ވިޔަފާރި ޖިއޯސާވަން އުރީދޫ އެންޓަޓޭނިޔާއަށް އިތުރުކޮށްފި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މިއުޒިކް ސްޓްރީމިންގ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމުގައިވާ ޖިއޯސާވަން، އުރީދޫ މޯލްޑިވްސްގެ މުނިފޫހިފިލުވުމުގެ މަރުކަޒު ކަމުގައިވާ އެންޓަރޓެއިނިއާއަށް އިތުރުކޮށްފިއެވެ. މި ޕާރޓްނަޝިޕް އާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް 16 ބަހަކުން 80 މިލިއަނަށްވުރެ ގިނަ ލަވަތަކާއި، ޕޮޑްކާސްޓްތަކާއި، ޚާއްޞަ ކޮންޓެންޓްތައް ހިމެނޭ ޖިއޯސާވަންގެ ކެޓަލޮގަށް ފަސޭހަކަމާއެކު ސަބްސްކްރިޕްޝަން ލިބި، މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ. އުރީދޫގެ އެންޓަރޓެ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ "ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ އަންރުއާއަށް ޖަމާކޮށްދީފި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ މަޤްޞަދުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ “ފަލަސްޠީނާއެކު ދިވެހީން” ޓެލެތޯނުން ޖަމާކުރެވުނު ފަންޑު މުޅިން އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) ގެ އެކައުންޓަށް ދިވެހި ސަރުކާރުން އިއްޔެ ޖަމާކޮށްދީފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރި ގޮތުގައި، ޓެލެތޯނުން ލިބުނު މުޅި ފަންޑު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ ކަސްޓަމަރުންނަށް މިހާރު ލައަންސްގޭޓް ޕްލޭ ލިބޭނެ! އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފިއެވެ. ލަޔަންސްގޭޓް ޕްލޭ އަކީ ބެލުންތެރިންނަށް ހިތްގައިމު އަދި ތަފާތު ޕްރިމިއަމް ކޮންޓެންޓްތަކެއް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެކެވެ. މި ޚިދުމަތަކީ މުނިފޫހިފިލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ތަފާތު އަދި ހިތްހަމަޖެހޭ ކޮންޓެންޓް ލިބިގެންދާނެ ޚިދުމަތެކެވެ. ބްލޮކްބަސްޓާ ފިލްމުތަކާއި އޮރިޖިނަލް ސީރީޒްތަކާއި އެކްސްކްލޫސިވް ކޮންޓެންޓްގެ މުއްސަނދި ލައިބްރަރީއަކާ އެކު ލަޔަނ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ބިދޭސީންނާ ގުޅޭ ފީތައް ބޮޑުކުރުމުގެ ވިސްނުމެއްނެތް، ފީތައް ބަލްކްކޮށް ދެއްކޭގޮތް ހަދައިފި ބިދޭސީންނާ ގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނެފިއެވެ. ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި ‘ އެކްސްޕެޓް ސިސްޓަމް’ ބޭނުންކުރާ އެހެނިހެން ފަރާތްތަކާއެކު މިއަދު އެ ވުޒާރާއިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނުވަ މަސްދުވަހުގެ ތެރޭގައި 139 ފަރާތަކަށް ކައުންސެލިން، 431 ސެޝަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 139 ފަރާތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުން ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި 139 ކްލައިންޓުންނަށް ކައުންސިލިންގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ކައުންސެލިން، ޕޭރެންޓިން ސައިކޮސޯޝަލް ސަޕޯޓު ހިމެނޭހެން ޖުމްލަ 431 ސެޝަން ނަގައިދީފައިވާނެ ކަމަށް އެ ވުޒާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ މީހާ، ބޯބާލަން ގޮސް ހުއްޓާ ހައްޔަރުކޮށްފި ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން އޭނާ ހޯދައި މިހާރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފުލުހުން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޣައްޒާގެ ހޮސްޕިޓަލަކަށް ތެޔޮ ނުލިބި 11 ކުޑަކުދިން މަރުވުމުގެ ނުރައްކަލުގައި ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމާލް އަދްވާން ހޮސްޕިޓަލަށް ތެޔޮ ނުލިބި، އެތަނުގައި ފަރުވާ ދެމުންދާ 11 ކުޑަކުދިން މަރުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ. ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުޝާމް އަބޫ ސާފިޔާ އަލްޖަޒީރާއަށް ދެއްވި މަޢުލޫމާތުގައި، ތެލުގެ ދަތިކަމުގެ ސަބަބުން ނާސަރީ އާއި އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ފަރުވާ ދެމުންދާ 11 ކުއްޖަކު ގަޑިއިރެއްގެ ތެރޭގައި މަރުވުމުގެ ބިރު އޮތް ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ހ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ގުންޑޮގާން ގައުމީ ޓީމުން ރިޓަޔަރ ކޮށްފި ޖަރުމަނުގެ އިތުބާރު މިޑްފީލްޑަރ އިކާއީ ގުންޑޮގާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ގުންޑޮގާން އަކީ މިދިޔަ ޖޫން/ޖުލައި މަހު އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމްގެ ކެޕްޓަނެވެ. އޭނާ ވަނީ އެ މުބާރާތުގައި ޖަރުމަނުން ކުޅުނު ފަސް މެޗުގައި ވެސް ކެޕަޓަން ބޭންޑް އަޅާފައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖަރުމަނު ކެޓީ ސްޕެއިން އަތުން ބަލިވެގެންނެވެ. ގުންޑޮގާން ވަނީ ގައުމީ ޓީމަށް 82 މެޗު ކުޅެ 19 ގޯލު ޖަހައިދީފައެވެ. 2016 […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕްގެ ކެމްޕޭން އީރާނުން ހެކްކުރިތޯ އެމެރިކާއިން ރަސްމީކޮށް ކަށަވަރުކޮށްފި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން އީރާނުން ހެކްކުރި ކަމަށް ބުނި ބުނުން އެމެރިކާގެ ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްފިއެވެ. މި ހަފްތާގެ ހޯމަ ދުވަހު އެފްބީއައި އާއި، ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީ އަދި އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ދެ ޕާޓީގެ ރިޔާސީ ކެމްޕޭންތައް ހެކްކުރަން އުޅުނީ އީރާނުން ކަމަށެވެ. “މި އިންތިޚާބީ ދައުރުގައި އަޅުގަނޑުމެންނަށް ފެނިފައިވަނީ އެމެރިކާގެ އާންމުންނަށް އަމާޒު... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ލުބްނާންގެ ދެކުނަށް އިސްރާއީލުން ހަމަލާދީފި ލުބްނާންގެ ދެކުނުގައި ހުރި ހިޒްބުﷲ ގެ މަރުކަޒުތަކަކަށް އިޒްރޭލުން ހަމަލާދީފިއެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ލުބުނާނުގެ އިރުމަތީ ބެކާ ވެލީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަނަކަށް ވަނީ ބޮން އަޅައިފައެވެ. އަދި އިޒްރޭލެގެ އިތުރު ހަމަލާތަކެއް ދެކުނު ލުބްނާންގެ ހަތަރު އަވަށަކަށް ވެސް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިވަގުތު ސާފުނުވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ނަމަވެސް، ހޮނިހިރު ދުވަހު އިޒްރޭލު ސ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތު ކުރެވިފައިވާ ބިދޭސީއެއް ހޯދަނީ ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީ ނޯޓިހެއް ނެރެފިއެވެ. މި ނޯޓިހުގައި ވަނީ، ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ. މީނާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، risk@immigration.gov.mv އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަރަފާތ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ސީޕީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ދެއްކެވި ވާހަކަ ދޮގުކުރަށްވައިފި ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ވަހީދު ދެއްކެވި ވާހަކަ ސީޕީ ޝުޖާޢު ދޮގުކުރަށްވައިފިއެވެ. ހުސެންގެ ވާހަކަ ދޮގުކުރަށްވައި ސީޕީގެ ފަރާތްޕުޅުން ނެރުއްވި ކުރުބަޔާނެއްގައި ވިދާޅުވީ، 18 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ ކުރީގެ ސީޕީ ހުސެން ދައްކަވާފައިވާ ވާހަކައެއްގައި ނޫމަޑި މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރެއްވުމަށް އޭނާ އާއިއެކު ދިޔަކަމަށް ސީޕީ ހުސެން ވިދާޅުވި ވާހަކައަކީ ދޮގެއްކަމަށެވެ. އެއީ ޙަޤީޤަތާއި ޚިލާފް، އެއްވެސް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެގެން ވަނީ ރިޕޯޓްކޮށްފައި: އެންޑީއެމްއޭ މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިގެން އެސެސްމަންޓް ފޯމު ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ވިއްސާރާގައި 3 ރަށެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުން […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސްކޭމަކުން 1.8 މިލިއަން ހޯދި މޮޅަދޫ މީހަކަށް 113,000ރ. ގެ ޖޫރިމަނާއެއް މީހެއްގެ އެކައުންޓުން ވަގަށް ނެގި 1.8 މިލިއަން ރުފިޔާގެ މައްސަލައެއްގައި, ފައިސާ ބޭނުންކުރި ހއ. މޮޅަދޫ މީހަކު 113،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހއ. މޮޅަދޫ މިސްރާބު، ހަސަން ނާހިދުގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ ފެބްރުއަރީ މަހު 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން އެކިފަހަރު މަތިން ނާހިދާއި އޭނާގެ އޭރުގެ އަންހެނުންގެ އެކައުންޓަށް 1.8 މިލިއަން ފޮނުވުމުން އޭގެ ތެރެއިން ބައެއް ފައިސާ ބޭނުންކުރި މައްސަލާގަ އެވެ. […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ސާފުތާހިރުކަން އިންތިހާއަށް ދަށް، ފޯއް ކޮށާ ފެކްޓްރީއެއް ބަންދުކޮށް 02 ބިދޭސީއަކު ބަންދު މާލެ ސިޓީ ކައުންސިލުން ހިއްސާކުރި މަޢުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގުނު ޚާއްޞަ ރެއިޑެއްގައި މ. ރީތި އޯކިޑްގައި ހުރި ފޯއް ކޮށާ ފެކްޓްރީއެއް ބަންދުކޮށް، އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި ފެކްޓްރީއަކީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް ވިޔަފާރިއަށް ތައްޔާރުކުރަމުންދިޔަ ތަނެއްކަމަށާއި، އެތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށްކަމަށް ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަން އިން ބުނެފައިވެއެވެ. މިކަން ވަނީ ކަމާބެހޭ އިދާ... އަލީ އާދިލް · 2 އަހަރު ކުރިން