މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކައުންސިލް އާ އިމާރާތް 50 ރަށެއްގައި، ރަށްތައް ޢިއުލާންކޮށްފި

ކައުންސިލް އާ އިމާރާތް 50 ރަށެއްގައި، ރަށްތައް ޢިއުލާންކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިދާރާތައް އަލުން އިމާރާތް ކުރުމަށް 50 ރަށެއް ކަނޑައަޅައި އެރަށްތަކުގެ ނަންތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ރަށްކުގެ ނަންތައް ޢިއުލާންކޮށްފައިވާއިރު، މިއީ އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގެ ދަށުން އަލ...

ޔުމްނާ ޢަލީ
އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 58 ކުންފުންޏަށް

އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 58 ކުންފުންޏަށް

އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ. މިއަދު އެ މިނިސްޓްރީން އާންމުކުރި ލިސްޓުގައި 58 ކުންފުންޏެއް ހިމެނެ އެވެ. ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ހުއްދަދެނީ،މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލު ކަމަށްވާ “ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު”ގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ. ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހަށެވެ. އަދި އުމްރާއަށް މީހުން ގެ...

އަލީ އާދިލް
ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދުގެ ހާބަ ބޭސިންގެ ބޮޑުބައެއް ނިންމާލައިފި

ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދުގެ ހާބަ ބޭސިންގެ ބޮޑުބައެއް ނިންމާލައިފި

ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އައު ހާބަ ބޭސިންގެ 67 އިންސައްތަ މަސައްކަތް ވަނީ ނިިމިފައެވެ. މި މަޝްރޫއުގެ ދަށުން، 28,393 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަ ބޭސިން ފުންކުރުމާއި، 30,480 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,968 […]

އަޙްމަދު ވަހީދު
ނަދީމްގެ މަރުގެ މައްސަލާގައި ހައި ކޯޓުން މަފާޒް ބަންދުކޮށްފި

ނަދީމްގެ މަރުގެ މައްސަލާގައި ހައި ކޯޓުން މަފާޒް ބަންދުކޮށްފި

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ތުހުމަތުވާ މުހައްމަދު މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ […]

ހުސައިން ހަބީބް
މާލެ ސަރަހައްދުގެ 6 ތަނެއްގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

މާލެ ސަރަހައްދުގެ 6 ތަނެއްގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

މާލެ ސަރަހައްދުގެ ހަ ތަނެއްގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް އަޟްހާ އީދުގައި މާލޭގެ 28 މިސްކިތެއްގެ އިތުރުން ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމާފައި ވަނީ މާލޭގެ އިސްލާމީ މަރުކަޒު، ކިންގް ސަލްމާން މިސްކިތް، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވަހި […]

މުޙައްމަދު
ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ދިވެހި ހައްޖާޖީއަކު ރޭ ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާތިމަތު ހަފީޒާ، 80، އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހަފީޒާ ނިޔާވީ ރޭގެ ވަގުތެއްގައެވެ. ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި މިނިސްޓްރީން ބުންޏެވެ. ހަފީޒާގެ މަރާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ. މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1،150 މީހުން ހައްޖަށް ގޮސްފައިވެއެވެ.  

މުޙައްމަދު
ދިއްފުށީގައި ޤާއިމްކުރާނީ އެންމެ ޒަމާނީ އިންޖީނުގެއެއް: ފަހުމީ

ދިއްފުށީގައި ޤާއިމްކުރާނީ އެންމެ ޒަމާނީ އިންޖީނުގެއެއް: ފަހުމީ

ކ. ދިއްފުށީގައި އަލަށް ޤާއިމްކުރާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ އިންޖީނުގެއަކަށް ކަމަށާއި، މި މަސައްކަތް ބުރޫ ނާރައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ، ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށާއި އައު އިންޖީނުގޭގެ ބިންގާ އެޅުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ދިއްފުށީގައި މިހާރު ޚިދުމަތްދެމުންދާ އިންޖީނުގެ ހުރީ ރައްޔިތުނ...

އަޙްމަދު ވަހީދު
"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނަށް 14.8 މިލިއަން ރުފިޔާ ލިބިއްޖެ

"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނަށް 14.8 މިލިއަން ރުފިޔާ ލިބިއްޖެ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހި ނިކަމެތިވެފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން “ފަލަސްތީނާއެކު ދިވެހިން” ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯންގެ ފައިސާއާ ބެހޭ ކަންކަން ބަލަހައްޓަމުން އަންނަ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއާ ހަވާލާދީ ޕީއެސްއެމުން ބުނީ ރޭ ދަންވަރު 1:15 އާ ހަމައަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ އެކައުންޓަށް ލިބުނު ފައިސާ އާއި […]

މުޙައްމަދު
ޖޭއެސްސީގެ ރައީސަކަށް ރިޒާ

ޖޭއެސްސީގެ ރައީސަކަށް ރިޒާ

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް މާފުށީ ދާއިރާގެ މެމްބަަރު ހުސައިން ރިޒާ އާދަމް އިއްޔެ އިންތިޚާބުކޮށްފިއެވެ. ރިޒާ އަކީ  ކ. ގުރައިދޫ ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. އޭނާ ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ގޮތުގައެވެ. ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ 19 ވަނަ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ހިސާން ހުސައިނެވެ. އޭނާ ވެސް މަޖިލީހުން އެއިރު ޖޭއެސްސީގެ މެންބަރުކަމ...

