މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުޅުދުއްފުށީގެ ގެއެއްގައި އަލިފާން ރޯވެ ގޭގެ ބޮޑު ބަޔެއް އަނދައިފި

ކުޅުދުއްފުށީގެ ގެއެއްގައި އަލިފާން ރޯވެ ގޭގެ ބޮޑު ބަޔެއް އަނދައިފި

ކުޅުދުއްފުށި ސިޓީ، ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މި ހާދިސާގެ ރިޕޯޓް މިރޭ 21:13 ހާއިރު ލިބިފައިވާ ކަމަށެވެ. މި ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާން ރޯވީ މީހުން ދިރިއުޅޭ “ސަމޭދާން” ނަމަކަށް ކިޔާ […]

ޔުމްނާ ޢަލީ
އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފި

އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފި

ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ހީނާ ވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެނ...

ޔުމްނާ ޢަލީ
މުސްތަފާގެ ވަޒީފާ ޕީއެސްއެމްއިން އިޔާދަކޮށްފި

މުސްތަފާގެ ވަޒީފާ ޕީއެސްއެމްއިން އިޔާދަކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހްމަދު މުސްތަފާގެ ވަޒީފާ ދައުލަތުގެ މީޑިއާ، ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) އިން އިޔާދަކޮށްފިއެވެ. އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ ތިލަދުން އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގެ ލައިވް ކަވަރޭޖުގައި ދެއްކި ވޯޑިއޯއަކާއި ގުޅިގެން ޕީއެސްއެމްގެ ބޯޑުން ވަނީ މުސްތަފާއާއި މެދު ފިޔަވަޅު އަޅާފައެވެ. ޕީއެސްއެމުން މީޑިއާ ކައުންސިލާ ދެކޮޅަށް މަޖިލީހަށް މައްސ...

ޔުމްނާ ޢަލީ
ތިލަދެކުނު ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް

ތިލަދެކުނު ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލަދެކުނު ޤުރުއާން މުބާރާތް 2024” ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން އިއްޔެ ވަނީ ފަށާފައެވެ. މި އަހަރު މުބާރާތް ކުރިއަށް ދަނީ އޮކްޓޯބަރ 31 އިން ނޮވެމްބަރ 02 އަށް ހަނިމާދޫގައެވެ. މި އަހަރު މުބާރާތުގައި 15 ސްކޫލަކުން 203 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ބަލައިގެން ކިޔެވުމުގައި 117 ދަރިވަރުން ވާދަކުރާއިރު ނުބަލާ ކިޔެވުމުގެ ބައިގައި 86 ދަރިވަރަކު ވާދަކުރެއެވެ. މި އަހަރު މުބާރާތުގައި […]

އިބްރާހިމް ޚަލީލް
ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އައިލެންޑް ބެލްޖިއަމުން ހަދަނީ

ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އައިލެންޑް ބެލްޖިއަމުން ހަދަނީ

ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އައިލެންޑް ބެލްޖިއަމުން ހަދަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ. ބެލްޖިއަމުން އެ ގައުމުގެ އިއާދަކުރަނިވި ހަކަތައިގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ނޯތު ސީގައި ބޮޑު މަސްނޫއީ ޖަޒީރާއެއް ބިނާކުރަމުންދާކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. “ޕްރިންސެސް އެލިޒަބެތު” ގެ ނަމުން ނަންދެވިފައިވާ މި ޖަޒީރާ 2027 ވަނަ އަހަރު ނިމުމަކަށް އަންނާނެކަމަށް ލަފާކުރެވެއެވެ. މި ޖަޒީރާއިން 3.5 ގިގަވޮޓުގެ އޮފްޝޯ ވައިގެ ހަކަތަ ބެލްޖިއަމުގެ ކަރަންޓު ވިއުގައަށް އިންޓަގްރޭޓް ކުރެވޭނ...

އަޙްމަދު ދާއޫދު
"ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ."

"ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ."

ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުންކަމަށާއ، ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުތުބާގެ މަޢުލޫއަކީ “ހަނުހުރުމުގެ އަޚުލާޤު” އެވެ. މިހުތުބާގައި ބުނެފައިވަނީ، ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެކަމަށާއި ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންކަމުގަ އެވެ. “ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާ...

އަލީ އާދިލް
ރާއްޖެއަށް ޑިިޖިޓަލް ކަރަންސީ ތައާރަފްކުމުގެ މަސައްކަތް ފަށައިފި

ރާއްޖެއަށް ޑިިޖިޓަލް ކަރަންސީ ތައާރަފްކުމުގެ މަސައްކަތް ފަށައިފި

ރާއްޖެއަށް ޑިިޖިޓަލް ކަރަންސީ ތައާރަފްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރަށް ދަންނަވާފައިވާނެކަމަށާއި، އެމްއެމްއޭއިން އެމަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިއްޔެ ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ރާއްޖޭގެ އިޤްތިޞާދުގައި ޑިޖިޓަލް އިކޮނޮމ...

ޔުމްނާ ޢަލީ
އެފްރިކާގައި އެމްޕޮކްސް ކޮންޓްރޯލް ނުވާތީ އިތުރު ވަސީލަތްތަކަށް އެދެފި

އެފްރިކާގައި އެމްޕޮކްސް ކޮންޓްރޯލް ނުވާތީ އިތުރު ވަސީލަތްތަކަށް އެދެފި

އެފްރިކާގައި އެމްޕޮކްސް ކޮންޓްރޯލް ނުވާތީ އިތުރު ވަޞީލަތްތައް ފޯރުކޮށްދިނުމަށް އެދެފިއެވެ. އެފްރިކަން ޔޫނިއަންގެ ސިއްޙީ ފަރާތްތަކުން އިންޒާރުދީފައިވަނީ މްޕޮކްސްގެ ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާކަމަށާއި، ކޮވިޑް-19 އަށްވުރެ ބޮޑު ބަލިމަޑުކަމަކަށް މިކަން ނުވުމަށްޓަކައި ވަސީލަތްތަކަށް އެދިފައެވެ. ބުރާސްފަތި ދުވަހު ބޭއްވުނު ބްރީފިންގެއްގައި އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ވެރިޔާ ވިދާޅުވީ، މި ހާލަތު އަދިވެސް ކޮންޓްރޯލެއް ނުވާކަމަށާއި، އެފްރިކާ އަދިވެސ...

އަޙްމަދު ދާއޫދު
ޣައްޒާގައި ދެމުންދާ ހަމަލާތަކަކީ ނަސްލުނައްތާލުމެކޭ ބުނަން އުނދަގޫ: އިނގިރޭސި ބޮޑުވަޒީރު

ޣައްޒާގައި ދެމުންދާ ހަމަލާތަކަކީ ނަސްލުނައްތާލުމެކޭ ބުނަން އުނދަގޫ: އިނގިރޭސި ބޮޑުވަޒީރު

ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ނަސްލުނައްތާލުމެކޭ ބުނަން އުނދަގޫ ކަމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް ކިންގްޑަމްގެ ބޮޑުވަޒީރު ކީރ ސްޓާމަރ، މިހެން ވިދާޅުވީ، އިސްރާއީލުގެ ޕާލަމެންޓުން ޔޫ.އެން.އާރް.ޑަބްލިޔޫ.އޭ (އަންރުވާ) މަނާކޮށް، އދ ގެ އެހީތައް ހުއްޓުވުމާ ގުޅިގެންނެވެ. އެހެންނަމަވެސް އިނގިރޭސިވިލާގުގެ ގްރީން ޕާޓީގެ ޕާލަމެންޓް މެންބަރު ކާލާ ޑެނިއަރ ވަނީ ބޮޑުވަޒީރު ސްޓާމަރަށް ގޮވާލައި، ޣައްޒާގެ ހާލަތު “ނަސްލު ހަލާކުކުރުން” ގެ ގޮތުގައި ސިފަކުރުމަށް އެދިފައ...

އަޙްމަދު ދާއޫދު
''ހުށަހަޅާފައިވަނީ އެންމެ ފުޅާމިނުގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ ބޯހިޔާވަހިކަމުގެ ބަޖެޓެއް''

''ހުށަހަޅާފައިވަނީ އެންމެ ފުޅާމިނުގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ ބޯހިޔާވަހިކަމުގެ ބަޖެޓެއް''

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ އެންމެ ފުޅާމިނެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ، ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަން މަގުފަހި...

ޔުމްނާ ޢަލީ
ޕީއެސްއެމުން މީޑިއާ ކައުންސިލާ ދެކޮޅަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ޕީއެސްއެމުން މީޑިއާ ކައުންސިލާ ދެކޮޅަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ދައުލަތުގެ މީޑިއާ، ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) އިން، މޯލްޑިވްސް މީޑިއާ ކައުންސިލާ ދެކޮޅަށް މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ޕީއެސްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ހިންގާފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެ ކުންފުނީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގެ ލައިވ...

ޔުމްނާ ޢަލީ
ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ށ. ފުނަދޫގައި ގާއިމުކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 43 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެކި ސަރަހައްދުގައި ވަދު ކަނދުފަތި އެޅުމަށް ހުށަހެޅުންތައް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ. މި ސަރުކާރާއި ހަވާލުވިއި...

ޙުސައިން ޝަހުދީ
ވަޅިން ބިރުދައްކައި ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

ވަޅިން ބިރުދައްކައި ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

ބިދޭސީއަކު މާލޭގެ ގެއަކަށް ވައްދައި ވަޅިން ބިރުދައްކައި ފޭރުނު މައްސަލައެއްގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މާލޭގައި ހިންގި ފޭރުމުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހާގެ ވަނަވަރު ވެ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ފޯޗިއުން، ފާޠިމަތު ޢަލީ (37އ) އެވެ. ފާޠިމަތު ޢަލީ ހައްޔަރުކޮށްފައިވަނީ 2024 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 22:08 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތަކު މާލެ، ގަލޮޅު ގެއަކަށް އޮޅުވާލައިގެން ގެންގޮސް ވަޅިން ބިރ...

ޔުމްނާ ޢަލީ
ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ: ހައި ކޯޓް

ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ: ހައި ކޯޓް

ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހައި ކޯޓުން މިގޮތަށް ނިންމީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، މުހައްމަދު ރާގިބު އަހުމަދު ހައި ކޯޓުގައި ވަކާލާތު ކުރާތީ އެކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާޒުކުރުމުންނެވެ. ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ސިޔާސީ މަގާމުގައި ތިބެގެން ކޯޓުތަކާއި ޓްރ...

ހުސައިން ހަބީބް
ނުހައްގު މުއްސަނދިކަން ހުއްޓުވަން ގާނޫނު އިސްލާހު ކުރަން ރައީސް ނިންމަވައިފި

ނުހައްގު މުއްސަނދިކަން ހުއްޓުވަން ގާނޫނު އިސްލާހު ކުރަން ރައީސް ނިންމަވައިފި

ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މީގެ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ...

އިބްރާހިމް ޚަލީލް