ބައިނަލްއަގުވާމީ ސެމްސަންގް ގެލެކްސީ ރިންގް: އައު ވިއަރަބަލް ޓެކްނޮލޮޖީގެ ދުވަސްވަރެއް ފެށިދާނެތަ؟ ސެމްސަންގުން އެންމެ ފަހުން ތަޢާރަފުކުރި ގެލެކްސީ ރިންގަކީ ޓެކްނޮލޮޖީ ދާއިރާގައި އައު ޞަފްޙާއެއް ހުޅުވައިފާނެ އުފެއްދުމެއްކަމަށް ޓެކްނޮލޮޖީ މާހިރުން ދެކެއެވެ. ދި ވަރޖް މަޖައްލާއިން ބުނެފައިވަނީ މި ރިންގަކީ އެކި ބާވަތުގެ ވިއަރަބަލް އުފެއްދުންތަކަށް މީހުން ޝައުޤުވެރިވާ މިންވަރު ބެލުމަށް ކުރެވޭ ތަޖުރިބާއެއް ކަމަށެވެ. މަޝްބަލް މަޖައްލާގެ ކިމްބަރލީ ގެޑިއަން ބުނެފައިވަނީ ގެލެކްސީ ރިންގަކީ ސެމްސަންގ ގެލެކްސީ ފޯނު ބޭނުންކުރާ މީހުންނަށް ނުހަނު މުހިންމު އުފެއްދުމެއް ކަމަށެވެ. އޭނާ ވަނީ މި ރިންގ އަކީ 2024 ވ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެ: ރައީސް 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވާފައެވެ. މިގޮތުން ރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަޙައްދުން އެތައްލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި ޗައިނާގެ އިރުމަތީ ސަރަހައްދަށް އެރި ތޫފާން ގައިމީގެ ސަބަބުން އެ ގައުމުގެ 300،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. މި ތޫފާނަކީ ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެއެވެ. ތޫފާން ގައިމީ ފުރަތަމަ އަރާފައިވަނީ ބުރާސްފަތި ދުވަހު ޓައިވާނަށެވެ. އަދި އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ ޗައިނާއަށް އެރިއިރު އޭގެ ބާރު ކުޑަވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ތޫފާން އެރުމުގެ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ބޭރުގެ ގައުމެއްގެ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެ: ރައީސް ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރު ކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުންކަމަށާއި، ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިނެއް މިހާރު ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އެ ރަށުގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މި ކޯޓް ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ކޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަންހެން ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ މޮޅަދޫ އަންހެން ވޮލީ ޓީމާއި އިމަގު އަންހެން ވޮލީ ޓީމެވެ. މި ކޯޓް ތަރައްގީ ކުރުމަށް އެ ޖަމިއްޔާއިން ނިންމައި އެކަން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެ: ރައީސް މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ޚަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީއިން ކަމަށެވެ. މިގޮތުން މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕަށް ނޯތުކޮރެއާއިން ހަރުކަށި ރައްދެއް ނޯތް ކޮރެއާގެ ސަރުކާރުން ޑޮނަލްޑް ޓްރަމްޕްގެ ބަސްތަކަށް ހަރުކަށި ރައްދެއް ދީފިއެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދަވައިފިނަމަ، ނޯތް ކޮރެއާއާ އެކު އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށެވެ. އަދި ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އޭނާއަށް އެއބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނޯތް ކޮރެއާގެ ސަރުކާރުގެ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ނެރުނު އެޑިޓޯރިއަލްގައި ބުނެފައިވަނީ އެމެރިކާގެ ސަރުކާރު ބަދަލުވިޔަސ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ދައުލަތަށް ޚިދުމަތް ކުރެއްވި 138 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 138 ބޭފުޅަކަށް ދައުލަތުން ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ ރޭ ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އޮބާމާގެ ދެމަފިރިކަނބަލުންގެ ތާއީދު ކަމަލާ ހެރިސްއަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ، އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް ގުޅުއްވާ، އެމެރިކާގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ. އޮބާމާ ވިދާޅުވީ، މި ހަފްތާގެ ކުރީކޮޅު ކަމަލާ ހެރިސްއަށް ގުޅުއްވާ، އޭނާ އެމެރިކާގެ ރައީސްކަމަށް ވަރަށް ރަނގަޅު ބޭފުޅަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އޭނާއަށް އެ ދެ ބޭފުޅުންގެ ފުރިހަމަ ތާއީދު އޮތްކަން އަންގަވާފައިވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ މި ނާޒުކ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުރުޞަތު ހުޅުވާލާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. މި ފުރުޞަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “މިސްކިތު ޤާރީ ކްލާސް ފޯމް” ފުރިހަމަކުރުމަށްފަހު އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެދިފައިވެއެވެ. މި ފޯމު ފުރިހަމަކުރެވޭނީ https://forms.gle/2tXnzJQo1ctrSFp36 ލިންކް މެދުވެރިކޮށެވެ. ކުރީގެ އަހަރ... އަލީ އާދިލް · 2 އަހަރު ކުރިން
ކޮލަމް މިނިވަންކަމުގެ ވަގުތުފީތާ 1887: އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 16 ޑިސެންބަރު 1887 ގައެވެ. ހިމާޔަތުގެ ދަށަށް ދިޔައީ ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންކަމަށް ބުނެވުނަސް މިކަން ހިނގާ ދިޔައީ ދިވެހި ދައުލަތަށް މަޖުބޫރުކޮށްގެން އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުން، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)ގެ ސިޓީފުޅެއް ހޯދައިގެން. އެ ސިޓީފުޅުގެ މައްޗަށް އިނގިރޭސީން ދިވެހިރާއްޖެއަށް ހިމާޔަތްދިން ކަމަށް ބުނެ ފޮނުވި ސިޓީއަކީ އިނގިރޭސި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަ... ޢަބްދުﷲ ސަޢީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޑަބްލިއުޑީސީން ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފި ހދ.ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށު ސައާދާ ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފިއެވެ. މި ޓާފަކީ އެ ސްކޫލުގެ ޕްލޭ އޭރިއާގައި އަލަށް ބަހައްޓާ ސްލައިޑް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެޅުމަށް އެ ކޮމެޓީން ހަދިޔާކޮށްފައިވާ ޓާފެކެވެ. އެ ކޮމެޓީން ކޮންމެ އަހަރަކު ވެސް އަންނަނީ ޕްރީ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނިމިދިޔަ އަހަރު ފައިސާގެ އެހީ ވެސް އެ ކޮމެޓީން ވަނީ ޕްރީސްކޫލަށް ފޯރުކޮށްދީފައެވެ. މީގެއިތުރުން... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ބިދޭސީއަކު އަތުން ފޯނެއް ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި ބިދޭސީއަކު އަތުން ފޯނެއް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށެވެ. ބިދޭސީ މީހާއަތުން ފޯނު ފޭރި ގަތީ އޭނާ ހ. އެއްގަމުގޭ ކައިރިން ހިނގާފައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ ދިވެހި ފިރިހެނުންނެވެ. ‘’މި މައްސަލާގައި ފޭރު ފޯނު ވަނީ ރިކަވާ ކުރެވިފައި’’ ފުލުހުން ބުނެފަވެއެވެ. މި މައްސަލައިގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ. […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އައިފޯން 17ގެ ޑިޒައިނަށް ބޮޑު ބަދަލެއް އެޕަލްގެ އައިފޯން 17 ސްލިމް ނިކުންނާނީ ފަހަތުގައި އެންމެ ކެމެރާއަކާއެކު ކަމަށް އިންޑަސްޓްރީގެ އިންސައިޑަރެއް ބުނެފިއެވެ. އެޕަލްގެ އައިފޯން 17 އާ ބެހޭ ގޮތުން އަދިވެސް ގިނަ މަޢުލޫމާތުތަކެއް ހާމަވެފައި ނުވި ނަމަވެސް، މި ފޯނާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވެން ވަނީ ފަށައިފައެވެ. މިގޮތުން އެންމެ ފަހުން އަޑުއިވެމުންދާ ވާހަކައަކީ އައިފޯންގެ ޑިޒައިން އަލުން މާނަކުރުމަށް ގެނެވިދާނެ “އަލްޓްރާ-ސްލިމް” މޮޑެލްއެއްގެ ވާހަކައެވެ. ނަމަވެސް މި ތުނި ޑިޒައިނާއެކު އަންނާނީ ހައިރާންކުރުވަނިވި ބަދަލެކެވެ. އެއީ ފަހަ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ޤައުމު މިނިވަންކަންމަތީ އޮވެގެން: ނައިބު ރައީސް މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށާއި، ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ވެސް މިނިވަންކަން އޮވެގެންކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ. މިއަދަކީ ރާއްޖެ، އިނގިރޭސިންގެ ދަށުން މިނިވަންކަން ލިބުނުތާ 59 އަހަރު ފުރޭ ރާއްޖޭގެ މިނިވަން ދުވަހެވެ. މިއަދުގެ މުނާސަބާގައި ނައިބު ރައީސް ވަނީ ޚާއްޞަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. މި މެސެޖުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކޮށް، ޤައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން