މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އޭއައި ފީޗާތައް ލަސްވެދާނެ

އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އޭއައި ފީޗާތައް ލަސްވެދާނެ

އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އާޓިފިޝަލް އިންޓެލިޖެންސް ފީޗަރތައް ލަސްވާނެކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ. އެޕަލްއިން ނެރުމަށް ރާވާފައިވާ އައިފޯނާއި އައިޕެޑްގެ ސޮފްޓްވެއަރ އަޕްޑޭޓްތަކުގައި މި ފީޗަރތައް ހިމެނިފައި ނުވާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތްތަކަކާ ހަވާލާދީ ބްލޫމްބާގް ނިއުސްއިން ބުނެފައިވަނީ “އެޕަލް އިންޓެލިޖެންސް” ކަސްޓަމަރުންނަށް ތަޢާރަފުކުރަން ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. އައިއޯއެސް 18 އަދި އައިޕެޑްއ...

އަޙްމަދު ދާއޫދު
މި އަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގަނެވިފައިވޭ: ފުލުހުން

މި އަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގަނެވިފައިވޭ: ފުލުހުން

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 143 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގަނެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިިސްއިން އިސްކަންދަރުކޮށީގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގި އޮޕަރޭޝަންތަކުގައި 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ...

ޔުމްނާ ޢަލީ
އީރާނުގެ ސުޕްރީމް ލީޑަރު އެ ޤައުމުގެ އައު ރައީސް ރަސްމީކޮށް ޤަބޫލުކުރައްވައިފި

އީރާނުގެ ސުޕްރީމް ލީޑަރު އެ ޤައުމުގެ އައު ރައީސް ރަސްމީކޮށް ޤަބޫލުކުރައްވައިފި

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްލާ އަލީ ޚަމެނީ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އިންތިޚާބުވި ރައީސް މަސްއޫދު ޕެޒެޝްކިއަން އިސްލާމީ ޖުމްހޫރިއްޔާގެ ވެރިއަކަށް ރަސްމީކޮށް ޤަބޫލުކުރައްވައިފިއެވެ. ޚަމެނީ ވަނީ ޕެޒެޝްކިއަންއަށް “ޤަބޫލުކުރިކަމުގެ ލިޔުން” ހަވާލުކުރައްވައި، އޭނާގެ މަޤާމު ބަލައިގަތްކަން އަންގަވާފައެވެ. ޚަމެނީގެ މި ބަލައިގަތުމަށްފަހު، ދެ ދުވަސް ފަހުން އީރާނުގެ ޕާލިމަންޓުގައި ޕެޒެޝްކިއަންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މި ރަސްމިއްޔާތުގައި 70 ބޭރު ޤައުމުތަކާއި ބައިނ...

އަޙްމަދު ދާއޫދު
އޯކިޑްޕްލާޒާގޭގައި ރޯވުން: 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދީފި

އޯކިޑްޕްލާޒާގޭގައި ރޯވުން: 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދީފި

މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދެވުނުކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އޯކިޑްޕްލާޒާ ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ. އެ ގޭގައި މި ހާދިސާ ހިނގައިގެން މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ މެންދަމު 3:32 ހާއިރުކަމަށް އެ އިދާރާއިން ބުނެފަވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންނުވާކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ. މި ހާދިސާއާއި ގުޅިގެން އެމް...

ޔުމްނާ ޢަލީ
ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ: އުރުދުޣާން

ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ: އުރުދުޣާން

ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ ކަމަށް ވިދާޅުވެ ރައީސް އުރުދުޣާން ވަރުގަދަ އިންޒާރެއް އިސްރާއީލަށް ދެއްވައިފިއެވެ. ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ލިބިޔާ އަދި ނަގޯރްނޯ-ކަރަބާޚްއަށް މީގެ ކުރިން ވެސް ތުރުކީން ވަދެފައިވާ ފަދައިން އިސްރާއީލަށް ވެސް ވަދެދާނެ ކަމަށެވެ. ނަމަވެސް އެ ވަނުމަކީ ކޮން ބާވަތެއްގެ ވަނުމެއްކަން އެމަނިކުފާނު ސާފުކޮށް ވިދާޅެއް ނުވިއެވެ. “އަހަރުމެން ވަރަށް ވަރުގަދަ ވާން ޖެހޭ. އެއީ އިސްރާއީލުން ފަލަސްޠީނަށް މިކުރާ ބޭއަދަބީ ކަނ...

އަޙްމަދު ދާއޫދު
ކުޅުދުއްފުށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކުރަނީ

ކުޅުދުއްފުށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކުރަނީ

ކުޅުދުއްފުށި މަށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ޕްލެޓްފޯމް ތަރައްގީ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށު ކޮރަލް ދަނޑުގެ އިރުމަތީ އޮންނަ ދަނޑުމަގުގެ އިރުމަތީ ފަރާތު، ކުޅީގެ ސަރަހައްދުގައެވެ. މި ޕްލެޓްފޯމުގައި ޖެޓީއަކާއިއެކު ހަޓެއް ތަރައްގީކުރާނެއެވެ. ޖެޓީގެ އަރިމަތީ ފެންސްސުޖެހުމުގެ އިތުރުން ޖެޓީއަށް އަރާފޭބުމަށް ރޭމްޕެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުޅީގައި ކެނޯ ދުއްވުމުގެ އިންތިޒާމް ފަސޭހައިން ހަ...

އިބްރާހިމް ޚަލީލް
އިމިގްރޭޝަނުން ހުޅުމާލޭގައި ބޮޑު އޮޕަރޭޝަނެއް، 22 ބިދޭސީއަކު ހައްޔަރު

އިމިގްރޭޝަނުން ހުޅުމާލޭގައި ބޮޑު އޮޕަރޭޝަނެއް، 22 ބިދޭސީއަކު ހައްޔަރު

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަނުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ، މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށެވެ. ރޭ ހިންގުނު މި އޮޕަރޭޝަނަކީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މަޢުލޫމާތާ ގުޅިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލެއިން 3 ބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައިވެއެވެ. މި އިމާރާތުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚ...

އިބްރާހިމް އަސްވާޤް
ޕީސީބީގެ ނައިބު ފިރާޒް މަގާމުން ވަކިކޮށްފި

ޕީސީބީގެ ނައިބު ފިރާޒް މަގާމުން ވަކިކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒް މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރެއްވިކަން މިދިޔަ ބުރާސްފަތިދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. އޭނާ ވަކިކޮށްފައިވަނީ މަގާމުގެ ދައުރު ހަމަނުވަނީހެވެ. ޕީސީބީގެ ބޯޑު މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ފިރާޒް އެ މަގާމުގައި ހުންނަވާތާ މިހާތަނަށްވީ ތިން އަހަރެވެ. ފިރާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގ...

އަޙްމަދު ވަހީދު
ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސަށް އެދިއްޖެ

ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސަށް އެދިއްޖެ

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ހޯދަން އެދި ދިވެހި ސަރުކާރުން އެމްއެމެއޭގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. މިނިސްޓަރު ވިދާޅުވީ، ލައިސަންސް ހޯދަން ބޭނުންވާ ފޯމުތައް މަރުކަޒީ ބޭންކަށް މިއަދު ހުށަހަޅާފައިވާ ކަަމަށެވެ. ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުކަމުގެ ހުވާ އިބްރާހީމް އަހްމަދު ކުރައްވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުކަމުގެ ހުވާ އިބްރާހީމް އަހްމަދު ކުރައްވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކޮށް މެންބަރުކަމަށް އިންތިހާބުވި އިބްރާހީމް އަހްމަދު، ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފިއެވެ. އިބްރާހީމް އަހްމަދު މަގާމުގެ ހުވާކުރައްވައި އިގުރާރުގައި ސޮއިކުރައްވާފައި ވަނީ މިއަދު ހެނދުނު އެންއޯސީގެ ކޮންފަރެންސް ހޯލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހުވާލައިދެއްވީ ހދ. ޖުޑިޝަރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު އިސްމާއިލެވެ. އަހްމަދު...

އިބްރާހިމް ޚަލީލް
ބީއެމްއެލްގެ އިސްވެރިންގެ މުސާރަ ހާމަކުރަން ނުޖެހޭނެ: ސުޕްރީމް ކޯޓް

ބީއެމްއެލްގެ އިސްވެރިންގެ މުސާރަ ހާމަކުރަން ނުޖެހޭނެ: ސުޕްރީމް ކޯޓް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑާއި އިސްވެރިންގެ މުސާރައަކީ ވިޔަފާރީގެ ސިއްރުތަކެއް ކަމަށާއި އެ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދު ކޮށްފަ އެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ […]

ހުސައިން ހަބީބް
އާރްޓީއައި ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭނެ: ސުޕްރީމް ކޯޓް

އާރްޓީއައި ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭނެ: ސުޕްރީމް ކޯޓް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސޫލުތައް ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ހިނގާ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި އޮތީ ރަނގަޅަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ބުނެފައި ނެތް ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އެކުލަވާލެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ...

ހުސައިން ހަބީބް
ވަގުތު ދެވެން ނެތުމުން ތޯރިގު ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ދޫކޮށްލައިފި

ވަގުތު ދެވެން ނެތުމުން ތޯރިގު ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ދޫކޮށްލައިފި

ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ. ޓޮމް އެ މަގާމުން އިސްތިއުފާ ދެއްވިކަމާއި އިސްތިއުފާދެއްވި ސަބަބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އެ ޕޯސްޓްގައި ޓޮމް ވިދާޅުވީ، ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުންއޭނާ އިސްތިއުފާދެއްވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސ...

ޔުމްނާ ޢަލީ
ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނެއް ހދ. އަތޮޅުގައި ބާއްވައިފި

ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނެއް ހދ. އަތޮޅުގައި ބާއްވައިފި

ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނެއް ހދ. އަތޮޅުގައި ބާއްވައިފި އެވެ. ކުޅުދުއްފުށި ސިޓީގައި ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ އެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޒިމާ ޢަލީއެވެ. 26 އަދި 27 ޖުލައި 2024 ގައި […]

އަލީ އާދިލް
ބަރަހަނާކޮށް، ފޭރުނު މައްސަލައިގައި 43 އަހަރުގެ އަންހެނަކު ހައްޔަރަށް

ބަރަހަނާކޮށް، ފޭރުނު މައްސަލައިގައި 43 އަހަރުގެ އަންހެނަކު ހައްޔަރަށް

މާލޭގެ ގެއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ބިރުދައްކައި އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައި 43 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައިގައި މީގެކުރިން 26 އަހަރާއި 35 އަހަރުގެ ދެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކުރެވުނެވެ. ކްރިމިނަލް ކޯޓުން ވަނީ 26 އަހަރުގެ މީހާގެ ބަންދަށް 60 ދުވަހާއި، 35 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައެވެ. އަދި މިއަދު ހައްޔަރުކުރެވުނު 43 އަހަރުގެ އަންހެން މީހާ ތަޙުޤީޤު […]

އަލީ އާދިލް