Skip to main content
Topic Archive

#ފެމިލީ ކޯޓު

15 Stories filed
ދަރިންނަށް ޚަރަދު ނުދޭ މީހަކު ދެމަހަށް ޖަލަށްލައި ފޮޓޯ އާންމުކޮށްފި
Raajje

ދަރިންނަށް ޚަރަދު ނުދޭ މީހަކު ދެމަހަށް ޖަލަށްލައި ފޮޓޯ އާންމުކޮށްފި

ދަރިފުޅަށް ދޭންޖެހޭ ސާބިތު ޚަރަދު ގަވާއިދުން ދައްކަމުން ނުދާ މީހަކު ޖަލަށްލައި، އޭނާގެ ފޮޓޯ ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު އާންމުކޮށްފިއެވެ. މި މައްސަލާގައި ލަންދޫ ކޯޓުން އާންމުކޮށްފައިވަނީ ކ. ކާށިދޫ، ހެޕީނައިޓް، އަހުމަދު އަންވަރު ކިޔާ މީހެއްގެ ފޮޓޯއެވެ. މި ފޮޓޯ އާންމުކޮށް އެ ކޯޓުން ބުނީ، އޭނާގެ ފޮޓޯ އާންމުކުރީ ޢާއިލާއާބެހޭ ގަވާއިދަށް ރިޢާޔަތްކުރުމަށް ފަހު ކަމަށެވެ. އަދި މި މައްސަލައިގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ ދެ މަސް ދުވަހަށް ޖަލުގައި ބަންދުކޮށްފައިވާ […]

ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައިފި
Raajje

ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައިފި

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އިބްރާހިމް މާހިރު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މާހިރު އެ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ. މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، އެ ކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ގާޒީއެވެ. އެގޮތުން ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 އަހަރު […]

ފެމިލީ ކޯޓުގައި މިދިޔަ ދެމަހު 460 ކައިވެނި، 210 ވަރި
Raajje

ފެމިލީ ކޯޓުގައި މިދިޔަ ދެމަހު 460 ކައިވެނި، 210 ވަރި

ފެމިލީކޯޓުގައި މިދިޔަ މޭ މަހާއި ޖޫން މަހު 460 ކައިވެނި އަދި 210 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ. ފެމިލީ ކޯޓުގެ މިދިޔަ މޭ މަހާއި ޖޫން މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިއަދު އާންމުކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސްހިސާބު ދައްކަގޮތުން މޭ މަހު ވަނީ 280 ކައިވެނި ކޮށްދީފައެވެ. އަދި އެ މަހު 147 ވަރީގެ މައްސަލަ ނިންމާފަވެއެވެ. އެ ކޯޓުން ޖޫން މަހު 180 ކައިވެނިކޮށްދީފައިވާއިރު، ވަރީގެ […]

ދަރިފުޅުގެ ޚަރަދުގެ ފައިސާ ނުދައްކާ މީހެއްގެ ވަނަވަރު އާންމުކޮށްފި
Raajje

ދަރިފުޅުގެ ޚަރަދުގެ ފައިސާ ނުދައްކާ މީހެއްގެ ވަނަވަރު އާންމުކޮށްފި

ސާބިތު ޚަރަދަށް ފައިސާނުދައްކާ މީހެއްގެ ވަނަވަރު ފެމިލީ ކޯޓުން މިއަދު އާންމުކޮށްފިއެވެ. ފެމިލީ ކޯޓުން ބުނީ އެމީހާގެ ވަނަވަރު އާންމުކޮށްފައި ވަނީ ސާބިތު ދަރަންޏަށް ފައިސާނުދައްކާތީ އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. މިގޮތުން ފެމިލީ ކޯޓުން ވަނަވަރު އާންމުކުރި މީހާ އަކީ އަޙްމަދު ޢަލީ، މާލެ/ދަފްތަރު ނަންބަރު ރސ 2758 އެވެ. މީނާ އަކީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ މީހެއްކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ. ރާއްޖޭގައި ދަރިންނަށް ޚަރަދު ނުދިނުމުގެ […]

