ރާއްޖެ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުން: ބައެއް ގޭތަކުން މީހުން ހުސްކޮށްފި ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ރޯވި އަލިފާން ފެތުރެމުން އަންނައިރު، އެ ސަރަހައްދުގެ ބައެއް ގޭތަކުން މީހުން ހުސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. އެހެންވެ އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު މީހުން ހުސްކޮށްފައިވާކަމަށެވެ. މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު، ފުރަތަމަ އަލިފާން ހިފީ ހައުސިން މިނިސްޓްރީގެ ފަންގިފިލާއެއްގެ ސީލިންގ ގައިކަމަށް ބެލެވޭކަމަށް އެ ސަރަހައްދު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާން މުޅި ކޮށީގައި ހުރި އިމާރާތްތަކުގައި ހިފަމުން އަންނައިރު ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފިއެވެ. މިގޮތުން މި ސަރަހައްދުގައި ހުރި ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަމުން މިހާރު އަންނަނީ ގެއަށް ފޮނުވަމުންނެވެ. މި ހާދިސާގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލެއް ނުވެއެވެ. އެހެންވެ މުޅި އެ ސަރަހައްދު އަންނަނީ ބޯ ދުމުން ބެދެމުންނެވެ. މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އެއްކޮށްހ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނީ ހައުސިން މިނިސްޓްރީގައި ރޯވި އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނުން އެބަދެއެވެ. ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވީ ހެނދުނު 6:15 ހާއިރު ކަމަށް އެތަނުގެ މުވައްޒަފަކު ބުންޏެވެ. އެހެންވެ މި ހާދިސާ ހިނގިއިރު މުވައްޒަފުން އޮފީހަށް ނުދެއެވެ. އެ އިމާރާތުގައި ރޯވި އަލިފާން ފެތުރި މިހާރު އަންނަނީ އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނުންނެވެ. ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން އަންނައިރު، އެ މިނިސްޓްރީ އަށް ވެސް ވަނީ ގެއްލ... ޙުސައިން ޝަހުދީ · 1 އަހަރު ކުރިން
ރާއްޖެ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަނދަނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަދަނދަމުން އެބަދެއެވެ. އެތަނުގައި ރޯވުމުން މުޅި ސަރަހައްދަށް ވަނީ ބޯ ދުންގަނޑެއް ފެތުރިފައެވެ. އެތަނުގައި ރޯވި އަލިފާން ނިންވުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ރޯވެފައި ވަނީ އިމާރާތުގެ ފަންގިފިލާއެއްގެ ސީލިންގގައެވެ. މި ހާދިސާ ހިނގާފައި ވަނީ އޮފީސްތައް ހުޅުވުމުގެ ކުރިންނެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގ... ޙުސައިން ޝަހުދީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (25) ކުރީގެ އަދަދާއިގުޅޭ، ” ޒައި ޕްލީޒް… އަދިވެސް ތިއީތަ ބުނަން އެނގުނު އެއްޗަކީ. ޒައި އަހަރެން ރުޅި އެރުވީ ކީއްކުރަން؟ ” އާދޭހުގެ ރާގަކަށް ނަދީމް އެހިއެވެ. ” ނަސީބެއްނު ރުޅި އެރުވުނުކަން. ރުޅި އެރުވީމަ އެއްނު މި އެނގުނީ މިހާރު ނަދީމްގެ ހިތް ބަދަލުވެއްޖެކަން.” މަޑުމަޑުން ބުނެލި ނަމަވެސް ޒައިނާ ހިތްހަމަ ނުޖެހިފައި ހުރިކަން ނަދީމްއަށް އެނގުނެވެ. ” ހިތް ބަދަލެއް ނުވެ. ހިތްހަމަ ނުޖެހުނީ. ޒައި ކަންތައް ކުރި ގޮތް އެނގުނީމަ. އަނެއްކާ އަބަދާއަބަދު […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ގޫގުލްގެ ޖެމިނައި އޭއައި މޮޑެލްގެ ދެވަނަ ވަރޝަން ނެރެފި ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ޖެމިނައިގެ ދެވަނަ ވަރޝަން ބުދަ ދުވަހު ނެރެފިއެވެ. މީގެ އިތުރުން ޗެޓްބޮޓްތަކުގެ އިތުރަށް އޭއައި ބޭނުންކުރެވިދާނެ އައު ގޮތްތަކެއްވެސް ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އައިނުގެ ޒަރީއާއިން އޭއައި ބޭނުންކުރެވޭނެ ގޮތްވެސް ހިމެނެއެވެ. ގޫގުލްގެ ސީއީއޯ ސުންދަރ ޕިޗައި ވަނީ މިއީ “އައު އޭޖެންޓިކް އީރާ” އެއްގެ ފެށުން ކަމަށް ބުނެފައެވެ. މިއީ އިތުރު މިނިވަންކަމާއެކު މަސައްކަތްތައް ކުރެވޭނެ ވާރޗުއަލް އެސިސްޓެންޓްތަކަށް އިޝާރާތް... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އަފްޣާންގެ ރެފިއުޖީންގެ ވަޒީރު ކާބުލްގައި މަރާލައިފި އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރުގެ ރެފިއުޖީންގެ ވަޒީރު ޚަލީލް އުރް-ރަޙްމާން ޙައްޤާނީ، އެ ގައުމުގެ ވެރިރަށް ކާބޫލްގައި ހިނގި ބޮމު ހަމަލާއެއްގައި މަރުވެއްޖެކަމަށް ޠާލިބާން ސަރުކާރުން ބުދަ ދުވަހު ހާމަކޮށްފިއެވެ. ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ މި “ފިނޑި” ހަމަލާއަކީ އައިސިސް ޖަމާޢަތުން ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި ޙައްޤާނީގެ އިތުރުން އިތުރު ފަސް މީހަކު މަރުވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެސޯސިއޭޓެޑް ޕްރެސްއަށް އެތެރޭގެ މިނިސްޓްރީގެ އިސްވ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެންމެބޮޑު އިސްކަމެއް ދޭނީ ރެފިއުޖީން އަނބުރާ ގެނައުމަށް: ސީރިއާ އެންމެބޮޑު އިސްކަމެއް ދޭނީ ރެފިއުޖީން އަނބުރާ ގެނައުމަށް ކަމަށް ސީރިއާގެ ވަގުތީ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. ސީރިއާގެ އައު ވަގުތީ ބޮޑުވަޒީރު މުޙައްމަދު އަލް-ބަޝީރު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ “ބޭރުގައި ތިބި މިލިއަނުން ގުނާލެވޭ ސީރިއާގެ ރެފިއުޖީން އަނބުރާ ގެނައުން” ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ސީރިއާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންވަނީ “އިސްތިޤްލާލާއި ހަމަޖެހުން” ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސީރިއާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމު... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
މަޖިލިސް ބަދަލުދިން މައްސަލާގައި ޞާލިޙާއި ފައްޔާޒުގެ މައްސަލަބަލަން ފާސްކޮށްފި މިދިޔަ ވެރިކަމުގެ ދައުރުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން އެކި ފަރާތްތަކަށް ބަަދަލުދިން މައްސަލައިގައި އޭރުގެ ރައީސް ޞާލިޙާއި، އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އެ މައްސަލަ މިއަދުގެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ އަންނަ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ހާފިޒުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މާލޭ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ދިވެހި ހާފިޒުންގެ ފޯމު ފުރިހަމަ ކުރުމަށް ފަހު، ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއިއެކު އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ. މާލޭގެ މިސްކިތްތަކުގައި ތަރާވީހް ކުރަން ފޯމު ހުށަހަޅަން ޖެހެނީ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ވަސީމާ މުޙައްމަދު ނިޔާވެއްޖެއެވެ. މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެ ތައުޒިޔާ މެސެޖްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން، ނިޔާވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި، އެމަނިކުފާނުގެ އާއިލާއަށް އ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކޮލަމް ދުރޫސުލް އަޚްލާޤު: ތުނިތުނި ބޯ ފޮތެއް ދުރޫސުލް އަޚްލާޤު މި ފޮތަކީ އުސްތާޛުލް ޖީލް، އައްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލް ދީދީ 23 ޝައުބާން 1358 (07 އޮކްޓޫބަރު 1939) ގައި ލިޔުއްވާފައިވާ ވަރަށް ތުނިތުނި އެކަމަކު އަޅުގަނޑުގެ ނަޒަރުގައި “ވަރަށް ބޯ” ފޮތެކެވެ. އާންމުކޮށް ހުރިހާ ދިވެހީންނަށް ޚާއްޞަކޮށް އޭރުގެ މަދަރުސަތުލް ސަނިއްޔާގެ ދަރިވަރުންނަށް ކިޔަވައި ދެއްވުމަށް އެކުލަވާލައްވާފައިވާ 41 ޞަފުޙާގެ މި ފޮތުގައި ހިމަނުއްވާފައިވާ 40 ފިލާވަޅުން މި ފޮތުގެ ބޮޑުކަމާއި ބޯކަން އެނގެއެވެ. ކޮންމެ ފިލާވަޅެއް ދަސްކުރާން އުނދަގޫ ނުވާވަރަށް […] ޢަބްދުﷲ ސަޢީދު · 1 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު އިންޓަ ބަލިކޮށް ލެވަކޫސަން ދެވަނައަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނާއި ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗު ފަހުވަގުތު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލެވަކޫސަން ޖެހިލައިފިއެވެ. ރޭ އަމިއަލް ދަނޑުގައި ލެވަކޫސަން އިން ވަނީ 1-0 ގެ ނަތީޖާއިން އިންޓަ ބަލިކޮށްފައެވެ. ރޭ މެޗުން މޮޅުވެ ލެވަކޫސަން އިން ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައި ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތިންވަނާގައި އޮތް އެސްޓަން ވިލާއަށާއި ހަތަރުވަނާގައި އޮތް އިންޓަ މިލާންގެ އިތުރުން ފަސްވަނާގައި އޮތް ބްރެސްޓަށް […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ އަރުހަމް މަރާލި މައްސަލާގެ ޝަރީއަތް 12 އަހަރުފަހުން އަލުން ފަށައިފި މީގެ 12 އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަށައިފި އެވެ. މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ހއ. ހޯރުފުށީ ނޫރީގޭ އަރުހަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ މެޓާގެ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 600 މިލިއަނަށް އަރައިފި ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 600 މިލިއަން އަރާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ. މެޓާގެ ވެރިޔާ މާރކް ޒަކަބާގ ދެއްވި އަޕްޑޭޓެއްގައި ވިދާޅުވެފައިވަނީ މެޓާ އޭއައި މިހާރު “ގާތްގަނޑަކަށް” މަހަކު 600 މިލިއަން މީހުން ބޭނުންކުރާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފަހުކޮޅު ތަޢާރަފުކުރި މެޓާ އޭއައި އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އޮކްޓޯބަރު މަހު މެޓާ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 500 މިލިއަނަށް އަރާފައިވެއެވެ. […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން