ރާއްޖެ އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ތަފްސީލުތައް ހާމަ ކުރަންޖެހޭނެ: ސުޕްރީމް ކޯޓް އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރަން ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމާއި އެ މަގުގެ ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ކުރީގެ ސަރުކާރުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް 2023 ވަނަ އަހަރު ނިންމީ އެ މައުލޫމާތު ދޭން ޖެހޭނެ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ކުޅިވަރު ނުނޭޒްގެ ދެ ލަނޑުން ފަހުވަގުތު ލިވަޕޫލަށް މޮޅެވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ޑާވިން ނުނޭޒް ޖެހި ދެ ލަނޑުން ލިވަޕޫލް މޮޅުވެއްޖެއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލުން މި މެޗުގައި ވެސް ވަނީ މޮޅަށް ކުޅެ ވަރަށް ގިނަ ހަމަލާ އުފައްދާފައެވެ. މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދޭން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ އަލަށް ފެނުނު މަހެއް ރާއްޖެއިން، ނަމަކީ ''ރަކި ބުރެކި'' ދުނިޔޭގެ އެއްވެސް ހިސާބަކުން މީގެކުރިން ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާ މަހެއް ރާއްޖެއިން ފެނިއްޖެއެވެ. އެ މަހަށް ދީފައިވާ ދިވެހި ނަމަކީ ”ރަކި ބުރެކި” އެވެ. މެރީން ޖާނަލް ޖާނަލް މޯލްޑިވްސްއިން ބުނީ މި މަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށެވެ. އަދި އެއީ 100 މީޓަރާއި 125 މީޓަރު ދެމެދު ފުނުން ކަމަށް ވެސް ބުނެފަވެއެވެ. މެރީން ޖާނަލް ޖާނަލް މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ގޮތުގައި މި މަސް ފެނުނު ފުންމިނަކީ ތަފާތު […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (40) ކުރީގެ އަދަދާއި ގުޅޭ: “ދާންވީތަ ދުރަށް؟ ބުނެބަލަ!” އަރޫޝާގެ މޫނާ ދިމާލަށް ބޯ ތިރިކޮށްލަމުން ދާއިން ސުވާލު ކުރިއެވެ. އަރޫޝާގެ ނޭވާގެ ހިނގުން އޭރު ވަނީ ނުހަނު އަވަސް ވެފައެވެ. ހިތް އެދެނީ ދާއިންގެ މޭމަތީ ބޯ އަޅާލުމަށެވެ. ނަމަވެސް އޭނާގެ ޟަމީރު ހަމަ ހިލާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ސިކުނޑި އިންޒާރު ދެމުން ދަނީ ދާއިންއާ ދުރަށް ދިޔުމަށެވެ. ނަމަވެސް ދާއިންގެ ލޮލުގެ ތެރެއިން ފެންނަ ވިދުވަރުން، އަރޫޝާގެ ކިލަނބު ވެފައިވާ ހިތަށް އަލިކަން ވެރިވެއްޖެއެވެ. […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓިކްޓޮކަށް އިތުރު 90 ދުވަސް ދޭން ގަސްތުކުރަން: ޓްރަމްޕް ޓިކްޓޮކަށް އިތުރު 90 ދުވަހުގެ މުއްދަތެއް ދޭން ގަސްތުކުރައްވާކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކުރުމުގެ ކުރިން އިތުރު 90 ދުވަހުގެ މުއްދަތެއް ދެއްވުމަށް ވަރަށް ބޮޑަށް ގަސްތުކުރައްވާ ކަމަށެވެ. އެންބީސީ ނިއުސްގެ “މީޓް ދަ ޕްރެސް” އަށް ހޮނިހިރު ދުވަހު ދެއްވި ފޯނު އިންޓަވިއުއެއްގައި، މިކަމާ މެދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވިނަމަވެސް، އާދިއްތަ ދުވަހުގެ ސުންގަޑީގެ ކުރިން ޗައިނާގެ ކުންފުންޏަކުން ނޫ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ބާސާ އެއްވަރުވެ އެތުލެޓިކޯ ބަލިވުމުން ރެއާލަށް ފުރުސަތު ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އެއްވަރުވެ، އެތުލެޓިކޯ މެޑްރިޑް ބަލިވުމާއި ގުޅިގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ފަހިވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ބާސާއާއި ގެޓާފޭ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބާސާއަށް މޮޅެއް ލިބިފައި ނުވެއެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ގެޓާފޭ އޭރިއާ ތެރެއިން ތަނަވަސްވީ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ 200 އަށްވުރެ ގިނަ ބަލިމީހުންނަށް ޖިންސީ ގޯނާކުރި ޑޮކްޓަރަކަށް ދައުވާކޮށްފި އެމެރިކާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސްޓޭޓެއް ކަމަށްވާ މެސެޗޫސެޓްސްގައި 200 އަށްވުރެ ގިނަ ބަލިމީހުންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޑޮކްޓަރެއްގެ މައްޗަށް ދައުވާކޮށްފިއެވެ. މިޑްލްސެކްސް ޑިސްޓްރިކްޓް އެޓާރނީ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 200 އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާތަކެއް ޑރ. ޓޮޑްގެ މައްޗަށް ކުރެވިފައިވާ ކަމަށެވެ. ބަލިމީހުންނަށް ބޭނުންނުވާ ޕެލްވިކް ފްލޯ ތެރަޕީ، ބްރެސްޓް އެގްޒެމިނޭޝަން، ޓެސްޓިކިއުލަރ އެގްޒެމިނޭޝަން އަދި އެހެނިހެން މެޑ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާއިން ލަންކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ތައްޔާރު: ރިޕޯޓު ޗައިނާއިން ސްރީލަންކާ އަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ގެންދަން ތައްޔާރަށް އޮތްކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ. ލަންކާގެ ”ޑެއިލީ މިރަރ” އިން އެ ނޫހަށް ލިބިފައިވާ މަޢުލޫމާތާއި ހަވާލާދީ ބުނެފައި ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ދިސަނާޔަކޭގެ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން، ސްރީލަންކާއަށް ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ޗައިނާގެ ކުންފުނިތަކުން ގެނައުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ. ލަންކާގެ ރައީސް ދިސަނާޔަކޭ، ޗަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އީރާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަރާލައިފި އީރާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ބަޑިޖަހާ މަރާލައިފިއެވެ. ހޮނިހިރު ދުވަހުގެ ހެނދުނު އީރާނުގެ ސުޕްރީމް ކޯޓަށް މީހަކު ވަދެ، ފިސްތޯލައެއް ބޭނުންކޮށްގެން އިސް 2 ފަނޑިޔާރުން މަރާލައިފާވާއިރު، މި ހާދިސާގައި އިތުރު އެކަކަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ. މަރާލެވުނު ފަނޑިޔާރުންނަކީ ހޮއްޖަތުލް އިސްލާމް ރަޒީނީ އާއި ހޮއްޖަތުލް އިސްލާމް މުސްލިމީން މޮޣީޝެހްއެވެ. ޝަރުއީދާއިރާގެ ތަރުޖަމާނު އަސްޣަރު ޖަހާންގީރު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ހެނދުނު 10:00 ގައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕިސްތޯލައެއް ހިފަ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ވިޔަފާރި ކަރަންޓް ކެނޑުނު ގިނަ ސަރަހައްދުތަކަށް ކަރަންޓް ދީފި ޓެނިކަލް މައްސަލައެއް ދިމާވެ ކަރަންޓް ކެނޑުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދީ، ބާކީ ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލެއަށް ކަރަންޓު ދޭ ފީޑަރ ތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާއި ގުޅިގެން ކަމަށެވެ. ސްޓެލްކޯއިން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް ކަރަންޓުދީފައިވާ ކަމަށެވެ. އަދި ހުޅުމާލޭގ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ޓެނިކަލް މައްސަލައެއް ދިމާވެ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ ޓެނިކަލް މައްސަލައެއް ދިމާވެ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށެވެ. މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އޮޕަރޭޝަން ކުރަނގި މާލެ ސަރަހައްދުގައި ފުޅާކޮށްފި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ “އޮޕަރޭޝަން ކުރަނގި” މާލެ ސަރަހައްދުގައި އިތުރަށް ފުޅާކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް މި އޮޕަރޭޝަންގެ ދަށުން 25,483 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނަގާފައިވެއެވެ. މީގެ ތެރޭގައި 1,455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓް ކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ޑީޕޯޓްކޮށްލަނީ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ޑީޕޯޓްކޮށްލަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ވިދާޅުވީ، އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ ތިން ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ. މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޝަމްޢާން ވިދާޅުވިއެވެ. ”އާންމު މަސްލަހަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ފާޑުކިޔުމުގެ ނަމުގައި ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރައިޖެ ޢަމަލެއް: ނައިބު ރައީސް ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ”މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް މުއިއްޒު ހީކޮށްގެން ނުވާނެ: އުމަރު” މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރެއް ހިއްސާކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއްކަމަށެވެ. އަދ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ކުޑަބޭރުވެސް ނޭރޭނެ: މުހައްމަދު ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ކަމެއްކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. މެންބަރު މުހައްމަދު މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލާނުލާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ހީފުޅުކޮށްގެން ނުވާނެކަމަށް، ޗެނަލް13 ގައި ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކައަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މުހައްމަދު ވަނީ އުމުރު ނަސީރުގެ ބޮލަށް ބޭސްކުރަން ޖެހިފަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން