ރާއްޖެ ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ސިޓީއަށް ވަޑައިގަންނަވައިފިއެވެ. ނައިބު ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. މީގެ އިތުރުން އެ ސިޓީގެ އެކި މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި އަދި އާންމުން ވެސް ވަނީ ނައިބު ރައީސަށް މަރުޙަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފައެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބުގެ މި ދަތުރުފުޅުގައި “ހަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (10) ކުރީގެ އަދަދާއި ގުޅޭ، އެ ވަގުތު ދާއިންގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަދި އޭނާއަށް އަރޫޝާ ދެކެ ލޯބި ވެވުނީތޯ ހިތާހިތާ ސުވާލު ކުރެވުނެވެ. ” މިހާރު އެނގިއްޖެޔޭ މަ ކައިރީ ނުބުނަންކަން ތި އުޅެނީ.” އާބިދު ބުންޏެވެ. އޭނާ ގޮނޑީގައި ލެނގިލުމަށްފަހު ދާއިންއަށް ބަލައިލިއެވެ. ” މި ފަހަކަށް އައިސް އަރޫއާ އަހަންނާ ވަރަށް ގިނައިން ވާހަކަ ދައްކަން.” ދާއިން ހެވިފައި ބުންޏެވެ. އާބިދުއަށް ދެ ބުމަ ހިއްލައިލެވުނީ ލާނެތް ހިނިތުންވުމަކާ އެކުއެވެ. ” […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓިކްޓޮކްގެ މައްޗަށް ފަރަންސޭސި 7 އާއިލާއަކުން ދައުވާ ހުށަހަޅައިފި ޓިކްޓޮކް އެޕްލިކޭޝަންގައި ދައްކާ ނޭދެވޭ ކޮންޓެންޓްގެ ސަބަބުން އެމީހުންގެ ދަރިންނަށް ގެއްލުން ލިބި، އޭގެ ތެރެއިން ދެކުދިން 15 އަހަރުގައި އަމިއްލައަށް މަރުވެފައިވާކަމަށް ބުނެ ފަރަންސޭސި 7 އާއިލާއަކުން ޓިކްޓޮކްގެ މައްޗަށް ދައުވާ ހުށަހަޅައިފިއެވެ. މި މައްސަލައިގައި ބުނެފައިވާ ގޮތުގައި ޓިކްޓޮކްގެ އެލްގޮރިދަމްގެ ސަބަބުން އެ 7 ޓީނޭޖަރުންނަށް އަމިއްލައަށް މަރުވުމާއި، އަމިއްލައަށް ގެއްލުން ދިނުމާއި، ކެއުމުގެ އާދަތަކާ ގުޅޭ މައްސަލަތަކަށް ހިތްވަރުދޭ ވީޑިއޯތައް ދައްކާފައިވެއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ މޮރިޝަސްގައި ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ބަދަލުކޮށްފި މޮރިޝަސްގެ ސަރުކާރުން ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ބަދަލުކޮށްފިއެވެ. މި ނިންމުމަކީ އެގައުމުގެ އާންމު އިންތިޚާބާ ހަމައަށް ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުން ނިންމާފައިވަނީ ފޯނު ކޯލްތަކެއް ލީކްވުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ދެމިއޮތީ 24 ގަޑިއިރުއެވެ. މި މުއްދަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި އެކްސް (ކުރީގެ ޓްވިޓަރ) ބޭނުން ނުކުރެވުނެވެ. މި މަނާކުރުން ދެމިއޮންނާނެކަމަށ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސްޕެއިންގައި ފެންބޮޑުވުމުގެ ހާދިސާ: 217 މަރު، އިތުރު ނުރައްކާ ކުރިމަތިވަނީ ސްޕެއިންގެ ކެޓަލޯނިއާ ސަރަޙައްދަށް ކުރިމަތިވި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ 217 މީހުން މަރުވެފައިވާއިރު، އަދިވެސް އިތުރު ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން މި ހާދިސާގައި މަރުވި މީހުން އިތުުރުވުމުގެ ފުރުޞަތު އޮތްއިރު، އިތުރު ސަރަޙައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ ޤައުމުގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ. މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސްޕެއިންގެ އިރުމ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
މަޖިލިސް ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ މިއަދާއި ހަމައަށް ބޭނުން ކުރަމުން އައީ ޕާޓީގެ އިސް މީހާ ބޭނުންވާހާ ގޮތަކަށް ކަމަށާއި، ސަރުކާރުގެ ފަރާތުން އޭނާ ހުށަހަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން އެކަން ހައްލުވާނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މި ބިލު މިއަދު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅުއްވަމުން ލަތީފް ވިދާޅުވީ، މި ބިލު ހުށަހެޅުއްވީ ފޮނި އުންމީދެއްގައި އިސްލާޙީ ބަދަލުތަކެއް ގެންނައުމުގެ ބޭނުމުގައި ކަމަށެވެ.... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދެކުނު ޤުރުއާން މުބާރާތުގެ އެއްވަނައަށް ހޮވޭ ދަރިވަރަށާއި، ބެލެނިވެރިޔާ އަށް އުމްރާ ދަތުރެއް ދެނީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްރަކަށް ބާއްވަމުން އަންނަ ތިލަދެކުނު ޤުރުއާން މުބާރާތުގެ އަންނަ އަހަރުގެ މުބާރާތުގެ އެއްވަނަ ހޯދާ ދަރިވަރަށާއި އެ ދަރިވަރެއްގެ ބެލެނިވެރިޔާއަށް، އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާކަން އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުހައްދު ވަހީދު ހާމަކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ވަހީދު ބުނީ އަންނަ އަހަރު އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ ހޯދާ ދަރިވަރަށާއި އެދަރިވެއްގ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''ސީއެޗްއެސްއީ-މާލެ'' ރަސްމީކޮށް ހުޅުވައިފި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) – މާލެ، މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މާލޭގައި ހިންގަމުން އައި ސީއެޗްއެސްއީ އިމާރާތް ބާވުމުގެ ސަބަބުން އެ އިމާރާތުގައި ކިޔެވުން މެދުކަނޑާލުމަށްފަހު ސަރުކާރުން ވަނީ އެ އިމާރާތުގެ އާބާތުރަ ފިލުވާފައެވެ. އެ މަސައްކަތަށްފަހު މިރޭ ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ވަނީ ރައީސަށް އަރުވާފައެވެ. ސީއެޗްއެސްއީ މާލޭގައި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ޚަބަރު ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ކައިފައި: ފަލާހް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވަނީ ޕީޕީއެމް އާއި ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ނަގައިގެން ކައިފައިކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ތުހުމަތު ކުރަށްވައިފިއެވެ. ފަލާހް މި ތުހުމަތު ކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙް ވިދާޅުވީ، ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ޚަބަރު ދިވެހި ސިފައިންގެ ކަނޑުގެ ފައުޖަށް ޚާއްޞަ ޔުނިޓެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތީ ފައުޖެއްގެ ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޚާއްޞަ ޔުނިޓެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ އެލީޓް ޔުނިޓް، ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) އިފުތިތާހު ކޮށްދެއްވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ. އެސްބީއެސް އަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ތެރޭގައި ޚާއްޞަ ތ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރިޕޯޓް ދިވެހީން "ސަގާފަތޭ" މިކިޔަނީ ކޮން އެއްޗަކަށް ހެއްޔެވެ؟ “ސަގާފީ” ނުވަތަ “ސަގާފަތް” މިއީ ޤައުމީގޮތުން ފާގަހަކުރެވޭ އެކިއެކި މުނާސަބަތުތަކުގައި ވަރަށް ގިނައިން އިވޭލަފުޒެކެވެ. އެހެން ނަމަވެސް މި ލަފުޒުގެ މާނަ އަޅުގަނޑުމެންގެ ތެރޭގައި ބޭނުން ކުރެވެނީ އެންމެ ރަނގަޅަށް ބާއެވެ. މި ލިޔުން ލިޔާން ގަސްތުކުރި މައިގަނޑު ސަބަބަކީ، “ސަގާފަތުގެ” މާނަ ރަނގަޅު ނޫން ގޮތުގައި ބޭނުން ކުރުމުގެ ސަގާފަތެއް އަޅުގަނޑުމެންގެ ޤައުމުގައި އުފެދި، އޭގެ ސަބަބުން ފޫބައްދަން ނުހަނު އުނދަގޫ ވާފަދަ ބޮޑެތި ގެއްލުންތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢަށްކޮށް އަދި މިހާރުވެސް ކުރަމުން ދާތީއެ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ބަވަނަވެފައި މިއޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ ލޯތައް ހުޅުވެން ޖެހޭކަން ފާހަގަކުރަށްވައި މިހާރު ޤައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކޮންމެހެން އަބަދުވެސް، ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ މައިކްރޯސޮފްޓުން "ވިންޑޯސް އިންޓެލިޖެންސް" ތައާރަފުކުރަނީ މައިކްރޯސޮފްޓުން އައު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބްރޭންޑެއް ކަމަށްވާ “ވިންޑޯސް އިންޓެލިޖެންސް” ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ. ވިންޑޯސް 11 ގެ ކޯޑަށް ގެނެވުނު އެންމެ ފަހުގެ އަޕްޑޭޓްތަކުން މިކަން ދައްކުވައިދޭ ކަމަށް ބެލެވެއެވެ. މި ބަދަލާއެކު މައިކްރޯސޮފްޓުގެ ހުރިހާ އޭއައި ފީޗަރތަކެއް އެއް ބްރޭންޑެއްގެ ދަށަށް ގެނެވި، ވިންޑޯސްގެ ތަޖުރިބާގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. މިހާރު މައިކްރޯސޮފްޓުގެ މައިގަނޑު އޭއައި ފީޗަރަކީ ކޮޕައިލެޓެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ބީބީސީގެ ކަވަރޭޖް އިޒްރޭލަށް ބުރަވާކަމަށް މުވައްޒަފުން ތުހުމަތުކޮށްފި ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) އިން ޣައްޒާގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި އިޒްރޭލަށް ބުރަވާކަމަށް ބުނެ، އެ މުއައްސަސާގެ 100 އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ސިޓީއެއް ބީބީސީގެ ޑިރެކްޓަރ ޖެނެރަލް ޓިމް ޑޭވީއަށް ފޮނުވާފައިވާ ކަމަށް އިނގިރޭސި ނޫސް “ދި އިންޑިޕެންޑެންޓް” އިން ހާމަކޮށްފިއެވެ. ބީބީސީގެ މުވައްޒަފުންގެ އިތުރުން އެހެނިހެން މީޑިއާ ދާއިރާގެ ފަރާތްތަކުންވެސް މި ސިޓީގައި ސޮއިކޮށްފައިވާ ކަމަށް އިންޑިޕެންޑެންޓުން ބުނެއެވެ. މީގެ ތެރޭގައި ކުރީގެ ސީނިއަރ މިނިސްޓަރ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅުގައި ހިންގި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި ސިވިލް ސަރވިސް ކޮމިޝަނާއި ހއ. އަތޮޅު ކައުންސިލު ގުޅިގެން އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންނާއި ދިއްދޫ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު، ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް މުޙައްމަދު ޢަތީޤެވެ. އޮކްޓޫބަރު 30 ވަނަ ދުވަހުން ނޮވެންބަރު 02 ވ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން