މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި

ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި

ލުބުނާންގެ ޙިޒްބުﷲ ޖަމާޢަތުން، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. އަންގާރަ ދުވަހުދިން މި ހަމަލާތަކަކީ އިރުމަތީ ލުބުނާނަށް އާދިއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް ޙިޒްބުﷲ އިން ހާމަކޮށްފައިވެއެވެ. ޙިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ރޮކެޓް ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް ގައި ހުރި އިޒްރޭލު ސިފައިންގެ ދެ މަރުކަޒަކަށެވެ....

އަޙްމަދު ދާއޫދު
ކުޅުދުއްފުށީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މިހާރު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ރާއްޖޭގެ އުތުރުގެ 3 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ވަނީ އެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފައެވެ. އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީ ސިޓީގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަ...

ޔުމްނާ ޢަލީ
ލަންކާ މަސްބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ލަންކާ މަސްބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މި ބޯޓު އޮޔާދަނީ ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެކެވެ. ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް އެމްއެންޑީއެފު...

ޔުމްނާ ޢަލީ

ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ތިލަދުންމައްޗަށް އޮރެންޖް އިންޒާރު!

ރާއްޖޭގެ އުތުރުގެ 3 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީ، އޮރެންޖް އިންޒާރު ނެރެފި އެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ދާދިދެންމެ ނެރުނު، މި އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނުރައްކާ އޮތް ސަރަހައްދަކީ ހއ އަތޮޅުން ފެށިގެން ށ އަތޮޅާ ހަމައަށް ހުރި ރަށްތަކެވެ. އަދި މި ހާލަތު ދެމިއޮންނާނެ ކަމަށް ލަފާކުރެވެނީ މިއަދު ރޭ 20:30 އިން ފެށިގެން 22:30 އާ ހަމައަށް ކަމަށް ވެސް ބުނެފައިވެއެވެ. މޫސުމާބެހޭ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ފެންބޮޑުވުމާ ގުޅިގެން ވަގުތީ ހޮޓްލައިނެއް ޤާއިމްކޮށްފި

ކުޅުދުއްފުށީގައި ފެންބޮޑުވުމާ ގުޅިގެން ވަގުތީ ހޮޓްލައިނެއް ޤާއިމްކޮށްފި

ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަގުތީ ހޮޓްލައިނެއް ޤާއިމްކޮށްފި އެވެ. މިގޮތުން ފެންބޮޑުވެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 6527120 ނަންބަރަށް ގުޅުމަށް ކައުންސިލުން އަންގާފައިވެއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިރޭ 8:15 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށް ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީންދޫ ސަމާލުކަމުގެ އިންޒާރެއް ނެރެފައިވެއެވެ. މި އިންޒާރުގައި އުތުރުގެ އަތޮޅުތަކަށް ބ...

އަލީ އާދިލް
އުރީދޫ 5ޖީ ސްޕީޑް ދައްކާލައިގެން އޮކިއުލަސް ކުއެސްޓް 3 އެއް ހޯދުމުގެ ފުރުޞަތު!

އުރީދޫ 5ޖީ ސްޕީޑް ދައްކާލައިގެން އޮކިއުލަސް ކުއެސްޓް 3 އެއް ހޯދުމުގެ ފުރުޞަތު!

5ޖީ ސްޕީޑް ދައްކާލައިގެން އޮކިއުލަސް ކުއެސްޓް 3 އެއް ލިބުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ. މުޅި ރާއްޖެއަށް 5ޖީ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިހާރު ރާއްޖޭގެ 60 ޕަސެންޓަށް އުރީދޫ 5ޖީ ލިބޭކަމަށް އެ ކުންފުނިން މިފަހުން ވަނީ ހާމަކޮށްފަ އެވެ. މި ފުރުޞަތުގައި ބައިވެރިވުމަށް، ކޮންމެ ޑިވައިސްއަކުން ވެސް އުރީދޫ 5ޖީ ސްޕީޑްގެ ސްކްރީންޝޮޓެއް ނަގައި، 5GJassaalaa# ހޭޝްޓެގް އާއި އެކު ooredoomaldives@ ޓެގް ކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން […]

އިބްރާހިމް އަސްވާޤް
އެންޑީއެމްއޭ އިން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފި

އެންޑީއެމްއޭ އިން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ. މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، އާއިޝަތު ޞަފޫރާއެވެ. އަދި އެމްއެންޑީއެފުގެ ފަރާތުން މި ސާމާނާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސަރޖަން ޖެނެރަލް، ބްރިގޭޑިއަރ ޖ...

އަލީ އާދިލް
ދަންވަރު 1 ޖަހަންދެން، އުތުރަށް ރީންދޫ ސަމާލު!

ދަންވަރު 1 ޖަހަންދެން، އުތުރަށް ރީންދޫ ސަމާލު!

މިރޭ ދަންވަރު 1 ޖަހަންދެން ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީންދޫ ސަމާލު ނެރެފި އެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ނެރުނު މި އިންޒާރުގައި ވިދާޅުވެފައިވަނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި ގަދަ ވައި ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ. މި އިންޒާރު ދެމިއޮންނާނީ މިރޭ 8:15 އިން ފެށިގެން މިރޭ ދަންވަރު 1:00 އާ […]

އަލީ އާދިލް
އިތުރު ކުންފުންޏަކަށް ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި

އިތުރު ކުންފުންޏަކަށް ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް މިއަދު ދޫކޮށްފިއެވެ. އެމްއެމްއޭ އިން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ. މި ލައިސަންސް ދޫކުރުމާ ގުޅިގެން، ދިރާގުން މިހާރ...

އަލީ އާދިލް
ކަސްޓަމްގައި ރަޖިސްޓްރީ ނުކުރާ ފްރައިޓް ފޯވާރޑިން ތަކަށް ޚިދުމަތް ނުދޭން ނިންމައިފި

ކަސްޓަމްގައި ރަޖިސްޓްރީ ނުކުރާ ފްރައިޓް ފޯވާރޑިން ތަކަށް ޚިދުމަތް ނުދޭން ނިންމައިފި

މޯލްޑިވްސް  ކަސްޓަމްގައި ރަޖިސްޓްރީ ނުކުރާ ފްރައިޓް ފޯވާރޑިން ކުންފުނިތަކަށް ތަކަށް ޚިދުމަތް ދިނުން ހުއްޓާލަން އެކުންފުނިން ނިންމައިފި އެވެ. ކަސްޓަމްސް ސަރވިސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްގައި ރަޖިސްޓްރީ ނުކުރާ ފްރައިޓް ފޯވާޑިންތަކަށް ޚިދުމަތް ދިނުން ހުއްޓާލާނެކަމަށެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، ފްރައިޓް ފޯވާޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން “އެޕްލިކޭޝަން ފޯ ރެޖިސްޓްރޭޝަން އެންޑް ކެންސަލޭޝަން” ފޯމު (...

އަލީ އާދިލް
ޖަޕާނުގެ "ފުޑް ޓްރިޕް" ވެބްސައިޓް ގައި، ރާއްޖޭގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު

ޖަޕާނުގެ "ފުޑް ޓްރިޕް" ވެބްސައިޓް ގައި، ރާއްޖޭގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު

ޖަޕާނުގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިންގ ލިމިޓެޑްގެ “ފުޑް ޓްރިޕް” ވެބްސައިޓްގައި ދިވެހިރާއްޖޭގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ބުނެފިއެވެ. އެމިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހާ ހަމައަށް، ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް ފީއަކާ ނުލައި އިސްތިހާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަަމަށެވެ. މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ އުފެ...

އިބްރާހިމް އަސްވާޤް
ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަނީ

ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަނީ

ކަންނެލި މަސްވެރި ކަމަަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނުކުންނަށް ނިންމާފައިވާކަމަށް ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. ބީކޭއެމްޔޫއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަންނެލި މަސްވެރި ކަމަަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނިކުންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި އިހުތިޖާޖު އޮންނާނެ ވަކި ދުވަހެއް އެ ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ. މަސްވެރިކަމާބެހޭ...

ޔުމްނާ ޢަލީ
ޑރ. އަލީ ލަތީފަށް ބޮޑެތި ތުހުމަތުތަކެއް: ޓެކުހަށް މަކަރު ހެދުމާއި މަނީލޯންޑަރިންގ އަދި ކޮރަޕްޝަން!

ޑރ. އަލީ ލަތީފަށް ބޮޑެތި ތުހުމަތުތަކެއް: ޓެކުހަށް މަކަރު ހެދުމާއި މަނީލޯންޑަރިންގ އަދި ކޮރަޕްޝަން!

ކޮވިޑް-19 ގެ ދުވަސްވަރު އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ގެ މެމްބަރުކަން ކަމާއި، އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރގެ މަޤާމު އަދާކުރި ޑރ. އަލީ އަބްދުﷲ ލަތީފް (މ. ގައްދަޑުގެ، ކ.މާލެ) އަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޑރ. އަލީ އަބްދުﷲ ލަތީފް ގެ މައްޗަށް ޓެކުހަށް މަކަރު ހެދުމާއި، މަނީލޯންޑަރިންގ އަދި ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނޭކަމަށެވެ. ކޮމިޝަނުން […]

އަލީ އާދިލް
ޕީ.ސީ.އާރު ހެދުމަށް ކޮރަޕްޝަން ހިންގި، އައި.ޖީ.އެމް.އެޗްގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކުރަނީ

ޕީ.ސީ.އާރު ހެދުމަށް ކޮރަޕްޝަން ހިންގި، އައި.ޖީ.އެމް.އެޗްގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކުރަނީ

ކޮވިޑް-19 ގެ ދުވަސްވަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ލެބޯޓަރީގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ބޭނުންކުރި “ރީއެޖެންޓްސް” އާ ގުޅޭ މައްސަލައެއްގައި އެ ހޮސްޕިޓަލުގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. އޭސިސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި މި 3 މީހުންގެ މައްޗަށް ދަޢުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ. އަމިއްލަ މަޞްލަޙަތު ހި...

އަލީ އާދިލް
ކުއްލި ހާލަތްތަކުގައި ގުޅުމަށް، ގައުމީ ހެލްޕް ލައިނެއް ގާއިމްކުރަނީ!

ކުއްލި ހާލަތްތަކުގައި ގުޅުމަށް، ގައުމީ ހެލްޕް ލައިނެއް ގާއިމްކުރަނީ!

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަންބަރަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފި އެވެ. މިކަމާ ގުޅޭގޮތުން ކަމާގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ސިފައިންގެ އިސްވެރިންގެ އިތުރު...

އަލީ އާދިލް