މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދިއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދު ނެގުމާއިގުޅޭ އިލްތިމާސްއެއް

ދިއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދު ނެގުމާއިގުޅޭ އިލްތިމާސްއެއް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމުގައި ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެ ކައުންސިލުން ބުނީ މިހާރު ބޭނުން ކުރަމުން ގެންދާ ބަނދަރު ފުންކުރުމުގެ މަސައްކަތްކުރިއަށް ގެންދާ ވަގުތުތަކުގައި އެ ސަރަހައްދުގައި އަޅާފައިވާ އޮޑިދޯނި ފަހަރާއި ޑިންގީފަދަ އުޅަނދުތައް ނެގުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ކައުންސިލުން ބަނދަރު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ...

އިބްރާހިމް ޚަލީލް
''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ

''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކްސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވާ މި ފޯރަމްތަކުގެ މިރޭގެ ފޯރަމް ބާއްވަން ނިންމާފައި ވަނީ ޕީއެސްއެމްގައެވެ. މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަސް ވަޒީރަކު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ވަޒީރުންނަކީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕް...

ޔުމްނާ ޢަލީ
ހަތް ދުވަސްތެރޭ ބްރައިޓަން އިން ދެފަހަރަށް ޗެލްސީ ބަލިކޮށްފި

ހަތް ދުވަސްތެރޭ ބްރައިޓަން އިން ދެފަހަރަށް ޗެލްސީ ބަލިކޮށްފި

ހަތް ދުވަސްތެރޭ ބްރައިޓަން އިން ދެފަހަރަށް ޗެލްސީ ބަލިކޮށްފިއެވެ. މި މަހު ނުވަނަ ދުވަހުގެ ރޭ އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ބްރައިޓަން އިން ވަނީ ޗެލްސީ މައްޗަށް ކުރި ހޯދައި، މުބާރާތުން އެ ޓީމް ކަޓުވާލާފައެވެ. ރޭ ޕްރިމިއާ ލީގުގައި ބްރައިޓަންގެ ދަނޑުގައި އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ރޭ މެޗުން ބަލިވި ނަމަވެސް ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް 25 މެޗުން 43 […]

އިބްރާހިމް ޚަލީލް
ނަމާލްގެ ޤާނޫނީ ސަނަދާ ގުޅޭ ތަޙުޤީޤެއް ފަށައިފި

ނަމާލްގެ ޤާނޫނީ ސަނަދާ ގުޅޭ ތަޙުޤީޤެއް ފަށައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ގެ މެންބަރު ނަމާލް ރަޖަޕަކްސާގެ ޤާނޫނީ ސަނަދާ ގުޅޭގޮތުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަޙުޤީޤެއް ފަށައިފިއެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، ކޮރަޕްޝަނާއި ރިޝްވަތާ އަދި އިސްރާފާ ދެކޮޅު ރައްޔިތުންގެ ޙަރަކާތުން ވަނީ މި މައްސަލައިގައި ސީއައިޑީއަށް ޝަކުވާއެއް ހުށަހަޅާފައެވެ. މި ޝަކުވާ ހުށަހަޅާފައިވަނީ ނަމާލް ރަޖަޕަކްސާ ޤާނޫނީ އިމްތިޙާނުގެ ފަހު ބައިގައި ދެ ވަކީލ...

އަޙްމަދު ދާއޫދު
އިސްރާއީލްގެ އިތުރު ތިން ރަހީނުން ދޫކޮށްލަން ނިންމައިފި

އިސްރާއީލްގެ އިތުރު ތިން ރަހީނުން ދޫކޮށްލަން ނިންމައިފި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ހުއްޓުމާ ގުޅިގެން ކުރިއަށްދާ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސްއިން، ހޮނިހިރު ދުވަހު އިސްރާއީލްގެ އިތުރު 3  ގައިދީން ދޫކޮށްލާނެކަމަށް އިއުލާނުކޮށްފިއެވެ. ހަމާސްގެ ހަތިޔާރު އެޅި ގުރޫޕް އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު އިސްރާއީލްގެ ތިން ގައިދީއަކު ދޫކޮށްލާނެއެވެ. އަދި ދޫކޮށްލާ މީހުންގެ ނަންތައް މިހާރުވަނީ އިއުލާންވެސް ކޮށްފައެވެ. އިސްރާއީލްގެ ނޫސް “ޔެދިއޯތު އަހަރޯނޯތު” އިން ރިޕޯޓުކުރި ގޮތު...

އަޙްމަދު ދާއޫދު
މަސްކްގެ ނުފޫޒުގެ ސަބަބުން ވައިޓް ހައުސްގެ ވެރިން މާޔޫސްވެއްޖެ

މަސްކްގެ ނުފޫޒުގެ ސަބަބުން ވައިޓް ހައުސްގެ ވެރިން މާޔޫސްވެއްޖެ

އީލޮން މަސްކްގެ ނުފޫޒުގެ ސަބަބުން އެމެރިކާގެ ވައިޓް ހައުސްގެ ބައެއް އިސްވެރިން މާޔޫސްވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެމެރިކާގެ 15 އަށް ވުރެ ގިނަ ފެޑެރަލް އޭޖެންސީތަކުގެ މައްޗަށް ޓެކް ބިލިއަނަރު އީލޮން މަސްކްގެ ނުފޫޒު ފުޅާވަމުންދާ ވަގުތެއްގައި، މަސްކްގެ ޓީމުން ކަންކަން ކުރިއަށް ގެންދާ ގޮތާ މެދު ރައީސް ޓްރަމްޕްގެ އިސް އެހީތެރިންގެ ހިތްހަމަނުޖެހުން އިތުރުވަމުންދާކަމަށް ވަނީ ހާމަވެފައެވެ. ޓްރަމްޕްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް އާއި އޭނާގެ ޓީމަށް ވަނީ މަސްކްގެ “ޑިޕާޓްމަންޓް އޮފް […]

އަޙްމަދު ދާއޫދު
އޭޝިއަން ކަޕް ޝޫޓިން މުބާރާތުން ރާއްޖެއަށް ރިހި މެޑެލް، ރައީސްގެ މަރުހަބާ

އޭޝިއަން ކަޕް ޝޫޓިން މުބާރާތުން ރާއްޖެއަށް ރިހި މެޑެލް، ރައީސްގެ މަރުހަބާ

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އިއްޔެ ނިމިގެންދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ދިވެހިރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް ލިބިއްޖެއެވެ. މި މުބާރާތުގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރާއްޖޭގެ 15 އަހަރުގެ ކުޅުންތެރިޔާ މަރިޔަމް އީޝަލް މިސްބާހު ވަނީ ރިހި މެޑެލް ހޯދައިފައެވެ. މި ކާމިޔާބީ ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ އީޝަލް އަށް މަރުޙަބާ ވިދާޅުވެފައެވެ. އޭޝިއާގެ 23 ޤައުމަކުން ބައިވެރިވި މި މުބާރާތުގައި އީޝަލް ވަނީ […]

ޔުމްނާ ޢަލީ
ގޮއިދޫގައި ސްލިޕްވޭއެއް ތަރައްގީކުރަން ލިޓަސް މޯލްޑިވްސް އާއި ހަވާލުކޮށްފި

ގޮއިދޫގައި ސްލިޕްވޭއެއް ތަރައްގީކުރަން ލިޓަސް މޯލްޑިވްސް އާއި ހަވާލުކޮށްފި

ށ.ގޮއިދޫގައި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް ލިޓަސް މޯލްޑިވްސްއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ގޮއިދޫ ކައުންސިލާއި ލިޓަސް މޯލްޑިވްސްއާއި ދެމެދު ސޮއިކޮށްފައި ވަނީ 13 ފެބްރުއަރީ 2025 ގައި ގޮއިދޫ ކައުންސިލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ބައްދަލުވުމުގައެވެ. ގޮއިދޫގެ ލޭންޑްޔޫސް ޕްލޭނުގައި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިމުގައި، ސްލިޕްވޭއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓ...

އިބްރާހިމް ޚަލީލް
އިސްލާމިކް މިނިސްޓްރީ އާއި ވަމީން އިންތިޒާމް ކުރި ޢުމްރާ ދަތުރުގެ ބައިވެރިން ފުރައިފި

އިސްލާމިކް މިނިސްޓްރީ އާއި ވަމީން އިންތިޒާމް ކުރި ޢުމްރާ ދަތުރުގެ ބައިވެރިން ފުރައިފި

ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން އިންތިޒާމް ކުރާ ޢުމްރާ ދަތުރުގެ ބައިވެރިން މިއަދު ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ދަތުރަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރައްވާފައިވާ އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެއް ކަމަށެވެ. 14 ފެބްރުއަރީ އިން 21 ފެބްރުއަރީ 2025 އަށް ސްޓަޑީ ޓުއަރ އެއްގެ ގޮތުގައި ބާއްވާ މި […]

ޔުމްނާ ޢަލީ
ރަސްފަންނާއި ސަލްޓަންޕާކްގެ ރީތިކަން އަނބުރާގެނެސްދޭނަން: ރައީސް

ރަސްފަންނާއި ސަލްޓަންޕާކްގެ ރީތިކަން އަނބުރާގެނެސްދޭނަން: ރައީސް

މާލޭގެ ރަސްފަންނާއި ސަލްޓަންޕާކްގެ ރީތިކަމާއި އާރޯކަން އަނބުރާގެނެސްދީ ކުރިއަށްވުރެ ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހަމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ދެތަން ވެސް ވަނީ ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. ނަމަވެސް އެތަންތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިވަޑައިގެން ހިތާމަކުރަށްވާ ކަމަށެ...

