ތިލަދުންމަތީ ޚަބަރު ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ކުޅުދުއްފުށީ ކޯޓުން ފަށައިފި ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން މެޖިސްޓްރޭޓް ކޯޓުތަކުން ފަށައިފި އެވެ. ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ކޯޓުތަކުން ބަލަ އެވެ. އަދި އެފަދަ މީހުންގެ ވަނަވަރު އިއުލާން ކުރަން އާއިލާއާ ބެހޭ ގަވާއިދުން ދަށުން ހުއްދަ ކުރާ ނަމަވެސް ފެމެލީ ކޯޓުން މިހާތަނަށް ވަނަވަރު އާންމެއް ނުކުރެ އެވެ. ނަމަވެސް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ކުޅިވަރު ކްވަރަސްޚޭލިއާ ޕީއެސްޖީއަށް އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ޖޯޖިއާގެ އިތުބާރު އެޓޭކިން ކުޅުންތެރިޔާ ވިޗާ ކްވަރަސްޚޭލިއާ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވުމަކަށް އައިސްފައިވާ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން އޭނާ ހޯދުމަށް ހުށަހަޅާފައި ވަނީ 80 މިލިއަން ޑޮލަރުގެ ބިޑެކެވެ. ޕީއެސްޖީން އޭނާއާއިއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމުގައި ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. ނަޕޯލީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްވަރަސްޚޭލިއާ ހޯދުމަށް މީގެ ކުރިން އިނގިރޭސި ބައެއް ބޮޑެތި ޓީމްތ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް، ޑްރައިވަރު ފިލައިގެން ދިއުމުން ހައްޔަރުކޮށްފި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި، މަޑުނުކޮށް ދިޔަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައެވެ. އެކްސިޑެންޓުގައި އަނިޔާވި 63 އަހަރުގެ ފިރިހެނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ސައިކަލު ދުއްވި ފަރާތުން އެކްސިޑެންޓް ވުމާއެކު ސައިކަލު... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ އާސަންދަ ތައިލެންޑާއި ޔޫ.އޭ.އީ އަށް އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ބޭސްފަރުވާ ކުރަން ދިއުމަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. އާސަންދައިން ބުނީ މި ދެ ޤައުމުގައި އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިހާރު އާސަންދަ ސްކީމްގެ ޚިދުމަތް ލިބެން ފަށާފައިވާ ކަމަށެވެ. މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ. އާސަންދައިން ބުނީ މި ޚ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ސޯޝަލް މީޑިޔާ ބްލޮކުކުރާ ވާހަކައަކީ ދޮގު ވާހަކައެއް: ސަރުކާރު ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ “ކަނޑައެޅިގެން ދޮގު ވާހަކަތަކެއް” ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިޔާގައި ދުވަސްކޮޅެއް ވަންދެން ދެކެވެމުންދިޔަ ވާހަކަތަކަކާ ގުޅިގެން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނ... އަލީ އާދިލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖަޕާނުގެ ތެރުކޯ ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި ތަޖުރިބާ ޖަޕާނުގެ ތަރުކާރީ ރާއްޖޭގައި ހެދޭތޯ ބެލުމަށް، ޖަޕާނު ވޮލަންޓިއަރެއް ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ. މި ދިރާސާއަކީ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސް (ޖޭއޯސީވީ) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ގުޅިގެން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ޖޭއޯސީވީގެ ވޮލެންޓިއަރެއް ކަމަށްވާ މިސް ތެރުކޯ ވަނީ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޖަޕާނުގެ ތަރުކާރީ ހެއްދުމަށް އެއް އަހަރާއި ހަމަސް... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ދެ ލަނޑުޖަހާ ބްރެންޓްފޯޑުން ސިޓީއާއި އެއްވަރުކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު، ސިޓީ ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، މެޗުގެ ފަހު ވަގުތު ބްރެންޓްފޯޑުން ދެ ލަނޑުޖަހައި ސިޓީއާއި އެއްވަރުކޮށްފިއެވެ. ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މެޗުގެ ސިޓީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ފިލް ފޮޑެންއެވެ. ފުރަތަމަ ލަނޑު 66 […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ފެބުރުއަރީ 6 ވާ ބުރާސްފަތި ދުވަސް ބަންދު 6 ފެބުރުއަރީ 25 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސް އޮފީހުން ބުނީ، ރައީސް މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖަހައިފި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ. ފުލުހުން މިއަދު ބުނީ ރޭ 00:59 ހާއިރު، މާލޭގެ ޗާންދަނީމަގުގައި ހުންނަ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮޖެހި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މިތަނަށް ކަޅުތެޔޮ ޖަހާފައިވާއިރު، މި ޖަގަހައިގެ ބޭރު ފާރުގައި ވެރިކަންކުރާ ޕީއެންސީގެ ބައެއް މެމްބަރުންގެ ފޮޓޯ އިއްޔެޖަހާފައިވެ އެވެ. އެ މެމްބަރުންނަކީ ވަގު ފޯމުތައް ލައިގެން ޕީއެންސީއަށް މެންބަރުން އިތުރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާލެއިން ޒަޚަމްތަކަކާއެކު އޮތް މީހަކު ފެނިއްޖެ މާލޭގެ ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިގެން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ވަގުތުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ކަމަށެވެ. އަދި ޒަޚަމްވެފައި އޮތް މީހާ ފަރުވާ ދިނުމަށްޓަކައި ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން އެއްބަސްވެއްޖެ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ބުނެފިއެވެ. އެމެރިކާގެ، އަރަބި އަދި އިސްރާއީލުގެ އިސް ވެރިންނާ ހަވާލާދީ ސީބީއެސް ނިއުސްއިން ބުނެފައިވަނީ މި އެއްބަސްވުމުގެ ފަހު ތަފްސީލުތައް މި ހަފްތާގެ ތެރޭގައި ނިންމައި، އިސްރާއީލުގެ ސަރުކާރުން މިއަށް ވޯޓުދީފިނަމަ، މި އެއްބަސްވުން ތަންފީޒުކުރަން ފެށިދާނެކަމަށް އެމެރިކާ އަދި... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓިކްޓޮކް ބަންދުކުރާތީ އެމެރިކާގެ 700،000 ޔޫޒަރުން އެހެން އެޕަކަށް އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ އެމެރިކާ ޔޫޒަރުން ޗައިނާގެ ސޯޝަލް މީޑިއާ އެހެން އެޕެއް ކަމަށްވާ “ރެޑްނޯޓު” އަށް ބަދަލުވަމުން އެބަދެއެވެ. އެގޮތުން ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި 700،000 އަށްވުރެ ގިނަ އައު ޔޫޒަރުން ރެޑްނޯޓުގައި އެކައުންޓް ހަދާފައިވެއެވެ. ޓިކްޓޮކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ކަންބޮޑުވުންތަކާ ހެދި ޓިކްޓޮކް ވިއްކާލުމަށް ނުވަތަ ބަންދުކުރުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 19 އެވެ. މިހާރު 170 މިލިއަން އެމެރިކާ ރައްޔިތުން ޓިކްޓޮކް […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ފޮރެސްޓުން އަނެއްކާ ވެސް ލިވަޕޫލް ހުއްޓުވައިފި އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ރޭ މެޗާއި ފޮރެސްޓުން ކުރިމަތިލީއިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށް ރަނގަޅު ފޯމެއްގައި އޮތުމެވެ. ސެޕްޓެމްބަރ މަހު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި ފޮރެސްޓުން ވަނީ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 41 އިންސައްތަ އިތުރުވެދާނެ: ރިޕޯޓް އިޒްރޭލުގެ ނިރުބަވެރި ސިފައިން ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް ރިޕޯޓުކުރެވިފައިވާ އަދަދަށްވުރެ 41 އިންސައްތަ އިތުރުވެދާނެކަމަށް ލޭންސެޓް މަޖައްލާގައި ޝާއިޢުކޮށްފައިވާ އައު ދިރާސާއަކުން ދައްކައިފިއެވެ. މި ބޮޑު ތަފާތު ފާހަގަކުރެވުނީ “ޕެލެސްޓައިން ދިސް ވީކް” ޕްރޮގްރާމުގައި މި ދިރާސާގެ ނަތީޖާތައް ދިރާސާކުރަމުންދަނިކޮށެވެ. މި ޕްރޮގްރާމުގައި ބަހުސްކުރެވުނު އެހެން މުހިންމު މައުޟޫތަކުގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑުކޮށްލުމާ ގުޅޭގޮތުން... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ރާއްޖެ-އެސްޓޯނިއާ: ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއިގުޅޭ މަޝްވަރާކޮށްފި ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާއި ދެ ޤައުމުން ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި ކުރެއްވި ބައްދަލުކުރެއްވުމުގައެވެ. އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ވަނީ ރައީސް މުޢިއްޒު އަށާއި ދިވެހި ވަފުދަށް ޚާއްޞަ ފަރިއްކޮޅެއް ދެއްވާފައެވެ. މި ފަރިއްކޮޅު އޮތީ އިއްޔެ އެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން