ބައިނަލްއަގުވާމީ އިނގިރޭސިވިލާތުން ޔޫކްރެއިނާއެކު 100 އަހަރުގެ އެއްބަސްވުމެއް އިނގިރޭސިވިލާތުން ޔޫކްރެއިނާއާއެކު 100 އަހަރުގެ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ. އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ޒިޔާރަތްކުރައްވައި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީއާ ބައްދަލުކުރައްވަން ވަނީނިންމަވައިފައެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ސަލާމަތީ އަދި އަސްކަރީ ގުޅުން ވަރުގަދަކުރެވޭނެއެވެ. އަދި ބޯލްޓިކް ކަނޑާއި، ކަޅު ކަނޑާއި، އަޒޯވް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެއެވެ. މީގެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ރައީސްގެ އެސްޓޯނިއާ ދަތުރުފުޅު ނިންމަވާލައްވައިފި އީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިރޭ ނިންމަވާލައްވައިފިއެވެ. އެ ޤައުމަށް ހޯމަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅު މިއަދު ނިންމަވާލައްވާފައިވާއިރު، މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ތާރީޚީ ދަތުރުފުޅަކީ ދިވެހި ރައީސަކު ބޯލްޓިކް ޤައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެސްޓޯނިއާގެ އިސް ވެރިންނާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި އެސްޓ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ގައުމީ އެއާލައިނުގެ ބޮޑު ބޯޓު ކުރާ ފުރަތަމަ ދަތުރުތަކަށް ޚާއްސަ ފެއަރއެއް ގައުމީ އެއާލައިން، މޯލްޑިވިއަންއިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ޗައިނާ އަށް ކުރާ ފުރަތަމަ ދަތުރުތަކަށް ޚާއްސަ ފެއަރއެއް ތަޢާރަފްކޮށްފިއެވެ. މި ބޯޓު ރާއްޖެ ގެނެސްފައި ވަނޯ މިމަހުގެ 5 ވަނަ ދުވަހުއެވެ. މި ބޯޓުގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަށް ހަފްތާއަކު ތިން ދަތުރުކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން މޯލްޑިވިއަނުން ބުނިގޮތުގައި ޗައިނާ ޝެންހާއި، ޗެންގްޑޫ، ބެއިޖިން އަށް މި ބޯޓު ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދަތުރު ޗެންގްޑޫއަށް މިމަހުގެ 22 އަދި 30ގައި […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ. މި ބޯޓު އަތުލައިގަނެ، މިހާރު އޮތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި ނުދެއެވެ. ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް އެސްޓޯނިއާގެ ގްރީނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރަށްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ގްރީނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރަށްވައިފިއެވެ. މި ސެންޓަރު ހުންނަނީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައެވެ. ރައީސްގެ މި ޒިޔާރަތުގައި، ސެންޓަރުގެ ފައުންޑަރ އުއްލަރު ޔާކްސޯ ވަނީ އެ ސެންޓަރާ ބެހޭގޮތުން ރައީސަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި، ސެންޓަރުގެ މަޤްޞަދުތައް ހިއްސާކުރަށްވާފައެވެ. އަދި ރައީސް ވަނީ އެ ސެންޓަރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވިއެވެ. މި ސެންޓަރަކީ 2020 ގައި އުފެދުނު، ބޯލްޓިކް ސަރަޙައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރެވެ. އޭ.އައ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް ހދ.ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. “ދީނީ ސުވާލު މުބާރާތް 1446” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ހިންގާ މުބާރާތެކެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ 10:30 ގެ ކުރިން […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލަ ބަލަނީ މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ބަލަންފަށައިފިއެވެ. ފުލުހުން ބުނީ މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލަމުން އަންނަކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ! ހދ. ކުރިނބީ ދެކުނުފަރާތު އަތިރިމަތިން ވަޅުލެވިފައިވާ އާސާރި ތަކެތިކަމަށް ބެލެވޭ ބައެއް ސާމާނުފެނިއްޖެ އެވެ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް “ތިލަދުން” އަސް މަޢުލޫމާތު ދެއަވަމުން ވިދާޅުވި ގޮތުގައި، މިތަކެތި ފެނިވައިވަނީ އިއްޔެ ގެ ވަގުތެއްގައި އެރަށުގެ މީހަކު ދެކުނުފަރާތަށް ހިނގާލަން ގޮސް އުޅެނިކޮށް ދެފަސްބެދޭ ހިސާބުން ރުނބައެއްގެ ބައެއް ފެންނަން އޮތުމުން އިތުރަށް ކޮނެ ބެލި ބެލުމުންނެވެ. ރުނބާގެ ތެރޭގައި ކުރީޒަމާނުގެ ވަރަށްގިނަ ތަށިތައް މީގެތެރޭގައި ހުރިކަމަށް އަސްލަމް ވިދާޅުވި އެވެ.... މުޙައްމަދު އިބްރާޙިމް (ފީރޯޒް) · 1 އަހަރު ކުރިން
ރާއްޖެ ޔޫކްރެއިނަށް ތާއީދުކުރާކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލެއް ނުވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ހަލީލް މިހެން ވިދާޅުވެފައިވަނީ އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ދިވެހިރާއްޖެއިން ޔޫކްރެއިނަށް ތާއީދުކުރާކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އދ ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތަށް ބަލާލުމުން ރާއްޖޭގެ ސިޔާސަތު ސާފުވެގެންދާނެ ކަމަށެވެ. އަދި ކުދި ގައުމުތަކުގެ މިނިވަންކަމާއި... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު އިސްރާއީލުން ދޭންޖެހޭނެ: ރައީސް އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރަށްވައިފިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ފުރަތަމަ ބުނީ އިއްޔެއެވެ. އިސްރާއީލުން، ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސަޢުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަންފަށަނީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފި އެވެ. އެމިނިސްޓަރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ކަދުރަކީ 1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި އެއްޗެކެވެ. މި ކަދުރު ރާއްޖެއަށް ގެނެވިފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ... އަލީ އާދިލް · 1 އަހަރު ކުރިން
ވިޔަފާރި އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ތެރެއިން ހޮވުނު ހަތަރު ނަސީބުވެރިން، ދޯހާ މެރެތަންގައި ބައިވެރިވުމަށްޓަކައި މިއަދު ދޯހާއަށް ފުރައިފިއެވެ. އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބޭއްވި ލަކީ ޑްރޯއިން ހޮވުނު މުޙައްމަދު އަޒުހަދު އަޙްމަދު އަދި ޠާރިޤު މުޙައްމަދު ރަޝީދު މިއަދު ވަނީ ދޯހާއަށް ފުރާފައެވެ. މީގެ އިތުރުން، އުރީދޫގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު ލަކީ ޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ޙުސައިން ފަރާޒު މުޙައްމަދުވެ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ކުޅިވަރު ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ކުއާޓާއަށް ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ރައުންޑް އޮފް 16 ގައި ރޭ ބާސެލޯނާއާއި އާއި އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ސްޕެނިޝް ސްޕަ ކަޕްގެ ކާމިޔާބަށް ފަހު ބާސާއިން ރޭ އަމިއްލަ ދަނޑުގައި ނުކުތީ ރެއާލް ބެޓިސްއާއި ދެކޮޅަށެވެ. ބާސާގެ ކާމިޔާބީ ފާހަގަކޮށް ބެޓިސް ޓީމުން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ. ރޭ މެޗުގައި ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ އީސީގެ މެމްބަރު ކަމަށް ދެ މެންބަރަކު އައްޔަން ކުރަން ފާސްކޮށްފި އިލެކްޝަން ކޮމިޝަން (އީސީ)ގެ ދެ މެންބަރުންގެ މަގާމަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެ ބޭފުޅަކަށް މިއަދު ރުހުންދީފިއެވެ. އީސީގެ ދެ މެންބަރުންގެ މަގާމު ހުސްވީ 25 ނޮވެމްބަރު 2024 ގައި އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެ ދަމާގަމަށް މެންބަރުން ޢައްޔަނުކުރުމަށް މަޖިލީހަށް ރައީސް ފޮނުއްވި ދެ ނަންފުޅަކީ، މުހައްމަދު ޒާހިދާއި، އަބްދުއްރަހްމާން ސޮލާހު ރަޝީދުގެ ނަމެވެ. ދައުރުން ބޭއްވި މިއަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް އެސްޓޯނިއާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޤައުމީ ދާރުލްއާސާރު (އީސްޓީ ރާހްވާ މޫސިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް، އެސްޓޯނިއާއަަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އެ ޤައުމުގެދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫ ސިޓީއަށް ވަޑައިގެންފައެވެ. މި ޒިޔާރަތުގެ ތެރެއިން އެ ސިޓީ ގައި ހުންނަ އެ ޤައުމުގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑރ. ކޭޓޫ ސަކްސް އެވެ. މިޒިޔާރަތުގައި ސް ވަނީ، އެ ދާރުލްއާސާރުގެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން