ވިޔަފާރި ފޮނަދޫ ކަރަންޓް މައްސަލަ ހައްލުކުރަން އިތުރު ޖަނަރޭޓަރެއް ފޮނުވައިފި ލ.ފޮނަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖަނަރޭޓަރެެއް ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން ބުނީ މި ޖަނަރޭޓަރު ފޮނުވާފައިވަނީ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން 1200 ކވ ޖަނަރޭޓަރެއް މިހާރު ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ޖަނަނޭޓަރު ރަށަށް ލިބުމާ އެކު އިންސްޓޯލްކޮށް ހިދުމަތް ދިނުމުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ވަނީ އެހެނިހެން ރަށްރަށުގެ ކަރ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރުގައި ބޭއްވި މޭކަޕް ކުރަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ބޭއްވި މޭކަޕް ކުރަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ މަޝްހޫރު މޭކަޕް އާޓިސްޓު ރުތުބާ އަހުމަދާއި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯގެކެވެ. ޖުމްލަ 15 ބައިވެރިންނާއިއެކު މި ކޯސް ފަށާފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ. ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމާލާފައި ވަނީ 17 ވަނަ ދުވަހުއެވެ. ނިންމުމުގެ ރަސްމިއްޔާތު މި މަހުގެ 18 […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫ ފެނާއި ނަރުދަމާގެ 95 އިންސައްތަ މަސައްކަތް ނިންމާލައިފި ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އެމްޑަބްލުއުއެސްސީން ބުނެފިއެވެ. ޖުމްލަ 69.14 މިލިއަން ރުފިޔާއަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ވަނީ ހަމަޖެހިފައެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ޚަބަރު ކުޅުދުއްފުށި އައު އިންޖީނުގެއަށް 45 މިލިއަން ރުފިޔާ ޚަރަދުވެއްޖެ، ނިމުނީ ހަތަރު ފާރު: މިނިސްޓަރު ތޯރިގު ކުޅުދުއްފުށި ސިޓިގައި ކުރީ ސަރުކާރުން އިމާރާތްކުރަންފެށި އައު އިންޖީނުގެއަށް 45 މިލިއަން ރުފިޔާ ޚަރަދުވެއްޖެކަމަށާއި މިހާތަނަށް ނިމުނީ ހަތަރު ފާރުކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދުގެ ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ސިޓީއަށް ކުރެއްވި ދަތުރެއްގައި އިންޖީނުގޭގެ މަސައްކަތް ބައްލަވާލެއްވި ކަމަށާއި ކުޅުދުއްފުށި ސިޓީގައި ކުރީގެ ސަރުކާރުން އ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ކުޅިވަރު ސިޓީގައި ކުޅެން ފުރުސަތު ލިބޭ މިންވަރާމެދު އަލްވަރޭޒް ހިތްހަމައެއް ނުޖެހޭ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް، ސިޓީގައި ކުޅެން ފުރުސަތު ލިބޭ މިންވަރާއިމެދު ހިތްހަމަ ނުޖެހޭކަން ފަޅުކޮށްފިއެވެ. މިހާރު އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާއިއެކު އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ފްރާންސްގައި ހުރި، އަލްވަރޭޒް މިހެން ބުނެފައިވަނީ ޑައިރެކްޓް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައެވެ. އަލްވަރޭޒްއަކީ ސިޓީގެ އެޓޭކިންގައި ދެވަނަ ޗޮއިސްއެވެ. އެ ޓީމްގެ އެއްވަނަ ފޯވާޑަކީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑެވެ. ވުމާއިއެކު ސިޓީގެ މުހިންމު މެ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް، "ބުޑު ފޮތި" ޕްރޮގްރާމް ފަށައިފި ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަގޫދޫގައި އެއްފަހަރައްވުރެ ގިނައިން ބޭނުންކުރެވޭ، ނުވަތަ ރީޔޫސެބެލް، ނެޕީ ބޭނުންކުރުމަށް ބާރުއަޅާ ‘ބުޑު ފޮތި’ ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ. ރަށުގެ ތުއްތު ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަމާޒުކޮށްގެން ފެށި ބުޑުފޮތި ޕްރޮގްރާމަކީ މަގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށު ކައުންސިލާއި، ސިއްޙީ މަރުކަޒުގެ އިސްނެގުމާއެކު، ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ފުއާދުގެ ބަޔޯގްރަފީ ފޮތް ރައީސަށް ހަދިޔާ ކުރައްވައިފި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ. ފުއާދުގެ ބަޔޯގްރަފީ ފޮތް “ގޮތުގައި” ރައީސަށް ހަދިޔާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ. މިފޮތަކީ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީ ލިޔެފައިވާ ފޮތެކެވެ. 190 ސަފުހާގެ މި ފޮތުގައި، ފުޢާދުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަން ރުހުން ދީފި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އެ މަގާމަށް ޢައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވިކަން ސަރުކާރުން ޢިއުލާން ކުރީ 22 ޖުލައި 2024 ގައެވެ. ރައީސް މުޢިއްޒު ވަނީ އޭރުގެ ގަވަރުނަރު ޢަލީ ހާޝިމް އެދުވަހު މަޤާމުން ވަކިކުރަށްވާފައެވެ. ޢަލީ ހާޝިމް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަންޑޭއަށް ކުރާ 100 ދައުވާގެ ޝަރީއަތުގައި ވަކީލަކު ހޯދަން 10 ދުވަސް ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް މިއަދު ކޯޓުން ދީފި އެވެ. ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. މަންޑޭގެ އިތުރުން ރ. […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ކަސްޓަމް އޭއައި ކެރެކްޓާތައް ހެދުމުގެ ފުރުޞަތު މެޓާގެ ޕްލެޓްފޯމްތަކުން ދޭން ނިންމައިފި ކަސްޓަމް އޭއައި ކެރެކްޓަރުތައް ހެދުމުގެ ފުރުޞަތު މެޓާގެ ޕްލެޓްފޯމްތަކުން ދޭން ނިންމައިފިއެވެ. މެޓާ އިން ބުނީ އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި އޭއައި ސްޓޫޑިއޯ ކިޔާ އައު ޓޫލެއް ތަޢާރަފުކުރަން ނިންމާފައިވާ ކަމަށެވެ. މިއީ ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް އޭއައި ޗެޓްބޮޓްތައް ހަދައި، ޑިޒައިންކޮށް އަދި ޙިއްޞާކުރުމުގެ ފުރުޞަތު ދޭ ޓޫލެކެވެ. މެޓާއިން ބުނާ ގޮތުގައި މި އޭއައި ސްޓޫޑިއޯއިން ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް ކަސްޓަމައިޒްކޮށްފައިވާ އޭއައި ކެރެކްޓަރުތައް ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރަން މަޝްވަރާކޮށްފި ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ، އީޔޫއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު އެކަމަނާއާއި ރައީސް މުޢިއްޒު ކުރިއަށް ގެންދެވި މަޝްވަރާތަކުގައެވެ. މިގޮތުން އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ 86 އިންސައްތަ މިހާރު އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައި: އދ. ޣައްޒާގެ 86 އިންސައްތަ މިހާރު އޮތީ އިސްރާއީލުން މީހުން ހުސްކުރުމުގެ އަމުރުގެ ދަށުގައި ކަމަށް އދ. އިން ބުނެފިއެވެ. ޔޫއެންއިން އިއްޔެ ހާމަކުރި ގޮތުގައި ޣައްޒާގެ 86 އިންސައްތަ ސަރަހައްދުން ދަނީ ފަލަސްތީނުގެ ރައްޔިތުން ފައިބަމުންނެވެ. އަދި މިހާރު އެ ސަރަޙައްދުތައް ވަނީ އިސްރާއީލުގެ ބެލުމުގެ ދަށުގައެވެ. ޔޫއެންގެ އެޖެންސީ ޔޫއެންއާރްޑަބްލިއޫއޭގެ ވެރިޔާ ވަނީ މި މަޢުލޫމާތު ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މެދު ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުން އެތައް ހާސް މީހުން ވަނީ އައު އިންޒާރުތަކާ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ ސުޕަނެޓްގެ ހިދުމަތް މަޑިފުއްޓަށް 100 އެމްބީޕީއެސްއާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތ. މަޑިފުށީގައި ތައާރަފްކޮށްފިއެވެ. މި ހިދުމަތް ތައާރަފުކޮށްފަައިވަނީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިންނެވެ. އުރީދޫން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއްވެސް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާއިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަނގުރާމައިގެ އެހީ ފޯރުކޮށްދޭން ނިންމައިފި އެމެރިކާއިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަނގުރާމައިގެ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ. ޔޫއެސް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސްޕޯކްސްޕަރސަން ޖޯން ކާރބީ ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރާއި، ވަޒަނާއި އަދި އެހެނިހެން ހަނގުރާމަވެރި އެހީ ފޯރުކޮށްދޭން ނިންމައިފައިވާ ކަމަށެވެ. މި އެހީ ފޯރުކޮށްދެވޭނީ ޔޫއެސް ރައީސްގެ ޑްރޯޑައުން އޮތޯރިޓީގެ ދަށުން ކަމަށާއި، މިގޮތުން ޔޫއެސްގެ މިލިޓަރީ ސްޓޮކްޕައިލްތަކުން ހަތިޔާރާއި އެހެނިހެން ތަކެތި ނެގިގެންދާނެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 39،300 އަށްވުރެ އިތުރުވެއްޖެ އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 39،300 އަށްވުރެ އިތުރުވެއްޖެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެ ހަމަލާތަކުގައި 66 މީހުން މަރުވެ، 241 މީހުން ޒަޚަމްވެފައިވާ ކަމަށް އެ އެ ސަރަޙައްދުގެ ސިއްޙީ އިދާރާތަކުން ބުނެފައިވެއެވެ. މިއާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 39،324 އަށް އަރާފައިވާއިރު، 90،830 މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން ޣައްޒާގެ ދެކުނުގައިވާ ޚާނ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން