ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުން ނިކުމެގެންދިޔަ މައްސަލާގައި ތިން ދުވަހަށް ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު އަންހެނަކު އެ ތިން ދުވަހަށް މީހާ ޖަލަށްލާން ފެމިލީ ކޯޓުން ހުކުމްކުރީ ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަަވަޅު އެޅޭނެކަން ވެސް އަންގާފައި ވަނިކޮށް ހުއްދަ ނެތި ނިކުމެގެން ދިއުމުންނެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު ފެމިލީ ކޯޓުން އޭނާއަށް މައާފް ދިނީ އެ މައްސަލާގައި ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް އެ މީހާ ފަހުން އިއުތިރާފުވެ، އެކަމަށް ވަނީ މާފަށް އެދުމުންނެވެ.
ފެމިލީ ކޯޓުން ކުރި ހުކުމްގައި ބުނީ ކޯޓުގެ ހުރުމަތް ކެނޑުމުން އަޅާ ފިޔަވަޅެއް މައާފް ކުރެވޭނެ ގޮތެއް ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ނެތް ނަމަވެސް، މައާފްކުރަން ހުރަހެއް ނެތް ކަމަށެވެ.
އެހެންވެ، އެ މީހާގެ ޖަލު ހުކުމް ތަންފީޒު ނުކޮށް، ދޫކޮށްލަން ނިންމާފައިވާ ކަަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!