ރާއްޖެ ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު އަބްދުލްހަންނާން ހަލީމް އަވަހާރަވެއްޖެ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވި ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 87 އަހަރުގައި އަބްދުލްހަންނާން އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އަބްދުލްހަންނާން ޕަބްލިކް ވޯކްސް މިނިސްޓަރުކަން ކުރެއްވީ 1968 އިން 1978 އަށް ވަނަ އަހަރަށެވެ. އަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދެއް ޗެކްކުރުމަށްފަހު ޓޯކޮށްފި ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދެއް ހިފަހައްޓައި ޗެކު ކުރުމަށްފަހު މިއަދު ޓޯކޮށްފައިވާ ކަމަށް ފުލުހުންބުނެފިއެވެ. ފުލުހުން ބުނީ، ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް ދިޔަ އުޅަނދެއް ހުއްޓުވައި މިއަދު ޗެކުކޮށްފައިވާ ކަމަށެވެ. އެ އުޅަނދު ޗެކްކުރިއިރު އެއީ ”ބީ” ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްކަމަށް ފުލުހުން ބުންޏެވެ. ”ބީ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް އޭ ޒޯނުގައި ދުއްވުމާއި އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައިވާތީ ފިޔަވަޅު އަޅައި އުޅަނދު ވަނީ ޓ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''ސޮރީ ބޯއީ'' ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކޮށްފި މާލޭ މަޖީދީމަގުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލައި ވައްކަން ކޮށްފިއެވެ. ފުލުހުން ބުނީ، މާފަންނުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލާފައިވާކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 3:45 ހާއިރުއެވެ. ފުލުހުން ބުނިގޮތުގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވަގަށްނެގި ތަކެތި ހޯދިފައިވާ ކަމަށެވެ. ”މި ފިހާރައިން ގެއްލުނުތަކެތި ރިކަވަރ ކުރެވިފައިވޭ” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ 14 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަނީ 14 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، އުމުރުން 14 އަހަރުގެ، ޚަދީޖާ ޔަލްވީ، މ. އެނބޫމާގެއާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ”ޚަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.” ފުލުހުން ބުނެފަވެއެވެ. ޚަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސްނެޕްޗެޓްގެ އޭއާރު އިފެކްޓްސްއަށް އޭއައި ޓެކްނޮލޮޖީ ތަޢާރަފްކޮށްފި މަޝްހޫރު ސްނެޕްޗެޓް އެޕްލިކޭޝަންގެ ފަހަތުގައި ވާ ކުންފުނި ސްނެޕް އިން އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ތައާރަފްކޮށްފިއެވެ. އެ ޓެކްނޮލޮޖީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ރިއަލިސްޓިކް އަދި ލައިފްލައިކް އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) އިފެކްޓްސް ގެނެސްދޭނެ މިބަދަލަށް ބަލާއިރު، އޭއާރް އަކީ ފިލްޓަރު، އެނިމޭޝަން ނުވަތަ ތްރީޑީ އޮބްޖެކްޓް ފަދަ ޑިޖިޓަލް އެލިމެންޓްތައް ކެމެރާއެއް މެދުވެރިކޮށް ހަގީގީ ދުނިޔޭގެ މާހައުލުތަކަށް އޯވަލޭކުރާ ޓެކްނޮލޮޖީއެކެވެ. ސްނެޕްޗެޓަކީ މި ދާއިރާގައި އެންމެ އިސްކޮ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ގަވާއިދުން ބޭރުން އެމެރިކާގައި އުޅޭ ބިދޭސީން ޑީޕޯޓްކުރުމުން ސަލާމަތްކުރުމުގެ ސިޔާސަތެއް އެމެރިކާގައި އެއްވެސް ލިޔެކިޔުމެއްނެތި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެމެރިކާ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ފިރިހެނުންނާއި އަންހެނުން ޑީޕޯޓްކުރުމުން ސަލާމަތް ކުރުމުގެ އާ ސިޔާސަތެއް ބައިޑަން އިއުލާނު ކުރައްވައިފިއެވެ. މި އުސޫލުގެ ދަށުން ހުއްދަދޭނީ މަދުވެގެން 10 އަހަރު ވަންދެން އެމެރިކާގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ކަމަށްވާއިރު، އެ މީހުންނަށް ގާނޫނީ ގޮތުން އެ ގައުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް އާސިޔާސަތު ވަނީ ފަރުމާކޮށްފައެވެ. ބައިޑަން ވަނީ އަންގާރަ ދުވަހު ވައިޓް ހައުސްގ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ތައިލެންޑްގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަކުރަން ބިލެއް ފާސްކޮށްފި ތައިލެންޑްގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަކުރަން ބިލެއް ފާސްކޮށްފިއެވެ. ތައިލެންޑްގެ ސެނެޓުން 18 ޖޫން 2024 ވީ އަންގާރަ ދުވަހު ވަނީ، އެ ގައުމުގައި އެއްޖިންސުން ކައިވެނިކުރެވޭނެގޮތަށް ”ކައިވެނީގެ ހަމަހަމަކަމުގެ ބިލެއް ފާސްކޮށް” ފައެވެ. މި ބިލު ފާސްކުރީ ތައިލެންޑްގެ ސެނެޓުގެ 152 މެންބަރުންގެ ތެރެއިން 130 މެމްބަރުންގެ ވޯޓުންނެވެ. އެ ގާނޫނަށް ރުހުން ހޯދުމަށް މިހާރު ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަށް ފޮނުވާނެ ކަމަށް އެ ގައުމުގެ ގާނޫހަދާ މަޖިލީހުންވަނީ ބުނެފައެވެ. އެހެންކަމުން، ރަސްގެފާނުގެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ހަ ސިޔާސީ ޕާޓީ އަކަށް 44 މިލިއަން ރުފިޔާ ދޫކޮށްފި އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ކަނޑައެޅިފައިވާ ފައިސާ ލިބުމުގެ ޝަރުތުހަމަވާ ހަ ޕާޓީއަކަށް 44.09 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ޝަރުތުހަމަވާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދޫކުރަނީ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނަށް 52 ދިވެހި ނަރުހުން ހޯދަނީ ހއ.އަތޮޅު ހޮސްޕިޓަލަށާއި، އެ އަތޮޅުގެ ބައެއް ސިއްޚީ މަރުކަޒުތަކަށް، ބިދޭސީ ނަރުހުންގެ ބަދަލުގައި 50 ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ. ސިއްހީ ޚިދުމަތްދޭ ތަންތަނަށް ނަރުހުންނާއި، ފަންނީ އެހެން މަޤާމުތަކާއި، ސްކޫލްތަކަށް ޓީޗަރުން ވަޒީފާއަށް ނެގުމުގެ އުސޫލު މިހާރު އޮންނަގޮތުން އެ ތަންތަނަށް ބިދޭސީން ގެނެވެނީ ދިވެހިންނަށް ފުރުސަތު ހުޅުވާލައި، އެ މަގާމުތަކަށް ދިވެހިން ނުލިބިއްޖެނަމައެވެ. ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލުން މިއަދު އެ ހޮސްޕިޓަލަށާއި، އެ އަތޮޅުގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް މިއަހަރު ބޮޑު އީދުގައި ހދ. ކުޅުދުއްފުށި ސީޓިގައި އިއްޔެ ބޭއްވި މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން ގެނެސްދީފައިވާ މަށި މާލި ޕެރޭޑާއި ގުޅޭ ޚަބަރަކަށް އިޝާރާތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިއްޔެ ކުޅުދުއްފުށީ ސިޓީގައި އޮތް މި ޕެރޭޑްގައި ދައްކާލި ފުޅަނދުތަކުންނާއި، ޕެރޭޑްގެ ބައިވެރިން ދިން މެސެޖުތަކުގައި ސަރުކާރުގެ ވައުދު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ ސިނަމާލެ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މާލެ-ހުޅުލެ-ހުޅުމާލެ ގުޅުވާލަދޭ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅެނިކޮށް ބިދޭސީއަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް ކުޅުދުއްފުށީ ސިޓީގައި ކުލަ ގަދަކޮށް މިއަހަރު ވެސް ބޮޑު އީދު ފާހަގަކޮށްފައިވާއިރު މި އަހަރުގެ ކުޅިވަރުތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ ޢީދު ވެސް ކުލަގަދަކޮށް އެ ސިޓީގައި ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިގޮތުން ގިނަ ކުޅިވަރުތަކެއް އެ ސިޓީގައި ވަނީ ބާއްވާފައެވެ. ބޮޑު ޢީދަށް އެ ސިޓީ ތައްޔާރުކޮށް ކުލަ ބޮކިތަކުން ދިއްލާލާފައިވާއިރު، އެ ސިޓީ ފެންނާން އޮތީ ވަރަށް ވެސް ހިތްގައިމުކޮށެވެ. މިގޮތުން މުޅި ސިޓީހެން ލައިޓްތަކާއި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސެމްސަންގް ގެލެކްސީ ވޮޗް 7 އަދި ވޮޗް އަލްޓްރާ އަގުތައް ލޯންޗް ކުރުމުގެ ކުރިން ލީކުވެއްޖެ ސެމްސަންގުން އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ގެލެކްސީ އަންޕެކްޑް އިވެންޓަށް ތައްޔާރުވަމުން އަންނައިރު، ގެލެކްސީ ވޮޗް 7 ސީރީޒް އާއި ގިނަ ބަޔަކު އިންތިޒާރު ކުރާ ގެލެކްސީ ވޮޗް އަލްޓްރާ ލޯންޗް ކުރާނެ ކަމަށް ބެލެވޭތީ، އުފާވެރިކަން އަންނަނީ އިތުރުވަމުންނެވެ. ރަސްމީ ތަފްސީލު ތައް މަދުނަމަވެސް، ޓިޕްސްޓާ ޕަރަސް ގުގްލާނީއާ ހަވާލާދީ ދާދި ފަހުން 91 މޮބައިލް އިން ނެރުނު ރިޕޯޓެއްގައި ވަނީ މި ކުރިއަށް އޮތް ވެއާބަލް ޑިވައިސްތަކުގެ އަގުތަކާ ބެހޭ ގޮތުން […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާ-ރާއްޖެ، ވޯޓާ ޑިޕްލޮމަސީއާ ގުޅިގެން އިންޑިއާއިން ޓިބެޓްގެ ނަން ބަދަލުކުރަން ވިސްނަނީ މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް އިންޑިއާއިން އަޅާ ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުން ޓިބެޓް އޮޓޮނޮމަސް ރީޖަން (ޓީއޭއާރް) ގެ ނަން ބަދަލުކުރަން އިންޑިއާއިން ވިސްނަމުން އަންނަކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ. އިންޑިއާ ޓްޑޭ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ދާދި ފަހުން ޗައިނާއިން ޓިބެޓްގެ ގްލޭޝިއާތަކުން ރާއްޖެއަށް ފެން ހަދިޔާކުރުމަށް ކުރި އިޝާރާތާ ގުޅިގެން ބެއިޖިންގެ ޖިއޮޕޮލިޓިކަލް މަގްސަދުތަކާއި އެކަމުގެ ސަބަބުން ހިމަލަޔާގެ ނާޒުކު ތިމާވެއްޓަށް ކުރާ ނޭދެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިއާއިން ހަނޑޫ އެކްސްޕޯޓް ކުރުން މަނާކުރުމާއެކު ޕާކިސްތާނުން ހަނޑޫ އެކްސްޕޯޓް ކުރި މިންވަރު ރެކޯޑް މިންވަރަކަށް! މިދިޔަ ޖުލައި މަހު އިންޑިއާއިން ހަނޑޫ ވިއްކުން މަނާކުރުމާ އެކު ޕާކިސްތާނުގެ ހަނޑޫ އެކްސްޕޯޓު ކުރި މިންވަރު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އިންޑިއާގެ މި ނިންމުމާއެކު ހީވެސް ނުކުރާ ފަދަ ކަންތައްތަކަކާ އެކު ދުނިޔޭގެ ހަނޑުލުގެ ބާޒާރަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، ޕާކިސްތާނު ވެފައި މިވަނީ އޭގެ އެންމެ ބޮޑު ފައިދާއެއް ލިބޭ ގައުމެއްގެ ގޮތުގަ އެވެ. ޕާކިސްތާނުގެ ހަނޑޫ އެކްސްޕޯޓު ކުރި މިންވަރު އިތުރުވެފައި މިވަނީ އެގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން