ރާއްޖެ ޚަރަދު ނުދޭ ބައްޕައަކު އެކައުންޓް ފްރީޒްކޮށް ޖަލަށްލުމަށް ހުކުމެއް ދަރިފުޅަށް ޚަރަދު ނުދޭ ބައްޕައެއްގެ މައްޗަށް އެއް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އޭނާގެ ބޭންކު އެކައުންޓު ފްރީޒްކޮށް، ޕާސްޕޯޓް ހިފެހެއްޓުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ. ކޯޓުގެ ޙުކުމުގައިވާ ގޮތުން، މި ބައްޕަގެ ބޭންކު އެކައުންޓު ފްރީޒްކޮށް، އެކައުންޓުގައި ހުރި ފައިސާ ނަގައި، ދަރިފުޅުގެ ޚަރަދަށް ދޭންޖެހޭ އަދަދު އުނިކުރުމަށްފަހު ބާކީ ފައިސާ ދެއްކުމަށް އަމުރުކޮށްފައިވެއެވެ. މި ހުކުމް ކުރިއިރު އެ ބައްޕަގެ އެކައުންޓްގައި ހުރީ 950 ރުފިޔާއެވެ. މި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަސް ފިނިކުރާ ނިޒާމުގެ ލޯނު 13 ފަރާތަކަށް އާރްއެސްޑަބްލިޔު ފެސިލިޓީގެ ދަށުން ލޯނަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 13 ފަރާތަކަށް ލޯނު ލިބުނުކަމުގެ ލިއުން މިއަދު ހަވާލުކޮށްފިއެވެ. މިއީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ބެހެއްޓުމަށް އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެކެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މުރާބަޙާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްފިއެވެ. ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހްކޮށްފި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް މިއަދު އިފުތިތާހުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ތަޢުލީމާއިބެހޭ ވުޒާރާއިން ބުނެފައިވަނީ މިއީ ތަމްރީނުވެފައި ތިބި، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުން ބިނާ ކުރުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ މުދައްރިސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (11) ކުރީގެ އަދަދާއި ގުޅޭ، ” އޭ! ވެދާނެ އާސިފް އަރޫއަށް އުނދަގުލެއް ކުރީކަމަށް ވެސް. މަ ބުނިން އާސިފްގެ އުނދަގުލެއް ވިއްޔާ ބުނައްޗޭ. ” ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް ދާއިން ބުންޏެވެ. ” އާސިފް ރޫމުން ތެޔޮ ފެނިގެން އޭނަ ގެންގޮއްސި. އޭނަ ކަނޑާލާނެ އެއްނު ދެން. ހަމަ ދެންމެ މަ ކައިރީ މަންމަ ބުނީ. ތި ވާނީ އެ ވާހަކަ ބުނަން ކަމަށް އަރޫ އެ ގުޅަނީ. ” އާބިދު އަވަސް އަވަހަށް ބުނެލިއެވެ. […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓް ޖަޕާނުން އުދުއްސާލައިފި ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓް ޖަޕާނުން ޖައްވަށް އުދުއްސާލައިފިއެވެ. ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާއި ސުމިޓޯމޯ ފޮރެސްޓްރީ ގުޅިގެން ތައްޔާރުކޮށްފައިވާ “ލިގްނޯސެޓް” ނަމަކަށް ކިޔާ ސެޓެލައިޓެއް ވަނީ ސްޕޭސްއެކްސްގެ މިޝަނެއްގައި ފަޒާއަށް ފޮނުވާލާފައެވެ. މި ސެޓެލައިޓަކީ ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓެވެ. ލިގްނޯސެޓް ބިމުން 400 ކިލޯމީޓަރު މަތީގައި ދުނިޔެ ވަށައިގެން ބުރުޖަހަމުން ދާނެއެވެ. މި ސެޓެލައިޓް ހަދާފައިވަނީ ޖަޕާނުގައި އާންމުކޮށް ހެދޭ ހޮނޮކީ ނަމަކަށް ކިޔާ ލަކުޑިއަކ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ބިޓްކޮއިންގެ އަގު 75,000 ޑޮލަރަށް އަރައި ރެކޯޑެއް އެމެރިކާގެ 47 ވަނަ ރައީސްކަމުގެ އިންތިޚާބުގައި، ކްރިޕްޓޯ ފައިސާއަށް ތާއީދުކުރާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ހޯދުމާއެކު، މަޝްހޫރު ކްރިޕްޓޯ ފައިސާ ބިޓްކޮއިންގެ އަގު މިހާތަނަށް ދުވަހަކުވެސް ނުދެކޭ މިންވަރަކަށް އަރައި 74,800 ޑޮލަރުގެ އައު ރެކޯޑެއް ހަދައިފިއެވެ. މާކެޓް ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ 24 ގަޑިއިރުގެ ތެރޭގައި 7.7 އިންސައްތައިގެ ކުރިއެރުމެކެވެ. މާހިރުންގެ ލަފާގައި ބިޓްކޮއިންގެ އަގު އިތުރަށް މަތިވަމުންދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ކޮއިންބޭސް ޕްރީމިއަމް އިންޑެކް... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ ހުޅުމާލޭ ފޭސް 2 ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެއްޖެ އެވެ. ރޯވެފައިވަނީ މިރޭ 4 ޖަހާކަށް ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. ސިފައިންނާއި ފުލުހުން އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެސަފާރީ އަކީ ރައިނާ ނަމަކަށް ކިޔާ ބޭރު މީހެއްގެ ސަފާރީއެކެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު ސަފާރީގައި ހުރި މީހަކު މަޢުލޫމާތުން ދިންގޮތުގައި އެސަފާރީގައި އެވަގުތު ތިބީ ދެމީހުންނެވެ. އަލިފާން ރޯވިކަން އެނގުނީ ދުން ބޯވުމުންކަމަށާއި އެވަގުތު ޖަނަރޭޓަރު ނިއްވާލުމަށް ފަހު އެ... އަލީ އާދިލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް އަލުން ރައީސްކަމަށް، ދުނިޔޭގެ ލީޑަރުން މަރުޙަބާ ކިޔައިފި އެމެރިކާގެ 2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން މަރުޙަބާ ކިޔައިފައެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، އިޒްރާއީލު، ޔުކްރެއިން، ނޭޓޯ، އިންޑިއާ އަދި ޔޫކޭ، ފްރާންސް، އިޓަލީ ފަދަ ޔޫރަޕުގެ ގައުމުތަކުގެ ލީޑަރުން ހިމެނެއެވެ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސްވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެފައެވެ. މި ލީޑަރުން ވަނީ ޓްރަމްޕްގެ ރައީސްކަމުގެ ދައުރުގައި އެމެރިކާއާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމަށް އު... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ރައީސް އާއި ގުޅުވައި ދޮންމަންމާފުޅު ދެއްކެވީ "އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން" ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދަވައި، ދެވަނަ ބުރުގެ ވޯޓު ކުޑަތަންވެފައި ވަނިކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި އިލްޒާމްތަކެއް އަޅުވައި ދިވެހި ނޫހެއްގެ ޑޮކިއުމެންޓަރީއަކަށް ދޮންމަންމާފުޅު ދެއްވި މައުލޫމާތުތައް ރައީސް މުޢިއްޒު މިއަދު ދޮގު ކުރަށްވައިފިއެވެ. މި ޑޮކިއުމެންޓަރީ އާއި ގުޅޭގޮތުން މީގެ ކުރީން ރައީސް ވާހަކަފުޅެއް ނުދައްކަވައެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާޙްކޮށްދެއްވުމަށްފ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.ދިއްދޫ ސޮލާހް، ފަތުރުވެރިކަމުގެ މައި ކުންފުންޏެއްގެ ފުރަތަމަ ދިވެހި ސީއީއޯ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ، މުހަންމަދު ސޮލާހު ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ މައި ކުންފުންޏެއްގެ ސީއީއޯގެ މަގާމަށް ދިވެއްސަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ސޮލާހް ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅިވަޑައިގަތީ އުމުރުން އެންމެ 21 އަހަރުގައި، މީގެ ވިހި އަހަރު ކުރިންނެވެ. ފާއިތުވި މުއްދަތުގައި އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަންތީގެ ވަޒީފާތައ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އަހްމަދު ނާސިފް ހަމަޖައްސައިފިއެވެ. އޭނާ އެމަގާމަށް ހަމަޖެއްސިކަން ހާމަކޮށް، އެޗްޑީސީން ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އަދި މިކަން ހާމައެއް ނުކުރެއެވެ. ނާސިފް އެންމެފަހުން ހުންނެވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ޗެއާމަންގެ މަގާމުގައެވެ. ނާސިފް ކުރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ޚަބަރު ޓްރަމްޕަށް ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައިފި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ވަރުގަދަ ގުޅުމަކީ އިޙްތިރާމާއި އެއް ޤައުމުން އަނެއް ޤައުމުގެ ކަންކަން ދެނެގަތުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. މީގެއިތުރުން ރައީސް މުޢިއްޒު ވަނީ... އަލީ އާދިލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް" ހަނިމާދޫ ސްކޫލުގައި ކާމިޔާބުކަމާއިއެކު ކުރިއަށް މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ހަނިމާދޫ ސްކޫލްގައި އިފްތިތާހްކުރި “ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް”ގެ ދަށުން ހައްދާފައިވާ ލެޓިއުސް ފުރަތަމަ ފަހަރަށް ކަނޑައިފި އެވެ. މި ޕްރޮގްރާމްގެ ދަށުން އެ ސްކޫލުގައި ހައްދާފައިވާ ލެޓިއުސް ކެނޑުމަށާއި ވިއްކުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. މިރަސްމިއްޔާތުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރާއި ހަނިމާދޫ ސްކޫލްގެ އިސްވެރިންނާއި މުވައްޒަފުން އަދި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް ވައިޓް ހައުސްއަށް، ކާމިޔާބީ އިޢުލާންކޮށްފި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާންކުރައްވައިފ ިއެވެ. ޕާމް ބީޗް ކޮންވެންޝަން ސެންޓަރުގައި ތާއީދުކުރައްވާ ފަރާތްތަކާ މުޚާތަބުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ރައްޔިތުން އެމަނިކުފާނަށް ދެއްވާފައިވަނީ މިހާތަނަށް ދުވަހަކުވެސް ނުދޭފަދަ ބާރުގަދަ މެންޑޭޓެއް ކަމަށެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، ޓްރަމްޕަށް 266 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާގެ ވާދަވެރިޔާ ކަމަލާ ހެރިސްއަށް ލިބިވަޑައިގެންފައިވަނީ 188 ވޯޓެވެ. ރަ... އަލީ އާދިލް · 2 އަހަރު ކުރިން