ފެމިލީ ކޯޓުގައި އިއްޔެ 60 ކައިވެނި، ވަރީގެ 10 މައްސަލަ ހުށަހެޅި
Raajje

ފެމިލީ ކޯޓުގައި އިއްޔެ 60 ކައިވެނި، ވަރީގެ 10 މައްސަލަ ހުށަހެޅި

ފެމިލީ ކޯޓުގައި އިއްޔެ 60 ކައިވެނިކޮށްދީފައިވާއިރު، ވަރިވާން އެދި 10 މައްސަލަ ހުށަހެޅިކަމަށް އެ ކޯޓުން ބުނެފިއެވެ. ފެމިލީ ކޯޓުގައި މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހުށަހެޅީ އިއްޔެއެވެ. އެހާ ގިނަ ބަޔަކު އެއް ދުވަހާ ކައިވެނި ކުރަން އިއްޔެ ހުށަހަޅާފައި ވަނީ އިއްޔެ އަކީ އަހަރުގެ އެންމެ ތާރީޚް 25-05-25 ކަމަށް ވުމުންނެވެ. ފެމިލީ ކޯޓުން ބުނިގޮތުގައި އިއްޔެ އަކީ މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހުށަހެޅި ދުވަހެވެ. އެ […]

ފެމިލީ ކޯޓުގައި މިދިޔަ މަހު 181 ކައިވެނި، 113 ވަރި
Raajje

ފެމިލީ ކޯޓުގައި މިދިޔަ މަހު 181 ކައިވެނި، 113 ވަރި

ފެމިލީކޯޓުގައި މިދިޔަ އޭޕްރިލް މަހު 181 ކައިވެނި އަދި 113 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ. ފެމިލީ ކޯޓުގެ މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސްހިސާބު ދައްކަގޮތުން މާރިޗް މަސް ނިމުނު އިރު ވަރިއާ ގުޅޭ 148 މައްސަލައެއް ނުނިމި އޮތެވެ. އަދި މިދިޔަ މަހު ވަނީ އަލަށް 151 ވަރީގެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައެވެ. ރާއްޖޭގައި […]

"ވަރިވުމުގެ ކުރިން ހަނދާން ކުރަންވީ ބައިވެރިޔާ ވެފައިވާ ގުރުބާނީތަކަށް"
Raajje

"ވަރިވުމުގެ ކުރިން ހަނދާން ކުރަންވީ ބައިވެރިޔާ ވެފައިވާ ގުރުބާނީތަކަށް"

ވަރިވުމުގެ ކުރިން ވިސްނަންވީ ބައިވެރިޔާގެ ކިބައިން ފެނުނު އުނިކަންތައްތައް ނޫން ކަމަށާއި އޭނާ ވެފައިވާ ގުރުބާނީ ވެސް ހަނދާން ކުރަން ޖެހޭނެ ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އިސްގާޒީ މާހިރު ނެރުއްވި ހިތާބެއްގައިވަނީ ދިގު މުއްދަތެއްވެފައިވާ ކައިވެނިތައް ރޫޅުން ގިނަވަމުންދާ ކަމަށެެވެ. ދަރިން ބެލުމުގެ ބުރަ ޒިންމާ އަދާކޮށް، ދެމަފިރިން އެކުގައި ގިނަ ވަގުތު ހޭދަކުރަން ލިބޭ އުމުރުގައި ކައިވެނިތައް...

މަންދީއާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން ކުރައްވާ ދައުވާގެ ޝަރީއަތް ފަށައިފި
Raajje

މަންދީއާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން ކުރައްވާ ދައުވާގެ ޝަރީއަތް ފަށައިފި

އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ފެމިލީ ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތް ފެމިލީ ކޯޓުން މިއަދު ފަށައިފި އެވެ. މަންދީގެ މައްޗަށް ސާޖިދާގެ ފަރާތްޕުޅުން ދައުވާކުރަނީ ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި ވާހަކަ ދެއްކި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ވެސް މަންދީގެ މައްޗަށް ފަސްޓްލޭޑީ ވަނީ […]

ފެމިލީ ކޯޓު: މިދިޔަ އަހަރު 2485 ކައިވެނި، 1326 ވަރި
Raajje

ފެމިލީ ކޯޓު: މިދިޔަ އަހަރު 2485 ކައިވެނި، 1326 ވަރި

ފެމިލީކޯޓުގައި ވޭތުވި 2024 އަހަރު ފެމިލީ 2485 ކައިވެނި އަދި 1326 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ. ފެމިލީ ކޯޓުގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް އެ ކޯޓުން އިއްޔެ އާންމުކޮށްފައިވާއިރު، އެ ކޯޓުން ބުނެފައި ވާގޮތުގައި 2024 ވަނަ އަހަރު ކުރެވުނު މަސައްކަތާއި ދެވުނު ޚިދުމަތްތަކާމެދު އެ ކޯޓުން ހިތްހަމަ ޖެހެއެވެ. އެ ކޯޓުން ބުނީ، ފެމިލީ ކޯޓަކީ ހަމައެކަނި ކައިވެންޏާއި ވަރީގެ ކޯޓެއް ނޫންކަމަށެވެ. އަދި […]

ފެމިލީ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި
Raajje

ފެމިލީ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި

ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުން ނިކުމެގެންދިޔަ މައްސަލާގައި ތިން ދުވަހަށް ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި އެވެ. މިދިޔަ މަހުގެ ފަހުކޮޅު އަންހެނަކު އެ ތިން ދުވަހަށް މީހާ ޖަލަށްލާން ފެމިލީ ކޯޓުން ހުކުމްކުރީ ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަަވަޅު އެޅޭނެކަން ވެސް އަންގާފައި ވަނިކޮށް ހުއްދަ ނެތި ނިކުމެގެން ދިއުމުންނެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ފެމިލީ […]

މިދިޔަ އަހަރު 2,400 ކައިވެނި, ވަރީގެ އަދަދު 1,200 އަށް ވުރެ މަތީގައި
Raajje

މިދިޔަ އަހަރު 2,400 ކައިވެނި, ވަރީގެ އަދަދު 1,200 އަށް ވުރެ މަތީގައި

މާލޭގައި މިދިޔަ އަހަރު 2،425 ކައިވެނިކޮށްފައި 1,200 އަށް ވުރެ ގިނަ މީހުން ވަރިކޮށްފައިވާ ހިސާބުތައްކުން ދައްކައިފި އެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 24,25 ކައިވެނި ކުރިއިރު, 1281 މީހަކު ވަރިކުރި އެވެ. މިދިޔަ އަހަރު އެންމެ ގިނަ ކައިވެނިކުރީ ޑިސެމްބަރު މަހު އެވެ. އެއީ 306 ކައިވެންޏެވެ. އަދިއެންމެ ގިނައިން ވަރި ކޮށްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެއީ 139 ވަރި އެވެ. ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއިން […]

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ފުރުސަތު ހުޅުވާލި އިއުލާނުގައި ވާގޮތުން މި މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނަށެވެ. އެމީހަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާމީހަކަށް ވެސް ވާންޖެހެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ތަޖުރިބާ 2...

ފެމިލީ ކޯޓުގައި ރޯދަ މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފި
Raajje

ފެމިލީ ކޯޓުގައި ރޯދަ މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފި

ފެމިލީ ކޯޓުގައި މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފިއެވެ. ފެމިލީ ކޯޓުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 9 ން މެންދުރު 12:30 އަށް ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށެވެ. މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. […]

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި
Raajje

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގައި އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރިކަން ސާބިތުވެ، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ. ހަސަން ސައީދު ސަސްޕެންޑު ކުރަން ނިންމާފައި ވަނީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ޖޭއެސްސީއިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ […]

މާލޭ ސިޓީގައި ކަައިވެނި ކޮށްދޭނީ ހަފުތާއަކު ދެ ދުވަހު
Raajje

މާލޭ ސިޓީގައި ކަައިވެނި ކޮށްދޭނީ ހަފުތާއަކު ދެ ދުވަހު

ފެމިލީ ކޯޓުން، މާލޭ ސިޓީގައި ކައިވެނިކޮށްދޭ ދުވަސްތަކަށާއި ގަޑިތަކަށް ބަދަލު ގެނެސް އެކަން އާންމުކޮށްފިއެވެ. ފެމިލީ ކޯޓުން ކުރި ޢިއުލާނެއްގައި ބުނިގޮތުގައި އެގޮތަށް ނިންމީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން އަންގާފައިވާ އެންގުމާއި ގުޅިގެން ކަަމަށެވެ. މިގޮތުން މިއަދުން ފެށިގެން ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ރަސްމީ ގަޑީގަ އެވެ. ރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނިތައް ކޮށްދިނުމުގެ އިތ...