ދަރިފުޅަށް ޚަރަދު ނުދޭ ބައްޕައެއްގެ މައްޗަށް އެއް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އޭނާގެ ބޭންކު އެކައުންޓު ފްރީޒްކޮށް، ޕާސްޕޯޓް ހިފެހެއްޓުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.

ކޯޓުގެ ޙުކުމުގައިވާ ގޮތުން، މި ބައްޕަގެ ބޭންކު އެކައުންޓު ފްރީޒްކޮށް، އެކައުންޓުގައި ހުރި ފައިސާ ނަގައި، ދަރިފުޅުގެ ޚަރަދަށް ދޭންޖެހޭ އަދަދު އުނިކުރުމަށްފަހު ބާކީ ފައިސާ ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

Ad
rt

މި ހުކުމް ކުރިއިރު އެ ބައްޕަގެ އެކައުންޓްގައި ހުރީ 950 ރުފިޔާއެވެ.

މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ދަރިފުޅުގެ މަންމައެވެ. ދަރިފުޅަށް ޚަރަދު ނުދިނުމުގެ ސަބަބުން ދަރިފުޅުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ކަމަށް މަންމަ ބުނެފައިވެއެވެ.

ޝަރީޢަތުން މައްސަލަ ބެލުމަށްފަހު، ދަރިންނަށް ޚަރަދު ދިނުމަކީ ބައްޕައިންގެ ޒިންމާއެއް ކަމަށާއި، މި ޒިންމާ އަދާނުކުރުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމަކީ ދަރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މުހިންމު ކަމެއް ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.