ޔުމްނާ ޢަލީ
ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކާފަ ޖަލުގައި މަރުވެއްޖެ

ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކާފަ ޖަލުގައި މަރުވެއްޖެ

ދެ އަހަރުގެ ކުށްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި 25 އަހަރުގެ ހުކުމް ތަންފީޒުކުރަމުންދިޔަ ކާފަ މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން މިއަދު ބުނީ ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ރޭ ދަންވަރު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ. ކަރެކްޝަންސް އިން މައުލޫމާތު ދިން ގޮތުގައި ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި، އިބްރާހިމް ދީދީ […]

ޔުމްނާ ޢަލީ
ބާރުގަދަ ތޫފާނަކާއި ގުޅިގެން އޮސްޓްރޭލިއާގެ ރައްޔިތުނަށް ސަމާލުގެ އިންޒާރު

ބާރުގަދަ ތޫފާނަކާއި ގުޅިގެން އޮސްޓްރޭލިއާގެ ރައްޔިތުނަށް ސަމާލުގެ އިންޒާރު

އޮސްޓްރޭލިއާގެ ހުޅަނގު ސަރަހައްދަށް ކެޓަގަރީ 5 ގެ ތޫފާން ޒެލިއާގެ ނުރައްކާ ކުރިމަތިވަމުންދާތީ، އެސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑަށް ފަރުވާތެރިވުމަށް އިންޒާރު ދީފިއެވެ. މިތޫފާނުގައި ގަޑިއަކު 320 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. ޕިލްބަރާ ސަރަހައްދުގެ ޕޯޓް ހެޑްލަންޑާއި ކަރާތާ އާ ދެމެދުން ސައިކްލޯން އެއްގަމަށް އަރާނެކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ. މިއީ އޮސްޓްރޭލިއާގެ އެންމެ ބޮޑު ދަގަނޑުގެ އެކްސްޕޯޓް އޮންނަ ބަނދަރު ސަރަހައް...

އަޙްމަދު ދާއޫދު
ޓިކްޓޮކް އަނބުރާ އެމެރިކާގެ އެޕް ސްޓޯރު ތަކަށް

ޓިކްޓޮކް އަނބުރާ އެމެރިކާގެ އެޕް ސްޓޯރު ތަކަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓިކްޓޮކް މަނާކުރުން އޭޕްރީލް 5 އާ ހަމައަށް ފަސްކުރެއްވުމާ ގުޅިގެން، އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯތަކުން ޓިކްޓޮކް ލިބެން ފަށައިފިއެވެ. އެޕަލްއާއި ގޫގުލް އިން ޗައިނާގެ މި އެޕް އެމީހުންގެ އެޕް ސްޓޯރުގައި ބެހެއްޓުމުގެ ސަބަބުން އެއްވެސް ޖޫރިމަނާއެއް ނުކުރެވޭނެކަން ރައީސް ޓްރަމްޕް ޔަގީންކޮށްދެއްވިއެވެ. 170 މިލިއަން އެމެރިކާ ރައްޔިތުން ބޭނުންކުރާ މި މަޝްހޫރު ކުރު ވީޑިއޯ އެޕް، އެތައް ހަފްތާއެއްގެ މުއްދަތަކަށް ބަންދުވެފައި އޮތުމަށްފަހު، މިހާރުވަނީ އަލުން ޚިދުމަތްދޭން...

އަޙްމަދު ދާއޫދު
ޣައްޒާ ހުސްކުރުމުގެ ޕްލޭނާ ދެކޮޅަށް ތެދުވުމަށް އަރަބިންނަށް ގޮވާލައިފި

ޣައްޒާ ހުސްކުރުމުގެ ޕްލޭނާ ދެކޮޅަށް ތެދުވުމަށް އަރަބިންނަށް ގޮވާލައިފި

ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕް ގެންގުޅޭ ޕްލޭނާ ދެކޮޅަށް ތެދުވުމަށް ހަމާސްއިން އަރަބި ސަމިޓަކަށް ގޮވާލައިފިއެވެ. ހަމާސްއިން އަރަބި ހުރިހާ ގައުމުތަކަށް ގޮވާލީ، ކުރިއަށް އޮތް އަރަބި ސަމިޓާއި އޯއައިސީގެ މިނިސްޓީރިއަލް ބައްދަލުވުން އެކަމަށް ޚާއްޞަ ކުރުމަށެވެ. ހަމާސްގެ ސްޕޯކްސްޕާސަން ހަޒެމް ގާސެމް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓްރަމްޕްގެ މި ހުށަހެޅުމާ ދެކޮޅަށް މިސްރު، ޖޯޑަން، ސައޫދީ އަރާބިޔާ އަދި އެހެން ގައުމުތަކުން ނަގާފައިވާ ސްޓޭންޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި...

އަޙްމަދު ދާއޫދު
ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ސައޫދީ ކެބިނެޓުން ރުހުން ދީފި

ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ސައޫދީ ކެބިނެޓުން ރުހުން ދީފި

ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަށް ސަޢުދީ އަރަބިއްޔާގެ ކެބިނެޓުން ރުހުން ދީފިއެވެ. މިކަން ހާމަކޮށްފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެވެރިކޮށެވެ. ރާއްޖެ އާއި ސައޫދީ މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އ...

ޔުމްނާ ޢަލީ