ރާއްޖެ ހާމިދު ޝަފީއު ނިޔާވެއްޖެ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެ އެވެ. ހއ. އިހަވަންދޫ އަށް ނިސްބަތްވާ ހާމިދު ޝަފީއު އަކީ ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުކަމުގެ މަގާމް ފުރުއްވާފައިވާ، އެ ސަރުކާރުގައި އައިޓީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި، އެ ދާއިރާގެ ތަޖުރިބާ ކާރެކެވެ. ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާޢު މީސްމީޑި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އުލިގަމުގައި ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި ހއ. އުލިގަމުގައި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ. އުލިގަމު ކައުންސިލް ސެކްރެޓޭރިއެޓުން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯހަކީ ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އުލިގަމު ކައުންސިލާއި ޚިދުމަތް ޖަމިއްޔާއާއި ހޯޕް ޖަމިއްޔާއާއި ޓޮޕްސީ ޓްރެއިނިންގ ސެންޓަރާއި އަދި ތުރުކީގެ އުންމަޖައްޔާއާ ގުޅިގެން ބޭއްވުނު ކޯހެކެވެ. މި ކޯހުގައި ޖުމްލަ 60 އަންހެން ކަނބަލުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތުލިބެ އެވެ. ކޯހުގެ ބައި... އަލީ އާދިލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސޮނޭވާ ސީކްރެޓްއިން މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒު އަދި 26 ގޮނޑި ހަދިޔާކޮށްފި ހދ. މަކުނުދޫ، 15 ޑިސެމްބަރ 2023 – ސޮނޭވާ ސީކްރެޓް ރިސޯޓުން ހދ. މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒާއި 26 ގޮނޑި ހަދިޔާކޮށްފިއެވެ. މި ހަދިޔާ ބަލައިގަތުމަށްފަހު، މަކުނުދޫ ކައުންސިލްގެ އިދާރާއިން ވަނީ ސޮނޭވާ ސީކްރެޓް ރިސޯޓަށް ޝުކުރު ދަންނަވާފައެވެ. ކައުންސިލުން ޝުކުރު ދެންނެވުމުގައި، ސޮނޭވާ ސީކްރެޓް ރިސޯޓުން މަކުނުދޫގެ ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވާ މަސައްކަތަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ޚާއްޞަކޮށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޯ އަދި އެންތޮނީއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައިވެއެވެ. ސޮނޭވ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ޓިކްޓޮކާއި ޔޫޓިއުބުން ފައިސާ ލިބޭނެ ގޮތް ހަދަން މަސައްކަތް ފަށައިފި ރާއްޖޭގައި ޓިކްޓޮކާއި ޔޫޓިއުބުން ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ އުފެއްދުންތެރިން ތިބި ކަމަށާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަކީވެސް އާމްދަނީ ހޯދޭނެ ވަސީލަތްތަކެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި މިކަން ނުކުރެވޭ ސަބަބަކީ މިހާރު އޮތް ނިޒާމުގެ ތެރޭގައި ފައިސާ ލިބޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަމަށް ވަޒީރު ފާހަގަ... އަލީ އާދިލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫގައި ބާއްވާ ޖަމާޢަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ޖަނާޒާތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާއަތްތެރިން އުފެއްދުމުގެ މަގުސަދުގައި ނޭކުރެންދޫ ކައުންސިލުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ “ރޫލްސް އޮފް ޖަނާޒާ ލެވެލް-1” އެވެ. ހަތަރު ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ކޯހުގައި ތިއަރީބަޔާއި އަމަލީބައި ހިމެނޭނެއެވެ. އަދި ސެޝަންތައް ނިމުމުން އިމްތިހާނެއް ދިނުމަށ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް އެދި ޕީޖީން ސުޕްރީމް ކޯޓަށް ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ނެންގެވި ކަމަށް ބުނެ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ހައި ކޯޓުން ބާތިލްކުރީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ. އަދި އެ މައްސަލަ އަލުން […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފި ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފިއެވެ. އީލޮން މަސްކްގެ އެކްސް ޕްލެޓްފޯމުން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނީގެ ޔޫޒަރުންގެ ޕޯސްޓްތަކާއި އިންޓަރެކްޝަންތައް ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމަށް ބޭނުން ކުރުމުގެ ފުރުޞަތު ދީފައި ވާނެކަމަށެވެ. ނަމަވެސް، “އެކްސްގެ ހުރިހާ ޔޫޒަރުންނަށްވެސް އެމީހުންގެ ޕަބްލިކް ޕޯސްޓްތައް ގްރޮކް ތަމްރީނު ކުރުމަށް ބޭނުން ކުރަން ހުއްދަ ދިނުމާއި ނުދިނުން މިހާރު އޮންނާނީ ޔޫޒަރުންގެ އަތްމަތީގައި... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފި ޣައްޒާގެ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފިއެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާ ގައި 100ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއް ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ބުނެފައެވެ. ޣައްޒާ ގެ މީޑިއާ އޮފީހުން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 15 […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ. ދެކުނު ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމަށްވާ ސަމޯއާގެ ބޮކްސިންގ ކޯޗް ލަޔަނެލް އެލީކާ މަރުވީ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ހުކުރު ދުވަހުއެވެ. އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އިން ބުނެފައިވަނީ އޭނާ އަށް އިމެޖެންސީ ކޮށް ފަރުވާ ދިން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވި ކަމަށެވެ. މި އަހަރުގެ އޮލިމްޕިކްސްގެ ބޮކްސިން އިވެންޓްތައް ފެށުނީ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ސްޕެއިންގެ އިތުބާރު ޑިފެންޑަރ ލެނޯމަންޑް އެތުލެޓިކޯ މެޑްރިޑަށް ސްޕެއިންގެ އިތުބާރު ޑިފެންޑަރ ރޮބިން ލެނޯމަންޑް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ. ފާއިތުވި އަށް އަހަރު ރެއާލް ސޮސިއެޑާޑްއަށް ކުޅުނު އުމުރުން 27 އަހަރުގެ ލެނޯމަންޑް ޓްރާންސްފާގެ ކަންކަމުގައި ދެ ޓީމުގެ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކޮށް އެތުލެޓިކޯ މެޑްރިޑްގެ ވެބްސައިޓްގައި ބުނެފައިވަނީ، އޭނާ ޗުއްޓީ ނިންމާފައި އެނބުރި އައުމުން ޓްރާންސްފާގެ ކަންކަން ކުރިއަށް ދުވަސްތަކުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. ރެއާލް ސޮސިއެޑާޑް އިން ވަނީ އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ލެ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު އެންޑްރިކް، ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފި ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އުމުރުން 18 އަހަރުގެ އެންޑްރިކް ރެއާލްގެ ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ރަސްމީކޮށް ތައާރަފްކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅެމުން އައި އެންޑްރިކްގެ ސޮއި ރެއާލުން ހޯދާފައި ވަނީ 2022 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. ފާއިތުވި ދެ އަހަރު ޕަލްމެއިރާސްއަށް ކުޅުމަށްފަހު އުމުރުން 18 އަހަރު ފުރުމުން ރ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ހުޅުމާލެ ބަސް ދަތުރު ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފި ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ. އެމްޓީސީސީން މި ބަދަލު ގެނައީ މިއަދުން ފެށިގެން، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމާ ގުޅިގެންނެވެ. އެގޮތުން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަން އެޗްޑީސީން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން މިއަދުން ފެށިގެން ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ހަތަރު ރޫޓަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ބަދަލު ގެނައި ރޫޓާއި […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ދައުލަތުގެ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް ޢާންމުކުރަނީ ދައުލަތުގެ އެކި މަޝްރޫޢުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް ޢާންމުކުރެވޭނެ އުޞޫލެއް ތަޢާރަފްކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަޤީޤީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި މޯލްޑިވިއަނަށް އެއާބަސް އޭ 330-200 ބޯޓެއް ހޯދަން އެއްބަސްވުމެއްގައި ސޮއިކޮށްފި ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޮޑެތި އެއާބަސްތައް ބޭނުންކުރަން ފެށުމަށް އެއާބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެއް ހޯދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މޯލްޑިވިއަނުން މި އެއާކްރާފްޓް ހޯދަން އެއްބަސްވެފައިވަނީ ޓްރޫނޯޑް ކުންފުންޏާއެކުގައެވެ. ޓްރޫނޯޑް އަކީ ދުނިޔޭގެ އެކި އެއާލައިންތަކަށް އެއާ ކްރާފްޓުތައް ލީޒްކުރާ ކުންފުންޏެކެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މި އެއާބަސް ގެނައުމުން އެ އެއާލައިންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރެވި، އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށޭނެއ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަނީ ދިވެހި ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަން ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް 9 މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން