއްޖެއެވެ. ”އެކްސިޑެންޓް އިން މޯލްޑިވްސް” އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މާލޭ ކާނިވާ ކައިރީ ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީ ހުރި ސައި ކަލެއްގައި ރޯވެފައިވާ ކަމަށެވެ. ”އެކްސިޑެންޓް އިން މޯލްޑިވްސް” އިން ވަނީ ސައި ކަލުގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ސައިލަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ. Carnival kurimathee FSM kairee huri cykalehgai […]

ޔުމްނާ ޢަލީ
ބުދަ ދުވަހުން ފެށިގެން ހުކުރުގެ ނިޔަލަށް އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެ: މެޓް އޮފީސް

ބުދަ ދުވަހުން ފެށިގެން ހުކުރުގެ ނިޔަލަށް އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެ: މެޓް އޮފީސް

އަންނަ ބުދަ ދުވަހާއި، ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ. މި ދުވަސްވަރަކީ ބޮޑު އީދުގެ ޗުއްޓީ ދުވަސްވަރަށް ވުމުން މެޓު އޮފީހުން އަންނަނީ ދުރާލާ މޫސުން އަންދާޒާކުރެވޭކޮށް އާންމު ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކޮށް މި އަދު އެ އިދާރާއިން ބުނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ […]

ޔުމްނާ ޢަލީ
ރިސޯޓެއްގެ ކައިރީ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި

ރިސޯޓެއްގެ ކައިރީ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި

ރިސޯޓެއްގެ ކައިރީ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި ދެ ލޯންޗް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ވޮއްމުލި ރިސޯޓްގެ ކައިރީގައެވެ. މި އެކްސިޑެންޓް ހިނގައިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ. މި ހާދިސާގައި އެކްސިޑެންޓްވި އެއް ލޯންޗްގައި ތިބި ދެ މީހަކަށް އަނިޔާވެގެން ފަރުވާދިނުމަށް ވަނީ ކުޑަހުވަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ. ”އެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުވާ...

ޔުމްނާ ޢަލީ
ޕޯޓްލޭންޑްގެ އޯކްސް އެމިއުޒްމަންޓް ޕާކުގެ އެޓްމޯސްފިއާ ރައިޑުގައި ފުރޮޅާލި 28 މީހަކު ސަލާމަތްކޮށްފި

ޕޯޓްލޭންޑްގެ އޯކްސް އެމިއުޒްމަންޓް ޕާކުގެ އެޓްމޯސްފިއާ ރައިޑުގައި ފުރޮޅާލި 28 މީހަކު ސަލާމަތްކޮށްފި

އެމެރިކާގެ އޮރެގަންގެ ޕޯޓްލޭންޑްގެ އޯކްސް އެމިއުޒްމަންޓް ޕާކުގެ އެޓްމޯސްފިއާ ރައިޑުގައި ހިނގި ހާދިސާއެއްގައި ފުރޮޅާލި 28 މީހަކު އަލިފާން ނިއްވާ ފަރާތްތަކުން ކާމިޔާބުކަމާއެކު ސަލާމަތްކޮށްފިއެވެ. ޕެންޑުލަމެއް ފަދައިން އޮޕަރޭޓްކުރާ އަދި ރައިޑަރުން މުޅިން ފުރޮޅާލެވޭ ގޮތަށް ދުއްވާ މި ރައިޑް ކުއްލިއަކަށް މެދުތެރެއިން ހުއްޓި ފަސިންޖަރުން ތާށިވި އެވެ. ސޯޝަލް މީޑިއާގައި އެމިއުޒްމަންޓް ޕާކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކުރިން ވެސް ސި...

އަޙްމަދު ދާއޫދު
އެމްޓީއޭއިން މިނިވަން ދުވަހާއި ގުޅުވައިގެން ޚާއްސަ ނައިޓް މާރކެޓެއް ބާއްވަނީ

އެމްޓީއޭއިން މިނިވަން ދުވަހާއި ގުޅުވައިގެން ޚާއްސަ ނައިޓް މާރކެޓެއް ބާއްވަނީ

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) މި އަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން “މިނިވަން އުފާ ނައިޓް މާރކެޓް” ނަމުގައި ޚާއްސަ ނައިޓް މާރކެޓެއް ބޭއްވުމަށް ނިންމައިފިއެވެ. އެމްޓީއޭއިން ބުނިގޮތުގައި މި ނައިޓް މާރކެޓް ބޭއްވުމުގެ މަގުސަދަކީ މިނިވަންދުވަހުގެ މުނާސަބަތުގައި، ހިތްފަސޭހަ މާހައުލެއްގައި ވިޔަފާރިކޮށް އަދި، ވިޔަފާރަވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ ތަކެތި ގަނެވޭނެ އިންތިޒާމ...

ޔުމްނާ ޢަލީ
އީޔޫގެ ޓެކް އުސޫލާ ހިލާފުވި ކަމަށް ބުނެ އެޕަލް އާއި މެޓާގެ މައްޗަށް ދައުވާ ކުރަނީ

އީޔޫގެ ޓެކް އުސޫލާ ހިލާފުވި ކަމަށް ބުނެ އެޕަލް އާއި މެޓާގެ މައްޗަށް ދައުވާ ކުރަނީ

ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) ގެ އުސޫލާ ހިލާފުވި ކަމަށް ބުނެ އެޕަލް އާއި މެޓާގެ މައްޗަށް ޔޫރަޕިއަން ކޮމިޝަނުން ވަރަށް އަވަހަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ޓެކްރިޕޯތްތައް ބުނެފި އެވެ. ފައިނޭންޝަލް ޓައިމްސް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްގެ މައްޗަށް ދައުވާ ކުރަން ކޮމިޝަނުން ވިސްނަމުންދާ އިރު، ރޮއިޓާސް އިން ފަހުން ވަނީ މެޓާގެ މައްޗަށް ވެސް ދައުވާ ކުރެވިދާނެ ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކޮމިޝަނުން […]

އަޙްމަދު ދާއޫދު