ރާއްޖެ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަނީ އައްޑޫ ސިޓީގެ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަމުން އެބަދެއެވެ. ފުލުހުން ބުނީ ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން މުޒާހަރާކުރަމުން އަންނަކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި މުޒާހަރާގެ ބައިވެރިންނަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ މަސްފެކްޓްރީގެ ހުރިހާ ސީނައަރ މުވައްޒަފުން އެތަނުން ބޭރުކުރާނެ ކަމަށް އެމީހުންގެ ތެރެއިން ބަޔަކު ބުނެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެދެވޭ ޖަވާބެއް ނުލިބޭނަމަ އެތަނުގެ ބަދިގޭގައި ކެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސޯމާލިޔާ ބަޔަކާއެކު ފަޅު ރަށަކަށް ޑިންގީއެއް ލައްގައިފި ސޯމާލިޔާ ބަޔަކާއެކު ފަޅު ރަށަކަށް ޑިންގީއެއް ލައްގައިފިއެވެ. ފުލުހުން ބުނިގޮތުގައި ސޯމާލިޔާ ބަޔަކާއެކު ޑިންގީ އެއް ލައްގާފައި ވަނީ ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ވަވަތި އަށެވެ. އެ ޑިންގީގައި ސޯމާލިޔާގެ ތިން މީހަކު ތިބިކަމަށް ވެސް ފުލުހުން ބުނެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ. ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ ބޮޑު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލަން ނިންމާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް (އާރުސީއެލް) އިން ބުނެފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން 2460 މީޓަރުގެ ރަންވޭ އެއް ތަރައްގީކޮށްފައިވާއިރު މިވަގުތު ބޭނުން ކުރަމުން އަންނަނީ އޭގެ ތެރެއިން 1200 މީޓަރެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާރުސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓިކްޓޮކް އިން އެމެރިކާގެ ސަރުކާރަށް "ކިލް ސްވިޗެއް" ހުށަހެޅިކަން ކަށަވަރުކޮށްދީފި އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މާކުރިން ޓިކްޓޮކް އިން އެމެރިކާގެ ސަރުކާރަށް “ކިލް ސްވިޗެއް” ހުށަހެޅިކަން އެޕްލެޓްފޯމުން ކަށަވަރުކޮށްދީފިއެވެ. ޓިކްޓޮކުން ވަނީ 2022 ވަނަ އަހަރު އެމެރިކާގެ ސަރުކާރަށް “ކިލް ސްވިޗެއް” ހުށަހަޅައި، ޑޭޓާ ޕްރޮޓެކްޝަންގެ ބައެއް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ އެ ޕްލެޓްފޯމް ބަންދުކުރުމުގެ ފުރުސަތު ކަމާ ބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށް ބުނެފަ އެވެ. މިކަން ހާމަވެފައިމިވަނީ ޓިކްޓޮކް އާއި އެކުންފުނީގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން އެމ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިޒްރޭލުން ޣައްޒާއަށް ހުކުރުދުވަހު ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު ޝަހީދުވެއްޖެ އިސްރާއީލު ސިފައިން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، ހުކުރު ދުވަހު ދިން ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ، ވަށާލާފައިވާ ސަރަހައްދުގައި މިހާރުވެސް އޮތް އިންސާނީ ހާލަތު އިތުރަށް ގޯސްވެއްޖެއެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި 30 މީހުންގެ ހަށިގަނޑު ހުކުރު ދުވަހު ޣައްޒާ ސިޓީގެ އަލްއަހްލީ އަރަބި ހޮސްޕިޓަލަށް ގޮސްފައިވާއިރު، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ “އުނދަގޫ އަދި އަނިޔާވެރި ދުވަހެއް”ގެ ގޮތުގައި ހުކުރުދުވަސް ވެގެން ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ޣައްޒާގެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޔޫރޯގައި ޕޮލެންޑް ކުޅުނު ދެވަނަ މެޗްގެ ބްރޯޑްކާސްޓަށް ވެސް ހެކަރުން ހަމަލާދީފި ޔޫރޯ 2024 ގައި އޮސްޓްރިއާއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގެ އޮންލައިން ބްރޯޑްކާސްޓަށް ހެކަރުންގެ ހަމަލާއެއް އަމާޒުވެއްޖެއެވެ. މިއީ މިފަހަރުގެ ޔޫރޯ މުބާރާތުގެ ތެރެއިން ޕޮލެންޑްގެ ފުޓްބޯޅަ ޓީމަށް އަމާޒުކޮށް ދިން ދެވަނަ ސައިބާ ހަމަލާ ކަމަށް އެ ގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ވަނީ ބުނެފައެވެ. މިގޮތުން ބްރޯޑްކާސްޓަރު ޓީވީޕީން ބުނީ ފުރަތަމަ ޗެކްތަކުން އެނގުނު ގޮތުގައި ހެކަރުން ޑިސްޓްރިބިއުޓެޑް ޑިނައިލް އޮފް ސާވިސް (ޑީޑީއޯއެސް) ހަމަލާއެއް ދޭން ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ގިނަ އަދަދެއްގެ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ޔުކްރެއިން މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މިރޭ ޔުކްރެއިންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗުން، ޔުކްރެއިން މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މިރޭ މެޗު ޔުކްރެއިން އިން ކާމިޔާބުކުރީ ސްލޮވާކިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. މިރޭ މެޗުން ޔުކްރެއިން މޮޅުވުމުން ގްރޫޕް އީގައި ހިމެނޭ ހަތަރު ޓީމްގެ ތެރެއިން ތިން ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމްތަކަކީ ރޮމޭނިއާ، ޔުކްރެއިންގެ އިތުރުން ސްލޮވާކިއާއެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޕީއެންސީގެ ”ޕީއެންސީ ހައުސް“ މާދަމާ ރޭ ހުޅުވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) މާދަމާ ރޭ (ހޮނިހިރު ދުވަހުގެ ރޭ) ހުޅުވާނެކަމަށް އެ ޕާޓީން ބުނެފިއެވެ. ޕީއެންސީން ބުނީ ނި ޖަގަހަ ހަދާފައި ވަނީ މާލޭގެ، ހ.ވެޔޮވިލާ ގައި ކަމަށެވެ. އެއީ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ. މި ޖަގަހަ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ފެށޭނީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ޕީއެންސީން ބުނިގޮތުގައި މި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޒުވާނަކު ގެއްލިގެން ހޯދުމަށް އާންމުންގެ އެހީތެރިކަަމަށް އެދިއްޖެ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، އަޙްމަދު ޢިޔާޝް ވަސީމްގެ ޢާއިލާ އަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު 21 މައްސަލައެއް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު މިހާތަނަށް ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 21 އަށް އަރައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު މިހާތަނަށް 21 މައްސަލައެއް ހުށަހެޅިފައިވާ ކަމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގައިފި މާލޭގެ އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ރޭގައި އީދު މިސްކިތުން ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. ރޭގައި އެ މިސްކިތުން ވަގަށް ނެގީ ކިތައް ފަންކާ ކަމެއް ސިޓީ ކައުންސިލުން ނުބުނެއެވެ. ނަމަވެސް އެ މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ކެނަޑާ ބަލިކޮށް ޗެމްޕިއަން އާޖެންޓީނާއިން ފެށުން ރަނގަޅުކޮށްފި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް 2024، ގެ ފުރަތަމަ މެޗުގައި ޗެމްޕިއަން އާޖެންޓީނާއިން ކެނަޑާ ބަލިކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ މުބާރާތް ހުޅުވި މެޗުގައި 2-0 ގެ ނެތީޖާއިން އާޖެންޓީނާއިން ވަނީ ކެނަޑާ ބަލިކޮށްފައެވެ. މި މެޗުގައި އާޖެންޓީނާއިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގައި އާޖެންޓީނާއިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވީ، މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކެނަޑާގެ ކީޕަރ މެކްސިމް ކްރެޕައު އެވެ. ކައުންޓަ އެޓޭކެއްގައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ބޮޑު އީދު އުރީދޫން ފާހަގަކުރީ ބޮޑުކޮށް ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ރަށްރަށާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އުރީދޫން ބުނީ، އީދުގެ އުފަލުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތުގައި ހަރަކާތްތައް ރޭވުމުގެ އަމާޒުގައި ކުރެވުނު ކަންކަން ކަަމަށެވެ. އުރީދޫން މި އީދުގައި ހިންގި ހަރަކާތްތައް: އުރީދޫ އީދު ހަދިޔާ އުރީދޫ ޓީމުން ވަނީ އީދު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ހަދިޔާ ބަހައިފައެވެ. އެންސީއޭ ބޮޑު އީދު 1445 އުރީދޫ އާއި ނޭޝަނަލް ސެންޓާ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާއި ސްޕެއިން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، ދެވަނަ ބުރުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު އިޓަލީގެ އޭރިއާ ތެރެއިން ތަނަވަސްވީ ފުރުސަތެއްގައި ސްޕެއިންގެ މިޑްފީލްޑަރ ޕެޑްރީ ގޮންޒާލޭޒް ބޮލުން ޖެހި ބޯޅަ އިޓަލީގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ކުޑަކުދިންނަށް ކުރާ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް އީޔޫއިން "ޗެޓް ކޮންޓްރޯލް" ގާނޫނެއް ހުށަހަޅައިފި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ޑިޖިޓަލް މެޓީރިއަލް އާ ދެކޮޅަ ށް މަސައްކަތް ކުރުމުގެ މަގްސަދުގައި ޔޫރަޕިއަން ޔޫނިއަން އިން “ޗެޓް ކޮންޓްރޯލް” ގާނޫނުގެ ނަމުގައި އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. ނަމަވެސް މި ފިޔަވަޅުގެ ސަބަބުން ޕްރައިވެސީ އާއި ޑިޖިޓަލް ހައްގުތަކާ މެދު ވަނީ ވަރުގަދަ ބަހުސެއް އުފެދިފައެވެ. މި ގާނޫނުގެ ދަށުން އީޔޫގައި އޮޕަރޭޓްކުރާ މެސެޖިން ޕްލެޓްފޯމްތަކުން އެންޑް-ޓު-އެންޑް އެންކްރިޕްޝަން އިން ހިމާޔަތްކޮށްފައިވާ މެސެޖްތައް ހިމެނޭ ގޮތަށް ހުރިހާ މެސެޖެއް ސްކޭން ކުރަން ޖެހެއެވެ. މިކަމުގެ ސ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން