މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޒާހިރު ޙުސައިނަށް އަރުވައިފި

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޒާހިރު ޙުސައިނަށް އަރުވައިފި

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މިރޭ އަރުވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޑރ. މުޙައްމަދު ޒާހިރު ޙުސައިން މި ޝަރަފް އެރުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރު ގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ. 20 އޯގަސްޓް 2019 އިން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޗާންސެލަރ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު، […]

ޔުމްނާ ޢަލީ
"ރަސްމާލެ" ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

"ރަސްމާލެ" ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގުމަށް މި ސަރުކާރުން ހިއްކަންފެށި، “ރަސްމާލެ” ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. ރަސްމާލެ ހިއްކަން އަލުން ފެށިކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު، “ރަސްމާލެ” ބިންހިއްކުމުގެ މި މަޝްރޫއު ރައީސް ޑރ. މުހައްމަދު އިފްތިތާހްކޮށްދެއްވާފައި ވަނީ 18 ޑިސެމްބަރު 2023 ގައެވެ. ފުށިދިއްގަރުފަޅުގައި މި ސަހަރު ބިނާކުރ...

ޔުމްނާ ޢަލީ
އިޒްޔާން ފެނިއްޖެ، ހާލު ރަނގަޅު

އިޒްޔާން ފެނިއްޖެ، ހާލު ރަނގަޅު

ފުވައްމުލަކު ސިޓީން ގެއްލިގެން ހޯދަމުން ދިޔަ ހަތަރު އަހަރުގެ އިޒްޔާން ހުޝާމް ފެނިއްޖެއެވެ. އިޒްޔާން ފެނިފައިވާ ކަމަށާއި، ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ. އިޒްޔާން ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ހަވީރު 17:00 ހާއިރުއެވެ. ފުވައްމުލަކުން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ އިޒްޔާން ހޯދުމުގައި ފުލުހުންނާއި ކައުންސިލާއި މުވައްސަސާތަކާއި ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ޔުމްނާ ޢަލީ
ފުވައްމުލަކުން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކުން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކު ސިޓީން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ހަތަރު އަހަރުގެ އިޒްޔާން ހުޝާމް އެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އިޒްޔާން ހޯދުމުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ރައްޔިތުން ދިގުވާނޑު ފްލެޓް ސަރަހައްދަށް ގޮސް ދިނުމަށް އެދިފައެވެ. އެކުއްޖާގެ ފެނުނު މީހަކު ނަމަ 9100872 ނުވަތަ 9884426 އަށް ގުޅައިދިނުމަށް އާއިލާއިން އެދެއެވެ.

ޔުމްނާ ޢަލީ
4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރަނީ

4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރަނީ

“ގެދޮރުވެރިޔާ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމުކުރާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވީ، އެ ފްލެޓްތަކަށް ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އެ މ...

ޔުމްނާ ޢަލީ
މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް

މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް

ބޮޑުތިލަދުންމަތި ހިމެނޭހެން މެރިކަލްޗަރ ސިނާއަތް ތައްރައްގީ ކުރުމަށް ރާއްޖޭގެ ހަތަރު ސަރަހައްދެއް ކަނޑައަޅާފައިވާއިރު، މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްގީ ކުރުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ހަތަރު ސަރަހަދުގެ ތެރޭގައި ހިމެނެނީ ބޮޑުތިލަދުންމަތި، ރ.އަތޮޅު، މ.އަތޮޅުގެ އިތުރުން ތ.އަތޮޅެވެ. ވަޒީރުންގެ މަޖި...

އިބްރާހިމް ޚަލީލް
އުތީމާއި އިހަވަންދޫ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް

އުތީމާއި އިހަވަންދޫ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ފައިނަލުން އުތީމާއި އިހަވަންދޫއިން ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވާދަކުރީ ބާރަށާއި އުތީމެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އުތީމުން ވަނީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގައި އުތީމަށް ލަނޑުތައް ޖަހައިދިނީ ކެޕްޓަން މުޙައްމަދު މަޒީން، މުހައްމަދު ނަބީލްގެ އިތުރުން އަލީ އިލްހާމެވެ. މަޒީން ވަނީ […]

އިބްރާހިމް ޚަލީލް
ޓްރަމްޕްގެ ކާމިޔާބާއެކު ޓެސްލާގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރައިފި

ޓްރަމްޕްގެ ކާމިޔާބާއެކު ޓެސްލާގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރައިފި

އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން، އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާގެ ކުރިއެރުން އިތުރުވާނެ ކަމުގެ އުއްމީދުގައި މި ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. ހުކުރު ދުވަހުގެ މާކެޓް ޓްރޭޑިންގގައި ޓެސްލާގެ ހިއްސާގެ އަގު 8.2 އިންސައްތަ އިތުރުވެ 321.22 ޑޮލަރަށް އަރާފައިވެއެވެ. އަދި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ކުންފުނީގެ އަގު 230 ބިލިއަން ޑޮލަރު އިތުރުވެފައިވެއެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި […]

އަޙްމަދު ދާއޫދު
ޖެހިޖެހިގެން ހަތަރު މެޗުން ފުރަތަމަ ފަހަރަށް ގާޑިއޯލާ ބަލިވެއްޖެ

ޖެހިޖެހިގެން ހަތަރު މެޗުން ފުރަތަމަ ފަހަރަށް ގާޑިއޯލާ ބަލިވެއްޖެ

ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެންމެ ފަހުން މެންޗެސްޓާ ސިޓީ ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމް ބަލިވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ސިޓީ ބަލިވެފައިވަނީ ބްރައިޓަންގެ އަތުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސިޓީންނެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ބްރައިޓަން އިން ވަނީ ކައިރި ކައިރީ ދެ ލަނޑުޖަހައި 2-1 ގެ ނަތީޖާއިން ސިޓީ ބަލިކޮށްފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ސިޓީއަށް ލަނޑު ޖަހައިދިނީ ހާލަންޑްއެވެ. ބަރްއިޓަންގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް
ލ.އަތޮޅުގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް

ލ.އަތޮޅުގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް

ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން އިއްޔެ ހަވާލުކޮށްފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިކަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެވެ. އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އިބްރާހިމް ފައިސަލް އެވެ. އެމްއެންޔޫއިން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ހުޅިމެންދޫގައި ތަރައްގީ ކ...

ޔުމްނާ ޢަލީ
ވިނީގެ ހެޓްރިކުން ރެއާލް މޮޅުވި ނަމަވެސް ސީރިއަސް އަނިޔާތަކެއް

ވިނީގެ ހެޓްރިކުން ރެއާލް މޮޅުވި ނަމަވެސް ސީރިއަސް އަނިޔާތަކެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗުން ވިނީސިއަސް ހެދި ހެޓްރިކާއިއެކު ފަސޭހަކަމާއިއެކު ރެއާލް މޮޅުވި ނަމަވެސް އެ ޓީމްގެ މުހިންމު ތިން ކުޅިންތެރިއަކަށް އަނިޔާވެއްޖެއެވެ. އަމިއްލަ ދަނޑުގައި ރޭ ރެއާލް މޮޅުވީ 4-0 ގެ ނަތީޖާއިންނެވެ. ފަސޭހަކަމާއިއެކު ރެއާލުން މެޗު ކާމިޔާބުކުރި ނަމަވެސް އެ ޓީމްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ މިލިޓާއޯ އާއި ރޮޑްރިގޯގެ އިތުރުން ލޫކަސް ވަޒްކޭޒްއަށް ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލު ކުރަން ޖެހުނެވެ. ރޮޑްރިގޯއާއި ވަޒްކޭޒްގެ ފަލަމަސް...

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (12)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (12)

ކުރީގެ އަދަދާއި ގުޅޭ، ” އަހަރެން މާލެ ދާން ޖެހިއްޖެ. ” ނަދީމް ބުންޏެވެ. ކުއްލިއަކަށް ނަދީމްގެ އަޑު އިވުމާއެކު އަރޫޝާއަށް ތެދުވެވުނެވެ. އެ ވަގުތު ދެ މީހުންގެ ހަތަރުކަޅި ބައްދަލްވެ ތޫނު ނަޒަރަކުން ބަލަން ފެށުނެވެ. މާ ގިނައިރު ނަދީމްގެ މޫނަށް ބަލާކަށް އަރޫޝާއަކަށް ނުކެރުނެވެ. ކުރިމަތީގައި އެ ހުރީ ފިރިމީހާ ކަމުގައި ވިޔަސް އެކަން ގަބޫލު ކުރާކަށް އަރޫޝާގެ ހިތެއް ނޭދެއެވެ. އެއްވެސް ސުވާލެއް ނުކޮށް އަރޫޝާ ނަދީމްއަށް ފުރަގަސް ދިނުމުން ނަދީމްއަށް ލިބުނީ […]

ސަލާމާ ޢަބްދުލް ޢަލީމް
އައިފޯނަށް އަންނަ އައު އަޕްޑޭޓްގައި ފާހަގަކޮށްލެވޭ ގިނަ ބަދަލުތަކެއް

އައިފޯނަށް އަންނަ އައު އަޕްޑޭޓްގައި ފާހަގަކޮށްލެވޭ ގިނަ ބަދަލުތަކެއް

އެޕަލް ގެ އޯޕަރޭޓިންގ ސިސްޓަމް އައި.އޯ.އެސް 18.2ގެ ބީޓާ ވަރޝަން ވަނީ ނެރެފައެވެ. މިވަރޝަނުގައި ގިނަ އައު ފީޗާތަކެއް އެކުލެވޭއިރު، އޭގެ ތެރޭގައި އައު އިމޭޖް ޖެނެރޭޝަން އެޕްއާއި، އަޕްގްރޭޑް ކުރެވިފައިވާ ރައިޓިން ޓޫލްސް ހިމެނެއެވެ. އައިފޯން 16ގެ ސިލްސިލާގައި އެންމެ އިސްކަމެއް ދީފައިވާ މައިގަނޑު ފީޗާއަކީ “އެޕަލް އިންޓެލިޖެންސް” އެވެ. އެޕަލް އިންޓެލިޖެންސް މެދުވެރިކޮށް އެތައް އޭ.އައި ފީޗާތަކެއް ތަޢާރަފްކުރުމަށް ވަނީ ރޭވިފައެވެ. މިގޮތުން ޓެކްސްޓް ޕްރޮމްޕްޓް މެދުވެރިކޮށް އިމޭޖް އުފެއްދޭނެ އައު “އިމޭޖް...

އަޙްމަދު ދާއޫދު
ބޮލީވިއާގައި ނައިބުރައީސްގެ ހަށިކޮޅަށް ޓޮމާޓޯ އުކައިފި

ބޮލީވިއާގައި ނައިބުރައީސްގެ ހަށިކޮޅަށް ޓޮމާޓޯ އުކައިފި

ބޮލީވިއާގެ ކުރީގެ ރައީސް އެވޯ މޮރާލެސްގެ ތާއީދުކުރާ ފަރާތްތަކުން ޤައުމީ މަޖިލީހުގައި ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޗޯކުއެހުއާންކާ ދެއްކެވި ވާހަކަފުޅަށް ހުރަސްއެޅުމުގެ ގޮތުން އެމަނިކުފާނަށް ޓަމާޓޯ އުކައިފިއެވެ. މޫވްމަންޓް ފޯ ސޯޝަލިޒަމް (އެމްއޭއެސް) އިން މޮރާލެސްއަށް ތާއީދުކުރާ ގްރޫޕެއްގެ މެންބަރުން ވައިސް ޕްރެޒިޑެންޓް ޗޯކުއެހުއާންކާ ޕޯޑިއަމަށް އަރާވަޑައިގަތުމާއެކު އެމަނިކުފާނަށް ޓަމާޓޯ އުކައިފިއެވެ. މި ހާދިސާގެ ސަބަބުން ޗޯކުއެހުއާންކާއަށް ވާހަކަފުޅު ދެއްކެވުމަކާ ނުލައި މަޖިލިސް ދޫކުރައްވަން ޖެހިވަޑަ...

އަޙްމަދު ދާއޫދު
ހަމާސްގެ ސިޔާސީ ލީޑަރުންނަށް މަރުހަބާ ނުކިޔާނެކަމަށް ޤަތަރުން އަންގައިފި: އިސްރާއީލު މީޑިއާ

ހަމާސްގެ ސިޔާސީ ލީޑަރުންނަށް މަރުހަބާ ނުކިޔާނެކަމަށް ޤަތަރުން އަންގައިފި: އިސްރާއީލު މީޑިއާ

ޤަތަރުން ހަމާސްގެ ސިޔާސީ ލީޑަރުންނަށް އެ ޤައުމުގައި “މަރުހަބާ ނުކިޔާނެ” ކަމަށް އަންގައިފިކަމަށް އިސްރާއީލުގެ މީޑިއާއިން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ. އިސްރާއީލުގެ ރަސްމީ ބަސް، ހީބްރޫ ބަހުން ނެރޭ “ކަން” ނިއުސް އައުޓްލެޓުން ބުނެފައިވަނީ މި ނިންމުން ހަމާސްއަށް “ފާއިތުވި ދުވަސްތަކުގައި” އަންގާފައިވާ ކަމަށެވެ. އެމެރިކާގެ ރިޕަބްލިކަން ސެނެޓަރުންގެ ބަޔަކު މިދިޔަ ހަފްތާގައި ބައިޑެން އިދާރާއަށް ސިޓީއެއް ފޮނުވައި، ޤަތަރާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ގޮވާލާފައިވެއެވެ. ސެނެޓް އާމްޑް ސަރވިސަސް އަދ...

އަޙްމަދު ދާއޫދު