ޔުމްނާ ޢަލީ
"ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯންގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު އިތުރުކޮށްފި

"ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯންގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު އިތުރުކޮށްފި

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސް ނަގައިގެން ބައެއް މީޑިއާތަކާ ގުޅިގެން އިއްޔެ ފެށި ހާއްސަ ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00 އާއި ހަމައަށް އިތުރުކޮށްފިއެވެ. “ފަލަސްޠީނާއެކު ދިވެހިން”ގެ ނަމުގައި ފަށާފައިވާ ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00 އާއި ހަމައަށް އިތުރުކޮށްފައިވަނީ ފައިސާ ޓްރާންސްފަރ ކުރުމުގައި އިއްޔެ ހަވީރު ދިމާވި މައްސަލަތަކާއި ގުޅިގެން ގިނަ ބ...

ޔުމްނާ ޢަލީ
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑްތަކުން ވިއްކާ އަގާއި އެއްހަަމަކޮށްފި

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑްތަކުން ވިއްކާ އަގާއި އެއްހަަމަކޮށްފި

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްހަަމަކޮށްފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްވަރަށް ހެޔޮކޮށްފައިވާ ކަމަށެވެ. ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްހަމަކުރީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ސަރުކާރުގެ މެނިފެންސްޓޯވާ ވައުދު ފުއްދުމުގ...

ޔުމްނާ ޢަލީ
މޮރޮކޯގެ ކޯޓުތަކުގައި އޭއައި ބޭނުން ކުރަނީ

މޮރޮކޯގެ ކޯޓުތަކުގައި އޭއައި ބޭނުން ކުރަނީ

މޮރޮކޯއިން އަންގާރަ ދުވަހު ބުނީ އުތުރު އެފްރިކާއަށް ނިސްބަތްވާ އެގައުމުގެ ކޯޓުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. “އޭއައި އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފި،” ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް (ޕާލަމެންޓުގެ ފުރަތަމަ ޗެމްބަރު) ގައި ބޭއްވި ޖަސްޓިސް ކޮމިޓީގެ ބައްދަލުވުމެއްގައި ޖަސްޓިސް މިނިސްޓަރު އަބްދުލްލަތީފް އުއާބީ ވިދާޅުވި އެވެ. “އޭއައި ޕްރޮގްރާމެއް ގަނެގެން ފަނޑިޔާރުންގެ މެދުގައި ބެހުމަށް ސުޕްރީމް ޖުޑީޝަލް ކައުންސިލްގެ ރައީސާ...

އަޙްމަދު ދާއޫދު
ހިޔާލުތަފާތުވުން ތަކުގެ ފަރަގު ވަރަށް ބޮޑު، ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެހެން ހީނުވޭ: ބުލިންކަން

ހިޔާލުތަފާތުވުން ތަކުގެ ފަރަގު ވަރަށް ބޮޑު، ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެހެން ހީނުވޭ: ބުލިންކަން

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އާއި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެމެދު އޮތް ޚިޔާލުތަފާތުވުންތަކުގެ ބޮޑުކަމުގެ ސަބުން މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަަސްވުމަކަށް އާދެވޭނެ ހެން ހީނުވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތަނީ ބުލިންކަން ބުނެފިއެވެ. ބުލިންކަން ވިދާޅުވީ މިހާރު ދެ ފަރާތުގެ ހާލަތަށާއި ބަސްމަގަށް ބަލާފައި ދެ ފަރާތް އެއްގަލަކަށް އެރުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ސުލްހައިގެ...

އަޙްމަދު ދާއޫދު
އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ ޢަދަދު 37،202 އަށް އަރައިފި

އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ ޢަދަދު 37،202 އަށް އަރައިފި

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭ ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާ އެއްގައި ޝަހީދުކޮށްލި  ފަލަސްތީނުގެ ޣައްޒާގެ ކުށެއް ނެތް އިތުރު 5 ރައްޔިތުންނާއެކު މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 37،202 އަށް އަރައިފިކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ. އަލް ޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ނޫހުގެ ނޫސްވެރިން ވަނީ މެދުތެރޭ ޣައްޒާގެ ހަމަލާ އަމާޒުވި ސަރަހައްދަށް ގޮސްފައެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ހަމަލާ އަމާޒުކޮށްފައި ވަނީ...

އަޙްމަދު ދާއޫދު
"ފަލަސްޠީނާއެކު ދިވެހީން"ގެ ޓެލެތޯނަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ

"ފަލަސްޠީނާއެކު ދިވެހީން"ގެ ޓެލެތޯނަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ގެ އެދި ލެއްވުމުގެ މަތިން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ކުރިއަށް ގެންދާ “ފަލަސްތީނާއެކު ދިވެހީން” ޓެލެތޯނަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ. ސްޓެލްކޯއިން ހަދިޔާކުރި ބައި މިލިއަން ރުފިޔާގެ ޗެކް ވަނީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރާއި ހަވާލުކޮށްދެއްވާފައެވެ. މިކަމާއި ގުޅިގެން ސްޓެލްކޯއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީ...

އަލީ އާދިލް