މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހުޅުމާލޭ ފަޅުތެރޭ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ފަޅުތެރޭ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ފަޅުތެރޭގައި ލޯންޗަކާއި މަސް ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މިރޭ މިރޭ 19:36 ގައި ހިނގި މި ހާދިސާއާ ގުޅިގެން މެރިން ޕޮލިސް އިން ހަރަކާތްތެރިވެފައިވާއިރު، މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ. މެރިން ޕޮލިސްއިން މަޢުލޫމާތު ދިން ގޮތުގައި، އަނިޔާވި ދެ މީހުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކްސިޑެންޓުގައި ޖެހުނު މަސް ލޯންޗް ވަނީ އަޑިއަށް ގޮސްފައެވެ. މި އެކްސިޑެންޓާ ގުޅޭ މައްސަލަ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން އަންނަކަމަށް...

ޔުމްނާ ޢަލީ
ބަންކަރިން ހިދުމަތަށް ހުއްޓުމެއް ނާދޭ: ސިމާދު

ބަންކަރިން ހިދުމަތަށް ހުއްޓުމެއް ނާދޭ: ސިމާދު

ރާއްޖޭގައި ފެށި އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް ނުހުއްޓި ކުރިއަށްދާކަމަށް އެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ. ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ”ބަންކަރިންގެ ހިދުމަތަށް މިވީ ކިހިނެއް؟ ދެ ބޯޓު އޮތީ މާލޭ ސަރަހައްދުގައި” ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކާއި ގ...

ޔުމްނާ ޢަލީ
ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށް ސްޓެލްކޯ އިން ދިރާސާ މަޝްރޫއެއް ފަށައިފި

ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށް ސްޓެލްކޯ އިން ދިރާސާ މަޝްރޫއެއް ފަށައިފި

ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށް ސްޓެލްކޯ އިން ދިރާސާ މަޝްރޫއެއް ފަށައިފި އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ހާސިލުކުރުމަށް ފެށި މަޝްރޫއެއްކަމުގައެވެ. މިއީ އިރުގެ އަލިން އުފައްދާ ހަކަތައިގެ އިތުރުން އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން ކުރާ ދިރާސާއެކެވެ. ފަހ...

އިބްރާހިމް އަސްވާޤް
އުތުރާއި ދެކުނުގައި ތަރައްޤީ ކުރަނީ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯން: ރައީސް

އުތުރާއި ދެކުނުގައި ތަރައްޤީ ކުރަނީ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯން: ރައީސް

ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްޤީ ކުރަނީ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ތަރައްގީކުރަން ނިންމާފައިވާ އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ހަތް ރަށް މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން އާންމުކުރުމާއި އެކު އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖޭގެ އުތުރުގައި އަދި ދެކުނުގެ ރަށްތައް ނެތްކަމަށް ބ...

އަލީ އާދިލް
މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުވާ މީހުންގެ ވަނަވަރު އާންމުކޮށްފި

މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުވާ މީހުންގެ ވަނަވަރު އާންމުކޮށްފި

ހިޔާ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުވާ 12 މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާ 12 މީހުންގެ ތެރެއިން 3 މީހަކު 5 ދުވަހަށް އަދި 9 މީހަކު 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. 5 ދުވަހަށް ބަންދުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ: 1. އަލްމާން ޢަލީ ޚާލިދު (22 އަހަރު)، ގދ. ވާދޫ […]

ޔުމްނާ ޢަލީ
އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރާ ހަތް ރަށް ކަނޑައަޅައިފި

އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރާ ހަތް ރަށް ކަނޑައަޅައިފި

އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ހަތް ރަށް ކަނޑައަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ތަރައްގީކުރަން ނިންމާފައިވާ ރަށްތައް މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ.އުނގޫފާރު، ބ.އޭދަފުށި، ޅ.ނައިފަރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ދ. ކުޑަހުވަދޫގެ އިތުރުން ލ.ފޮނަދޫއެވެ. ރާއްޖޭގެ އެކިސަރަހައްދުތަކުގައި އާބަނ...

އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅު މަޝްރޫއު އިތުރަށް ތަރައްގީކުރަން ފްރޭމްވޯކް އެއްބަސްވުމެއް

އިހަވަންދިއްޕޮޅު މަޝްރޫއު އިތުރަށް ތަރައްގީކުރަން ފްރޭމްވޯކް އެއްބަސްވުމެއް

އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް” ގެ ދަށުން އެކަމާއި ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި) ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)  އިން ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތްވާގޮތު...

އިބްރާހިމް ޚަލީލް
ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޒާހިރު ޙުސައިނަށް އަރުވަނީ

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޒާހިރު ޙުސައިނަށް އަރުވަނީ

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުމަށް ރަސް ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން...

ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން މިމަހު ތަޖުރިބާ ހޯދުމުގެ ދަތުރުތަކެއް ކުރަނީ

ހދ.އަތޮޅު ކައުންސިލުން މިމަހު ތަޖުރިބާ ހޯދުމުގެ ދަތުރުތަކެއް ކުރަނީ

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދެ ދަތުރެއް މި މަހު ކުރަން ތާވަލުކޮށްފިއެވެ. މި މަހުގެ 16 ވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކަށާއި އައްޑޫ ސިޓީއަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވަނީ އަތޮޅު ކައުންސިލް މެމްބަރުންގެ އިތުރުން އެ ކައުންސިލްގެ އެސްޖީއާއި އިދާރީ މުވައްޒަފެއް ހިމެނޭހެން ޖުމްލަ 12 މެމްބަރުންނެވެ. މި ދަތުރާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ވަހީދު ބުނީ […]

އިބްރާހިމް ޚަލީލް
ދަރިވަރުން ކިޔެވުމަށް ޝައުގުވެރިކުރުވުމުގެ މައުޟޫޢަށް ދިރާސީ ނަޒަރެއް

ދަރިވަރުން ކިޔެވުމަށް ޝައުގުވެރިކުރުވުމުގެ މައުޟޫޢަށް ދިރާސީ ނަޒަރެއް

ޝައުގުވެރިކަމަކީ އިންސާނާ، ކަމެއް ޙާޞިލުކުރުމަށްޓަކައި ކުރާން ޖެހޭ ކަންކަން ކުރުމަށް ނަފުސުގައި އުފެދޭ އެދުންވެރިކަމެކެވެ. ލަނޑުދަނޑިއަކާ ހަމައަށް ވާޞިލުވުމަށްޓަކައި ކުރާން ޖެހޭ ކަންކަން ކުރުމަށް ހިތުގައި މާ ބޮޑު ޝައުޤުވެރިކަމެއް ނުވާނަމަ ގިނަފަހަރަށް ފެންނާނީ އެކަމެއް ހުއްޓޭތަނެވެ. ތަޢުލީމަކީ މުޖުތަމައެއްގެ ކުރިއެރުމާއި، އެތަނެއްގެ ތަހުޒީބާއި، އަފުރާދުންގެ ސުލޫކާއި ތަރައްޤީ އެއަށް ބަރޯސާވެފައިވާ ވަރަށް މުހިންމު ބަހާއެކެވެ. އެގޮތުން ނިޒާމީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާކަމަށްވާ މަދަރުސީ ތަޢުލީމު އ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ފަލަސްތީނުގެ ޒުވާން ސަވާން އަށް އަރަބި އަންހެނުންގެ ޗެސް ޗެމްޕިއަންޝިޕްގެ ރަން މެޑެލް

ފަލަސްތީނުގެ ޒުވާން ސަވާން އަށް އަރަބި އަންހެނުންގެ ޗެސް ޗެމްޕިއަންޝިޕްގެ ރަން މެޑެލް

ޔޫއޭއީގެ ޝާރިޖާގައި ބޭއްވުނު 2024 ވަނަ އަހަރުގެ އަރަބި އަންހެނުންގެ ބްލިޓްޒް ޗެސް ޗެމްޕިއަންޝިޕްގައި ފަލަސްތީނުގެ ބައިނަލްއަޤްވާމީ ޗެމްޕިއަން ޢުމުރުން 17 އަހަރުގެ އެމަން ސަވާން ރަން މެޑަލް ހޯދައިފިއެވެ. މިކަން މައާން ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. ސަވާން މި މަޤާމު ހޯދީ 9 ބުރުގައި 7.5 ޕޮއިންޓް ހޯދައިގެން ފާހަގަކޮށްލެވޭ ފަދަ ޕަރފޯމަންސެއް ދައްކައިގެންނެވެ. ސަވާން މި މުބާރާތުގައި ބައިވެރިވީ ފަލަސްތީނުގެ ޤައުމީ ޓީމުގެ ކުޅުއްންތެރިއެއްގެ ގޮތުގައެވެ. މި ޓީމުގައި އޭނާގެ އިތުރުން ހިމެނެނީ […]

އަޙްމަދު ދާއޫދު
ޓްރަމްޕްގެ ކާމިޔާބީއާއެކު އެންވީޑިއާގެ މާކެޓް ވެލިއު 3.6 ޓްރިލިއަން ޑޮލަރަށް

ޓްރަމްޕްގެ ކާމިޔާބީއާއެކު އެންވީޑިއާގެ މާކެޓް ވެލިއު 3.6 ޓްރިލިއަން ޑޮލަރަށް

އެމެރިކާގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރުމާއެކު، ޗިޕް އުފައްދާ ކުންފުނި އެންވީޑިއާގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް އުފުލި، ކުންފުނީގެ މާކެޓް ވެލިއު 3.6 ޓްރިލިއަން ޑޮލަރު ފަހަނައަޅާ ހިނގައްޖެއެވެ. މިއީ މިހާތަނަށް އެއްވެސް ކުންފުންޏެއްގެ މާކެޓް ވެލިއު މިވަރަށް އުފުލިފައިވާ ފުރަތަމަ ފަހަރެވެ. ބުރާސްފަތި ދުވަހު އެންވީޑިއާގެ ހިއްސާގެ އަގު 2.2 އިންސައްތަ އިތުރުވިއެވެ. މިގޮތަށް ހިއްސާގެ އަގު އުފުލުނީ ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް އަލުން ވައިޓް ހައުސްއަށް އައުމާއެކު، ޓެކްސް ކުޑަވ...

އަޙްމަދު ދާއޫދު
ބޮޓްސްވާނާގެ އައު ރައީސްގެ ގޮތުގައި ދުމާ ބޯކޯ ހުވާކުރައްވައިފި

ބޮޓްސްވާނާގެ އައު ރައީސްގެ ގޮތުގައި ދުމާ ބޯކޯ ހުވާކުރައްވައިފި

ބޮޓްސްވާނާގެ އައު ރައީސްގެ ގޮތުގައި ދުމާ ބޯކޯ ހުވާކުރައްވައިފިއެވެ. ބޯކޯ ރައީސްކަމަށް އިންތިޚާބުވީ އެ ޤައުމުގެ ވެރިކަމުގައި 60 އަހަރާ ގާތަށް ހުރި ބޮޓްސްވާނާ ޑިމޮކްރެޓިކް ޕާޓީ (ބީޑީޕީ) ބަލިކޮށް، އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވުމަށްފަހުއެވެ. 54 އަހަރުގެ ބޯކޯ ހުވާކުރެއްވީ ހުކުރު ދުވަހު، ޤައުމީ ސްޓޭޑިއަމްގައި ހާޒިރުވެ ތިބި އެތައްހާސް މީހުންގެ ކުރިމަތީގައެވެ. އޭނާ ހުވާކުރައްވާފައި މިވަނީ އޭނާގެ ޕާޓީ، އަމްބްރެލާ ފޮރ ޑިމޮކްރެޓިކް ޗޭންޖް (ޔޫޑީސީ) އިން ވޯޓު ފޮށިތަކުން ބީޑީޕީ ބަލިކުރި ތާ [...

އަޙްމަދު ދާއޫދު
ދަރިއެއް ހޯދުމުގެ ކުރިން އިސްތިޚާރާ ނަމާދު ކުރަންޖެހޭތޯ؟

ދަރިއެއް ހޯދުމުގެ ކުރިން އިސްތިޚާރާ ނަމާދު ކުރަންޖެހޭތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد: ޚުލާޞާ ޖަވާބު: ދަރިން ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ ކައިވެނީގެ މަޤުސަދަކަށް ވެފައި، އާންމު ޙާލަތުން ދެމަފިރިން ކުރާކަމެއް ކަމުގައި ވާތީ، އެކަމަށްޓަކައި ކޮންމެހެން އިސްތިޚާރާ ނަމާދުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ވަކި ޚާއްސަ ޙާލަތެއްގެ ސަބަބުން ދަރިއެއް ހޯދުމަށް މަސައްކަތް ކުރަންވީތޯ ނުވަތަ ނޫންތޯ ހިތައް އަރައި ގޮތް ނިންމަން އުނގަދޫވާނަމަ، އިސްތިޚާރާ ނަމާދު […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ދޯންޏެއްގެ ބުރަފަތީގައި ޖެހި ސިންގަޕޫރު ކުއްޖަކު މަރުވެއްޖެ

ދޯންޏެއްގެ ބުރަފަތީގައި ޖެހި ސިންގަޕޫރު ކުއްޖަކު މަރުވެއްޖެ

މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި، ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ކުޑަކުއްޖަކު މަރުވެއްޖެއެވެ. މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ، ދިގުރަށުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ސްނޯކްލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތުގައި ޖެހި ޒަޚަމްވެގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަން މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެއީ ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އެއީ ވޭލް ޝާކްގެ ރިސ...

އަލީ އާދިލް