ރާއްޖެ އެކްސިޑެންޓުވި ކާރުގައި ތިބި މީހުންގެ ވަނަވަރު އާންމުކޮށްފި ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރުގައި ތިބި މީހުންގެ މަޢުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތްތަކަކީ: 1. އިކްރާމުއްރަޙްމާން (ކ. މާލެ، ނޫރަންމާގެ) 2. އިބްރާހިމް އިކްރާމް (ކ. މާލެ، މ. ލޭންޑްއޮފްގާރޑަން) 3. ޖިނާޙް އިސްމާއީލް (ގއ. ކަނޑުހުޅުދޫ، އާޒާދުގެ) މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 2 ގައި […] އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ފަލާހް ރައްޔިތުންގެ މަޖިލީހުގައި އަލަށް އުފެއްދި ދާއިމީ ކޮމެޓީއެއްކަމަށްވާ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހޮވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި އަލަށް އުފެދުނު ގެދޮރުވެރިކަމުގެ ކޮމިޓީގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ނިސްބަތާއި، އެ ކޮމިޓީގައި މެންބަރުން ތަމްސީލުކުރެއްވުމަށް ހުށަހެޅިފައިވާ ގޮތް ވަނީ ފާސްކޮށްފައެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާ ހައްޔަރުކޮށްފި ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮފައިވާ ކަމަށާއި، އެއީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށް ވެސް ފުލުހުން ބުންޏެވެ. ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް: ސައިކަލާއި ކާރު ޖެހި އެކަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ މި އެކްސިޑެންޓް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ 100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައި: ކަސްޓަމްސް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ކަސްޓަމްސްގެ ރަސްމި އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެކަމުގެ ޔަޤީންކަން އަދުގެ ސަރުކާރުން ދީފައިވާ ކަމަށެވެ. އެ ޔަޤީންކަން ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު އިއްޔެ ކަސްޓަމްސްއިން ބޭއްވި ބައްދަލުވުމުގައި ވަޒީރު ޑރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނުރައްކާތެރި އެކްސިޑެންޓުގައި ކާރުދުއްވަން އިންމީހާ ވަނީ ފިލާފަ: ފުލުހުން ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާ ވަނީ ފިލާފައިކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގައި ހުރި ވިނަރެސް ފްލެޓްތަކާ ދެމެދު އޮންނަ މައި މަގުގައެވެ. މި އެކްސިޑެންޓަ ހިނގާފައިވަނީ، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި، މި އެކްސިޑެންޓުގެ […] އަލީ އާދިލް · 2 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީއިން ފަށާފައިވާ މަޝްރޫޢުތައް މަޑުޖައްސާލަން ނިންމާފައެއް ނުވާނެ: މިނިސްޓަރ މުއްޠަލިބް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އިން ފަށާފައިވާ މަޝްރޫޢުތައް މަޑުޖައްސާލަން ނިންމާފައި ނުވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވިޓެއްގައެވެ. މިނިސްޓަރ ވިދާޅުވީ، އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އެހެ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ އެޗްއާރުސީއެމަށް ހަބީބް އައްޔަންކުރަން ރުހުންދީފި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލީ 6 ޖޫން 2024 ގައެވެ. މި ފުރުސަތުގެ ދަށުން ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވީ މި މަހުގެ 1... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް: ސައިކަލާއި ކާރު ޖެހި އެކަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ ހުޅުމާލެ ފޭސް 2 ގައި ހުރި ވިނަރެސް ފްލެޓްތަކާ ދެމެދު އޮންނަ މައި މަގުގައި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރަކާއި ސައިކަލެއް ޖެހުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ފަރާތަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާ ވަނީ އިމަޖެންސީ ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކްސިޑެންޓުގެ ސަބަބުން ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކާރުގެ ވިންޑް ސްކްރީން […] އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ފިތުނަ އުފައްދަން، އެއީ ބޮޑާ ކިބުރުވެރިކަމުން އަރާތިބި ބައެއް: ސަލީމް ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާފުކޮށް ދެއްކެވި ވާހަކަތައް ދޮގުކޮށް ފިތުނަ އުފައްދަންކަމަށާއި، އެއީ ބޮޑާކަމާއި ކިބިރުވެރިކަމުން އަރާ ތިބި ބައެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި ރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވުން ސަލީމް ވިދާޅުވީ، ފެންނަ މަންޒަރުތަކަށް ބަލާއިރު ބައެއް ބޭފުޅުންގެ ވި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ކުރައްވައިފިއެވެ. ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސް މުޢިއްޒު ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ގަވަރުނަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން 22 ޖުލައި 2024 ވަނަ ދުވަހާއި ހަމައަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ މައިކްރޯސޮފްޓްގެ އޮންލައިން ޚިދުމަތްތަކަށް އަނެއްކާވެސް ބުރޫއަރައިފި މައިކްރޯސޮފްޓްގެ އޮންލައިން ޚިދުމަތްތަކަށް އަނެއްކާވެސް ބުރޫއަރައިފިއެވެ. މައިކްރޮސޮފްޓުން އަންގާރަ ދުވަހު ބުނީ އެ ކުންފުނީގެ ގިނަ ހިދުމަތްތަކާއި އެޕްލިކޭޝަންތައް ފުޅާ ދާއިރާއެއްގައި ކެނޑުމުގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަޒޫރޭ، 365، އައުޓްލުކް އަދި ވެސް ގިނަ ކަންތައްތަކެއް ހިމެނެ އެވެ. ޖޫން މަހުގެ 30 ވަނަ ދުވަހު (އިއްޔެ) ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑައުންޑިޓެކްޓަރަށް ކަރަންޓު ކެނޑޭ ކަމުގެ އެތައް ހާސް ރިޕޯޓެއް ލިބުނެވެ. މި ހާދިސާ ހިނގާފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި [... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި އީރާނުގެ ވެރިރަށް ތެހެރާނުގައި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑަކު މަރުވެފައި ވަނީ އެ މީހުން ތިބި އިމާރާތަށް ހަމަލާދިނުމުންނެވެ. އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވަނީ ހަނިއްޔާ ތެހެރާނަށް ވަޑައިގެންނެވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ބޮން އަޅައިފި ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ބޮން އަޅައިފިއެވެ. މި ހަމަލާދިންކަން އިޒްރޭލުން ކަށަވަރު ކޮށްދީފައިވާއިރު، ބޮން އެޅީ، ބެއިރޫތުގެ ދެކުނުގައި ހިޒްބުﷲ ގެ މަރުކަޒެއް ހުންނަ ތަނަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ހަމަލާ ދިނީ ހިޒްބުﷲ ގެ ކޮމާންޑަރަކަށް އަމާޒު ކޮށް ކަމަށާއި، އޭނާ އަކީ އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސްބިންތަކަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި އިސް ދައުރެއް އަދާ ކުރި ފަރާތް ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ. ހޮނިހިރު ދުވަހުގެ ހަމަލާ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އީރާނުގެ އައު ރައީސް ހުވައި ކުރައްވައިފި އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް މަގާމުގެ ހުވައި ކުރައްވައިފިއެވެ. އުމުރުފުޅުން 69 އަހަރުގެ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވީ އަންގާރަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އީރާނުގެ އިސް އޮފިޝަލުންގެ އިތުރުން ދުނިޔޭގެ 80 ގައުމަކުން އެ ގައުމުތަކުގެ އިސްވެރިންގެ ފެންވަރުގައި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ. ރާއްޖޭގެ ނައިބު ރައީސް ޙުސެއިން މުޙައްމ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
މަޖިލިސް ''ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އިއުތިރާޒެއްނެތް'' ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަަކަށް ބަދަލުކުރުމަށް އިއުތިރާޟެއްނެތް ކަމަށާއި، އެކަމަކު އެތަން ވާންވާނީ 15 އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީފައިވާ ތަނަކަށްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވަނީ ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލު މިހާރު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން