ތިލަދުންމަތީ ޚަބަރު އައު މަގުބައްތިތަކުން މުޅި ހަނިމާދޫ ދިއްލާ އަލިކޮށްފި ހދ.ހަނިމާދޫ ކައުންސިލުން އެ ރަށު މަގުތަކުގައި ޒަމާނީ މަގުބައްތި ހަރުކޮށް ދިއްލާ އަލިކޮށްފިއެވެ. ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ މަގުބައްތި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ފޭސްގައި ވަނީ 180 ވޯޓްގެ 150 ލެޑް މަގުބައްތި ހަރުކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިނެޓް ޕްލަސް ކޮންޓްރަކްޝަން ކޮމްޕެނީއާއި ހަވާލުކޮށްގެން ފޭސް ދެއެއްގެ މަސައްކަތް މިހާރު ނިންމާފައިވާއިރު ދެވަނަ ފޭސްގައި ވަނީ 100 ވޯޓް، 268 ލެޑް މަގު... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ގާނާގެ ކުރީގެ ރައީސް ޖޯން މަހާމާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި ގާނާގެ ކުރީގެ ރައީސް ޖޯން ޑްރަމާނީ މަހާމާ އެ ގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ. މިކަން ހާމަވެގެން ދިޔައީ އެމަނިކުފާނުގެ އެންމެބޮޑު ވާދަވެރިޔާ، ނައިބު ރައީސް މަހަމޫދު ބަވުމިއާ އިންތިޚާބުގައި ބަލިވެވަޑައިގަތްކަން ޤަބޫލުކުރެއްވުމާ ގުޅިގެންނެވެ. އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަވުމިއާ ވިދާޅުވީ “ގާނާގެ ރައްޔިތުން ވާހަކަ ދައްކައިފި. ރައްޔިތުން މިވަގުތު ބަދަލަށް ވޯޓު ދީފި. އަޅުގަނޑުމެން އެކަން ޤަބޫލުކުރަނީ ވަރަށް އަދަބުވެރިކަމާއެކު” ކަމަށެވެ. ހޮނިހިރު ދުވަހު ބޭ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ''ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި ކުރިއަށް ދާނަމަ ޙަޤީޤީ ތަރައްޤީ ލިބިގެންދާނެ'' ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާނަމަ ދެމެހެއްޓެނިވި ޙަޤީޤީ ތަރައްޤީ ލިބިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި އިއްޔެ މެންދުރުފަހު އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޤައުމު ތަރައްޤީ ކުރުމަށްޓަކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށު ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއަށާއި ސްޕާކްލް އަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސް ކްލަބް އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ސްޕާކްލް އިން ހޯދައިފިއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައިވަނީ ރޭގައެވެ. ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ސޫރިޔާ ސްޕޯޓްސް ކްލަބާއި އޭލިއަންސް ސްޕޯޓްސް ކަލްބެވެ. ވާދަވެރި ފައިނަލް މެޗެއް ފެނިގެންދިޔައިރު، ސޫރިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަސްސެޓް ކުޅެގެންނެވެ. މެޗުގެ ސެޓ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޔުކްރެއިން ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ގޮވާލައިފި ޔުކްރެއިން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލައިފިއެވެ. ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ބައްދަލުކުރުމަށްފަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ޕެރިހުގައި ބައްދަލުކުރުމަށްފަހު ޖެހިގެން އައި ދުވަހު ޓްރަމްޕްގެ “ޓްރޫތް ސޯޝަލް” ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން ދެފަރާތަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ މި ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން: ރައީސް މިސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި އިއްޔެ މެންދުރުފަހު އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މުޅި ރާއްޖޭގައިވެސް، ބޮޑުވެފައި ހުރި ހުރިހާ މައްސަލަތަކެއް ޙައްލުކުރުމަށްޓަކައި މި ސަރުކާރު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މި ސަރުކާރުން ދޭނީ ހަމަހަމަ ޚިދުމަތެއް، ސިޔާސީ ވިސްނުމެއް ނުގެންގުޅޭނެ: ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އއ.ތޮއްޑޫ އަށް ވަޑައިގެން ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ތޮއްޑޫއަކީ ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި އާބާދީއެއް އޮތް ރަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ފެމިލީ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުން ނިކުމެގެންދިޔަ މައްސަލާގައި ތިން ދުވަހަށް ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި އެވެ. މިދިޔަ މަހުގެ ފަހުކޮޅު އަންހެނަކު އެ ތިން ދުވަހަށް މީހާ ޖަލަށްލާން ފެމިލީ ކޯޓުން ހުކުމްކުރީ ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަަވަޅު އެޅޭނެކަން ވެސް އަންގާފައި ވަނިކޮށް ހުއްދަ ނެތި ނިކުމެގެން ދިއުމުންނެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ފެމިލީ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ބަނގުރަލުގެ މައްސަލައެއްގައި ލަންކާ ދެމީހުން ހައްޔަރުކޮށް ޑީޕޯޓްކޮށްލަނީ ބަނގުރަލުގެ މައްސަލައެއްގައި ލަންކާ ދެމީހުން ހައްޔަރުކޮށް، ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަން އާއި ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ދެ މީހުންކަމަށްވާ، ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ބާސާއަށް މޮޅުނުވެވުމުގެ ފައިދާ ރެއާލުން ނަގައިފި ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު އެއްވަރުވެ އެ ޓީމަށް ދެ ޕޮއިންޓް ގެއްލުމުގެ ފައިދާނަގައި ރެއާލް މެޑްރިޑުން ނަގައިފިއެވެ. ރޭ ރަށުން ބޭރުގައި ބާސާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ބާސާއިންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ކޫންޑޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ. މިއީ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ކުރިއަށް އޮތީ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެއަހަރު: ރައީސް ކުރިއަށް އޮތް 2025 އައި 2026 ވަނަ އަހަރަކީ، މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެއަހަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އއ.ތޮއްޑޫ އަށް ވަޑައިގެން ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީގެ ޖަލްސާ ކަވަރުކުރަން ޚަރަދުކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ސިޓީ ކައުންސިލް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިފަހުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ކަވަރުކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޚަރަދުކުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަނީ ޙަޤީޤަތެއްނެތް ދޮގެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެ ޓީވީގެ ކުރޫގެ ދަތުރާއި، ކެއުމާއި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދީފިނަމަ ކުޅުދުއްފުށީގެ މައުލޫމާތު ގެނެސްދިނުމަށް ރާއްޖެ ޓީވީގެ އެއަރޓައިމް އަށް އަދި ކޮންޓެންޓް ހެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް އއ.އަތޮޅާއި ކ.އަތޮޅުގެ ބައެއް ރަށްތަކަށް، ފުރަތަމަ ވަޑައިގަތީ ތޮއްޑޫ އަށް އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (23) ކުރީގެ އަދަދާއިގުޅޭ، ” މިހާރު އެއްވެސް ކަމަކާމެދު ނުވިސްނާށޭ ޑޮކްޓަރު ވެސް އެ ބުނަނީ. އަދި އެއްވާހަކަ ބުނަންތަ؟ އަހަރެން ގާތު މިއަދު ދެއްކި ވާހަކަތަކާމެދު އިތުރަށް ނުވިސްނައްޗޭ! ނަދީމްއާ އެ ވާހަކަ އަހަރެން ދައްކާނަން…” ރިޒާ ބުންޏެވެ. ވަގުތަކީ ނަދީމްއާއި ދާއިން އެތަނަށް އައިސް ވަތް ވަގުތެވެ. މަދީހާ ފެނުމާއެކު ދާއިންއަށް ވުރެ ކުރިން ނަދީމް، މަދީހާ ގާތަށް ދިޔައެވެ. އަތުގައި އޮތް ކޮތަޅު އެނދު ކައިރީގައި ހުރި ކަބަޑުމަތީ ބަހައްޓަމުން ދާއިން ވެސް މަދީހާގެ މޫނަށް […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިންބައިކުޅަ އެއްބައި ދިރޭތަކެތި ނެތިދާނެކަމުގެ ބިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން 2100 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ތިންބައިކުޅަ އެއްބައި ދިރޭތަކެތި ނެތިދާނެކަމުގެ ބިރު އޮތް ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. ޑިސެމްބަރު 5 ވަނަ ދުވަހު ސައިންސް މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގެ ހޯދުންތަކުން ދައްކާގޮތުގައި، މިހާރު ޖައްވަށް ދޫކުރެވޭ ގޭސްތަކުގެ މިންވަރު މަދުނުކޮށްފިނަމަ، މި ޤަރުނު ނިމުމުގެ ކުރިން ދުނިޔޭގެ ތިންބައިކުޅަ އެއްބައި ދިރޭތަކެތި ނެތިދާނެކަމުގެ ބިރު އެބައޮތެވެ. 30 އަހަރުގެ މުއްދަތެއްގައި ކުރެވުނު 450 އަށްވުރެ ގިނަ ދިރ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން