ތިލަދުންމަތީ ޚަބަރު ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނައިވާދޫއާއި ނޭކުރެންދޫ ސެމީއަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ގްރޫޕް އޭގައި ނޭކުރެންދޫއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ނޮޅިވަރަންފަރު ބަލިކޮށްފައެވެ. ރޭ މެޗުގައި ނޭކުރެންދޫއަށް ލަނޑުތައް ޖަހައިދިނީ ވިލްފް، ރާއިފް އަދި އަބާންއެވެ. އަނެއް ދެ ލަނޑަކީ ނޮޅިވަރަންފަރުގެ އިބްރާހީމް ވަހީދާއި އަކްރަމް އަތުން […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅުން ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ދެ ޓީމަކީ ވަށަފަރާއި ކެލާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުން ވަށަފަރާއި ކެލާ ޖާގަ ހޯދައިފިއެވެ. ގްރޫޕް އޭގައި ރޭ ކެލާއާއި ހޯރަފުށި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ހޯރަފުއްޓަށް ލަނޑުތައް ޖަހައިދިނީ ޔާނުއާއި އަލީ އިމްރާންއެވެ. ކެލާގެ ދެ ލަނޑު ވެސް ޖެހީ މަމްދޫހްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޖަލުގައި މަރުވި ރަޝިޔާގެ އިދިކޮޅު ލީޑަރުގެ ތިން ވަކީލުން ޖަލަށް ރޫސީވިލާތު (ރަޝިޔާ)ގެ މަރުވެފައިވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ތިން ވަކީލުން ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓުން ޙުކުމްކޮށްފިއެވެ. މި ތިން ވަކީލުންކަމުގައިވާ ވަދީމް ކޮބްޒެވް، އިގޯރް ސެރްގުނިން އަދި އެލެކްސީ ލިޕްޓްސަރް މިހާރުވެސް ބަންދުގައި ތިބިއިރު، މޮސްކޯއިން އިރުމަތީގައި ގާތްގަނޑަކަށް 100 ކިލޯމީޓަރު (60 މޭލު) ދުރުގައިވާ ޕެޓުޝްކީ ރަށުގެ ކޯޓަކުން 3.5 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް އެމީހުން ޖަލަށްލުމަށް ހުކުރު ދުވަހު ވަނީ ޙުކުމްކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ 2023 […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އާދިއްތަ ދުވަހުން ފެށިގެން އެމެރިކާގައި ޓިކްޓޮކް މަނާވާނެ އެމެރިކާގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުމަކާ ގުޅިގެން އާދިއްތަ ދުވަހުން ފެށިގެން އެ ޤައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާ ވާނެއެވެ. ޓިކްޓޮކް އެޕްލިކޭޝަން، އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް ނުވަތަ ބަންދުކުރަން ޖެހޭނެކަމަށް ލާޒިމްވާގޮތަށް ކޮންގްރެސްއިން ފާސްކުރި ޤާނޫނެއް ފާސްކޮށްފައިވާއިރު، އެ ޤާނޫނަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ޚިލާފު ޤާނޫނެއް ނޫންކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ނިންމުމަށް މަގުފަހިވެފައިވަނީ އެޕްލިކޭޝަންގެ ޗައިނާއާ ހުރި ގުޅުމާއި، ޤައުމީ ސ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ މޫސުން ތަންނުދޭތީ ޓްރަމްޕްގެ ހުވާގެ ރަސްމިއްޔާތު އެތެރެއަށް ފިނިގަދަވެ ސްނޯގެ އުނދަގުލާހެދި މޫސުން ތަންނުދޭތީ އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުވައިކުރުމުގެ ރަސްމިއްޔާތު ކެޕިޓަލް ރޮޓަންޑާގެ އެތެރެއަށް ބަދަލުކޮށްފައި ވާކަމަށް އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ޓްރުތް ސޯޝަލް އެކައުންޓުގައި ވިދާޅުވެފައިވާ ގޮތުގައި، ހުވައިގެ ރަސްމިއްޔާތުގައި ބައިވެރިވާ އެންމެހާ ޢިއްޒަތްތެރިންނާއި މެހުމާނުން ކެޕިޓަލް ބިލްޑިންގ އަށް ވައްދަވާނެކަމަށާއި، ޓީވީން ބަލާ ފަރާތްތަކަށް މިއީ ވަރަށް ރީތި ތަޖުރިބާއަކަށް ވާނެކަމ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ރަޝިޔާ އާއި އީރާން ގުޅުން ބަދަހިކުރަނީ ރަޝިޔާ އާއި އީރާނުން އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރަން ނިންމައިފިއެވެ. ރަޝިޔާ އާއި އީރާނުން އެދެގައުމުގެ ސިފައިންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެފައިވާއިރު، މިއެއްބަސްވުމަކީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މޮސްކޯއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި 20 އަހަރުގެ “ސްޓްރެޓެޖިކް ޕާޓްނަރޝިޕް” މުއާހަދާގައި ހިމެނެނީ ދިފާއީ، ޓެކްނޮލޮޖީ، ހަކަތަ އަދި ވިޔަފާރީގެ ދާއިރާތަކެވެ. އީރާނުން މިހާރުވެސް ދަނީ ރަޝިޔާއަށް ޑްރޯން ފޯރުކޮށްދެމުންނެވެ. އަދި ހުޅަނގުގެ އިނ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ އޮޔާދަމައިގަތް މީހުން ސަލާމަތްކުރުމަށް މުވައްޒަފުންދެއްކި ހިތްވަރަށް ފަޚުރުވެރިވަން: އެމްޓީސީސީ އޮޔާދަމައިގަތް ތިން މީހަކު ސަލާމަތްކުރުމަށް މުވައްޒަފުންދެއްކި ހިތްވަރަށް ފަޚުރުވެރިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. ވިލިމާލޭގައި މޫދަށް އެރި އުޅުނު ބަޔަކު މިއަދު ވަނީ އޮޔާދަމައިގަނެފައެވެ. އެމީހުން އޮޔާދަނިކޮށް ވަނީ ސަލާމަތްކޮށްފައެވެ. މިކަމާއިގުޅިގެން އެމްޓީސީސީން މިއަދު ބުނީ، އޮޔާދަމައިގަތް ތިން މީހުން ކަނޑުމަތީ އޮޔާދަނިކޮށް ސަލާމަތްކުރުމަށް އެ ކުންފުނީގެ ވިލިމާލެ ފެރީ އޮޕަރޭޓްކުރަމުންދިޔަ މުވައްޒަފުން ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ނޭކުރެންދޫގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް ފަށައިފި ކްލަބް ސެނޯން އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ހދ. ނޭކުރެންދޫގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް މިއަދު ފަށައިފިއެވެ. މި ކޯހުގައި އުތުރުގެ 4 އަތޮޅުން ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވާ ކަމަށް މިކޯސް އިންތިޒާމުކޮށްފައިވާ ކްލަބް ސެނޯންގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. ކޯހުގައި ކިޔަވައިދެއްވަނީ އެފްއޭއެމްގެ ތަޖުރިބާކާރު ރެފްރީން ކަމަށްވާ މުޙައްމަދު އަނީލް ޢަބްދުއްލަޠީފް އަދި އަޙްމަދު ޢަމީޒެވެ. ކޯސް ކުރިއަށްދާނީ މިމަހުގެ 24 އާ ހަމައަށެވެ. ކްލަބް ސެނޯންއަކީ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ރުހުން ދީފި އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ހަމާސްއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ރުހުން ދީފިއެވެ. އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ހަމާސްއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ރުހުން ދީފައެވެ. އަދި މި އެއްބަސްވުން އާދީއްތަ ދުވަހު ތަންފީޒުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށް ވެސް ބުނެފަވެެއެވެ. އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިޢު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެ، އެކަން ނުކުރަން އަންގައިފި ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ މަޑީގެ ބާވަތްތަކަށް ކާންދޭ މައްސަލަ ބޮޑުވުމާއި ގުޅިގެން އެކަން އެގޮތަށް ނުކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އީޕީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ މަޑިއަށް ކާންދިނުމަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ. މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަން ފާހަގަކޮށް އީޕީއޭއިން... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ވިލިމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަމާގަނެގެން އޮޔާދާކަމުގެ ރިޕޯޓެއް މިއަދު ހަވީރު 3:55 ގައި ލިބުނު ކަމަށެވެ. އެ މީހާ ވަނީ އެމްޓީސީސީގެ ފެރީއަކަށް ނަގައި ސަލާމަތްކޮށްފައި ކަމަށް ފުލުހުންބުންޏެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ވަނީ ގެންގޮސްފައެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ، އެ މީހާގެ ޙާލަތު މިހާރު ސްޓޭބަލް ކަމަށެވެ. އޮޔާދަނިކޮށް ސަލާމަތްކޮށްފައި ވަނީ ދިވެހި ފިރިހެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ފަހު ދިހަމިނެޓްތެރޭ ޑިއާލޯ ހެދި ހެޓްރިކުން ޔުނައިޓެޑަށް މުހިންމު މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު ފަހަތުން އަރާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގަނާޗޯއަށެވެ. އޭރިއާތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާ އުފެއްދީ ސައުތެމްޓަނުންނެވެ. އެ ހަމަލާތައް […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ އެޕަލް އިން ޗައިނާގެ ސްމާޓްފޯން މާކެޓްގެ އެއްވަނަ ގެއްލުވާލައިފި ޗައިނާގެ ސްމާޓްފޯން މާކެޓްގައި އެޕަލްގެ އައިފޯން ވިއްކުން 2024 ވަނަ އަހަރު 17 އިންސައްތަ ދަށަށް ގޮސް، މާކެޓް ލީޑަރގެ މަޤާމު ގެއްލުވާލައިފިއެވެ. ކެނަލިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޗައިނާގެ ވިވޯ އަދި ވާވެއި ކުންފުނިތަކުން އެޕަލް އަށްވުރެ މަތީ މަޤާމުތަކެއް ހޯދާފައިވެއެވެ. 2024 ވަނަ އަހަރު އެންމެ މަތީ މާކެޓް ޝެއަރ ހޯދީ ވިވޯ އިން 17 އިންސައްތައާއެކުއެވެ. ދެވަނައަށް ވާވެއި 16 އިންސައްތައާއެކު އަދި ތިންވަނައަށް އެޕަލް 15 އިންސައްތައާއެކު ހިމެނުނެވެ. ޚާއްޞަކޮށް 2024 ގެ […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އަމިއްލަ ދަރިފުޅަށް ވިހަ ދިން މަޔަކު ހައްޔަރުކޮށްފި އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރަކު އޭނާގެ އަމިއްލަ ދަރިފުޅަށް ގަސްތުގައި ވިހަ ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ. ބްރިސްބޭންގެ ދެކުނުގައި ދިރިއުޅޭ 34 އަހަރުގެ އެ އަންހެންމީހާ އޭނާގެ އަހަރު ނުފުރޭ ކުޑަ ދަރިފުޅަށް ހުއްދަނެތް ބޭސް ތަކެއްް ވެސްދީ ދަރިފުޅު ބަލިކޮށްލާ، އެކަމުގެ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ފެތުރުމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ. ކުއީންސްލޭންޑް ފުލުހުން ބުނާ ގޮތުގައި މި އަންހެން މީހާ ވަނީ ފައިސާގެ އެހީ ހޯދުމުގެ ގޮތުން ގޯފަންޑްމީ […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު އެންޑްރިކްގެ ލަނޑުތަކުން މޮޅުވެ ރެއާލް ކުއާޓާއަށް ސްޕެނިޝް ކަޕް ގަދަ 16 ބުރުގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ރެއާލުން ވަނީ ތިން ލަނޑުޖަހައިގެން މޮޅުވެފައެވެ. ރޭ މެޗުގައި ރެއާލުން ލީޑު ނެގީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން