ތިލަދުންމަތީ ޚަބަރު ތިލަދެކުނު ޤުރުއާން މުބާރާތުގެ އެއްވަނަ ޖަލާލުއްދީން ސްކޫލްގެ މަލްސޫން އަށް ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “ތިލަދެކުނު ޤުރުއާން މުބާރާތް 2024” ފަހުރުވެރި އެއްވަނަ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އިބްރާހީމް މަލްސޫން މުހައްމަދު ހޯދައިފިއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސީ މިރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގެ ހޯލުގައި ބާއްވާފައިވާއިރު، ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރެވެ. މުޅި މުބާރާތުން އެއްވަނަ އަށް ޖަލާލުއްދީން... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ބްލޮކް ގްރާންޓްގެ ގޮތުގައި 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ" ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްވާއިރުގައި ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ފައްޔާޟަށް ބަޖެޓް ކަމަކު ނުދޭ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި މެދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. 31 އޮކްޓޯބަރު 2024 ގައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް، 2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ. ބަޖެޓާއިމެދު ކަންބޮޑުވުން ފާޅުކުރަށްވައި ފައްޔާޟު އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައި ވިދާޅުވީ، ބަޖެޓު 2025 އަކީ ދިވެހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބުޅާތަކަށް ހާއްސަ "އޮޅު ހިޔާ" ރައީސް ހުޅުއްވައިދެއްވައިފި މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި “އޮޅު ހިޔާ” މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ. މިއަދު ހުޅުވި ބުޅާ ފެސިލިޓީ ހަދާފައިވަނީ ހުޅުމާލެ ދެވަނަ ފޭސްގައި މާލެ ސިޓީ ކައުންސިލަށް އެޗްޑީސީން ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިމެއްގައެވެ. މި ފެސިލިޓީ ތަރައްގީ ކޮށްފައިވަނީ ބުޅަލަށް އެކަށޭނަ ގިނަ ހިދުމަތްތަކަކާއި އެކުއެވެ. މިގޮތުން އެތަނުގައި ބުޅާ ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއަކާއި، ބުޅަލަށް ދޭންޖެހޭ ބޭސް... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެކަމެއް ރައީސް ނުކުރަށްވާނެ: ވަޒީރު ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެކަމެއް ރައީސް ނުކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެކްސްގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމާއި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަމަށެވެ. ވަޒީރު ވިދާޅުވިގޮތުގައި، 160 އަށްވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައި، ކައުންސިލްތަކުގެ އަޑުއެއްސެވި ހަމައެކަނި ރައީސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި ވައިގެ މަގުން އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަަމްސް އިން މިއަދު ހާމަކުރި ގޮތުގައި، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގާތްގަނޑަކަށް 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި އެ އިދާރާއިން ވަނީ އަތުލައިގަނެފައެވެ. 31 އޮކްޓޯބަރު 2024 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި 5520 ގްރާމްގެ ކެނެބިސް އަދި 416 ގްރާމްގެ ކެތިނޯން ހިމެނެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 5.9 ކިލޯގްރާމެވެ. ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭންނެއް ނޫން: އާދަމް ޝަރީފް ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ބަސް އިއްވަން ކައުންސިލަރުންނަށް ފުރުސަތު އެބައޮތް ކަމަށާއި، މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭންނެއް ނޫންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމަށް ހުކުރު ދުވަހުގެ ރޭ ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކައުންސިލުތަކަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކޮށްފައި އޮތުމުން މޭރަރު އާތިފްގެ ކަންބޮޑުވުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ފައިސާ ބޮޑުތަނުން މަދުވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއަދި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ކައުއުންސިލް ތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެންޖެހޭ އަދަދު ކުޑަކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ %5 އަށް ބަލާނަމަ، 2025 ވަނަ އަހަރު ކ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރުކޮށްފި ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / މިލްކުރާގޭ، އަޙްމަދު ޝާހީން ޝަހީދު (18 އަހަރު) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ 22:42 ގައި ހުޅުމާލޭ ރީތިގަސް މަގުގައި ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސައިކަލެއް މަޑުކުރުމަށް ފުލުހަކު އެންގުމުން، މަޑުނުކޮށް ދާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ސައިކަލް ހުއްޓުވަން އުޅުނު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޫސާ ޢަލީ ޖަލީލަށް އަރުވަނީ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް، އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޕީ ފަރޭ، ދާއިރާގެ ހުރިހާ ގެއެއްގެ ނަންބޯޑު ހަރުކޮށްދެނީ ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާއަށް ނިސްބަތްވާ ހުރިހާ ގޭބިސީތަކުގެ ނަންބޯޑް ހަދައިދީ ހަރުކޮށްދިނުމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރ ފަރުހަތު މުހައްމަދު ނިންމައިފިއެވެ. ދާއިރާގެ ހުރިހާގެއެއެގައި ނަންބޯޑު ހަރުކުރަން އެމްޕީ ފަރުހަތުގެ ޓީމުން ނިންމާފައިވަނީ އެ ދާއިރާގެ ގެތަކަށް ކުރެވުނު ޒިޔާރަތުގައި ގިނަ ގެތަކެއްގައި ނަން ބޯޑު ނެތުމުން ކަމަށް އެ ޓީމުން މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައިވެއެވެ. އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ޓީމްގެ ލަފަޔާއިއެކު ދާއިރާގ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗެޓްޖީޕީޓީ އަށް އަމިއްލަ ވެބް ސާރޗް އިންޖީނެއް މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ޗެޓްޖީޕީޓީ އަށް އަމިއްލަ ވެބް ސާރޗް އިންޖީނެއް ތަޢާރަފުކޮށްފިއެވެ. މިއީ ގޫގުލްގެ ސާރޗް އިންޖީނާ ވާދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އޯޕެންއޭއައި އިން ތަޢާރަފުކުރި މި އައު ޚިދުމަތަކީ “ޗެޓްޖީޕީޓީ ސާރޗް” އެވެ. މި ޚިދުމަތުގެ ސަބަބުން ޗެޓްޖީޕީޓީ ބޭނުންކޮށްގެން އިންޓަނެޓުން މަޢުލޫމާތު ހޯދުމަށް އައު ގޮތެއް ލިބިގެންދާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ. އޯޕެންއޭއައި އިން ބުނާ ގޮތުގައި ޗެޓްޖީޕީޓީ އަށް މިހާރު އިންޓަނެޓުން މަޢުލޫމާތު ހޯދުމުގެ ޤާބިލުކަން ވ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ އެވޯޑު ދިނުމުގައި ބައިވެރިވުމެއް ނެތް، ދޮގު އިލްޒާމަކީ ރޭވުމެއް: މުސްތަފާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިން ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ކަންކަމުގައި ކައުންސިލް ރައީސްގެ ބައިވެރިވުމެއްނެތް ކަމަށާއި، އޭނާ އާއި ގުޅުވައި ކައުންސިލް މެމްބަރަކު މީސްމީޑިއާގައި ކޮށްފައިވާ ދޮގު އިލްޒާމަކީ ރޭވުމެއް ކަމަށް އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައި މުސްތަފާ ވިދާޅުވީ، 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި އޭނާ އާއިމެދު ކައުންސިލް މެމްބަރު ނިޝާން ޢަލީ މީސްމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސައޫދީ އިން ޔޫކްރެއިނަށް 10.4 މިލިއަން ޑޮލަރުގެ އެހީ ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ އެހީގެ އޭޖެންސީ ކޭއެސްރިލީފުން، ޔޫކްރެއިނުގައި ހާލުގައިޖެހި ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި 10.4 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެހީ ދިނުމަށް އދ. ގެ ރެފިއުޖީންނާބެހޭ ހައި ކޮމިޝަނަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެހީގެ ދަށުން 11,000 ޝެލްޓަރ ކިޓާއި، 2,400 އަވަސް ހީޓިންގ ކިޓު އަދި ފިނިމޫސުމުގައި ގޭގެ އިންސިއުލޭޓް ކުރުމަށް ބޭނުންވާ އަސާސީ ބިލްޑިންގ މެޓީރިއަލްސް ފޯރުކޮށްދެވޭނެއެވެ. މި އެހީގެ ސަބަބުން ގާތްގަނޑަކަށް 49,000 މީ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 14 މަރު ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ މަސްތުންގ ސަރަހައްދުގައި ދިން ބޮމު ހަމަލާއެއްގައި މަދުވެގެން 9 މީހުން މަރުވެ، 23 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 5 ސްކޫލް ކުދިން ހިމެނެއެވެ. ހުކުރު ދުވަހު ދެވުނު މި ހަމަލާ އަމާޒުކޮށްފައިވަނީ އަންހެނުންގެ ސްކޫލެއްގެ ކައިރީގައި ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ބަލަހައްޓަމުން ދިޔަ ފުލުހުންނަށެވެ. ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހްމަތުﷲ ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވި ގޮތުގައި ހަމަލާގެ އަމާޒަކަަށްވީ ޕޯލިއޯ ވެކް... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން