މަޖިލިސް ޠާރިޤަށް ރުހުންދިނުމަށް މަޖިލީހުން ފާސްކޮށްފި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 1 ފެބްރުއަީ 2025 ވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) ޢައްޔަނުކުރަށްވާފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޠާރިޤަށް ރުހުންއޮތްތޯ ބަލަން ވޯޓު ނަގާފައެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި އައު ޖަނަރޭޓަރ ސެޓެއް ގެންގޮސް އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަނީ ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލަދިމާވެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ އައު ޖަނަރޭޓަރ ސެޓެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ފެނަކައިން ބުނެފިއެވެ. މިކަން ހާމަކޮށް ފެނަކައިން އިއްޔެ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އައްޑޫސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝާންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރ ސެޓްތަކުގެ ތެރެއިން 3 ގެނެ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
މަޖިލިސް އީސީގެ ރައީސަކަށް ޒާހިރު، ނައިބަކަށް ސޮލާހު އައްޔަން ކުރަން ރުހުންދީފި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ދެބޭފުޅުން މި މަގާމުތަކަށް ޢައްޔަނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުންގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކުރެއްވި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ ރިޕޯޓް މިއަދު ވަނީ މަޖިލީހުގައި އިއްވާފައެވެ. އެ ރިޕޯޓް އިއްވުމަށްފަހު ބަހުސްކުރަން ހުޅުވާލައި އަދި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ވަޓްސްއެޕްގެ ވަލްނަރެބިލިޓީ އަކުން ޖާސޫސް ކުރުމުގެ ނުރައްކާ ވަޓްސްއެޕްގެ ވަލްނަރެބިލިޓީ އަކުން ޖާސޫސް ކުރުމުގެ ނުރައްކަލާ ކުރިމަތިވެއްޖެއެވެ. ރަޝިޔާގެ އިންޓީރިއަރ މިނިސްޓްރީން ހުކުރު ދުވަހު އިންޒާރު ދީފައިވާ ގޮތުގައި، ވަޓްސްއެޕްގައި ވަރަށް ނުރައްކާތެރި ސެކިއުރިޓީ ވަލްނަރެބިލިޓީއެއް ފާހަގަކުރެވިފައިވެއެވެ. މި ވަލްނަރެބިލިޓީގެ ސަބަބުން ޖާސޫސީ ސޮފްޓްވެއަރ އޮޓޮމެޓިކުން ޔޫޒަރުންގެ ފޯނުތަކަށް އިންސްޓޯލްވެއެވެ. ރަޝިޔާގެ ދައުލަތުގެ އާރް.އައި.އޭ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ މިނިސްޓްރީގެ ޑިޕާޓްމަންޓުން ބުނެފައިވަނީ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ވުލްވްސް ބަލިކޮށް ލިވަޕޫލުން ހަމަޖެހިލައިފި އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ވުލްވްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި، ލިވަޕޫލުން ހަމަޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ލިވަޕޫލް މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލިވަޕޫލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 25 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އާސެނަލަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ރޭ މެޗުން […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކުޅިވަރު ޖޯޖް ވިއާގެ ބެލޯން ޑޯ ވިއްކުމަށް މަސްކް އެދުނު ކަމަށް ބުނާ ޚަބަރު ދޮގުކޮށްފި ލައިބީރިއާގެ ކުރީގެ ރައީސް އަދި ފުޓްބޯޅައިގެ ލެޖެންޑް ޖޯޖް ވިއާގެ 1995 ވަނަ އަހަރުގެ ބެލޯން ޑޯ ގަތުމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް އެދުނު ކަމަށް ބުނާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ވެއާ ވިދާޅުވެއްޖެއެވެ. އެކި މީޑިއާތަކުގައި ދައުރުވަމުންދިޔަ ޚަބަރުގައި، މަސްކް އެ އެވޯޑު ގަތުމަށް 1 ބިލިއަން ޑޮލަރު ހުށަހެޅި ކަމަށާއި، ނަމަވެސް އެ ހުށަހެޅުން ވިއާ ދެކޮޅު ހެއްދެވި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން “އަހަރެންގެ ބެލޯން ޑޯ […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ބަލިބޮޑުވެ އެންމެ ދަށް ހަ ޓީމް ތެރޭގައި ޔުނައިޓެޑް އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 8 މެޗުން ބަލިވެ، ޕޮއިންޓް ތާވަލުގެ 15 ވަނައަށް މެންޗެސްޓާ ޔުނައިޓެޑް ސޮއްސާލައިފިއެވެ. ލީގުގައި ރޭ ޓޮޓެންހަމްގެ ދަނޑުގައި ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއިންނެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ބާރަ މެޗުގެ ތެރެއިން އެ ޓީމް ބަލިވި އަށްވަނަ މެޗެވެ. ޔުނައިޓެޑް ހިމެނެނީ ފާއިތުވި ބާރަ މެޗުގެ ތެރެއިން އެންމެ ގިނައިން ބަލިވި ތިން ޓީމްގެ ތެރޭގައެވެ. ޔުނައިޓެޑަށް ވުރެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޔުކްރެއިންގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާ އާއި ރަޝިޔާ ސައުދީގައި ބައްދަލުކުރަނީ ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށްޓަކައި އެމެރިކާ އާއި ރަޝިޔާގެ އިސް އޮފިޝަލުން ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އަރަބިއްޔާގައި ބައްދަލުކުރާނެ ކަމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު އަދި މި މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު ލިބިފައިވާ ފަރާތަކުން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ. އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކް ވޯލްޓްޒް އަދި ހުވައިޓް ހައުސްގެ މެދުއިރުމަތީގެ ކަންކަމާ ބެހޭ ސްޕެޝަލް އެންވޯއި ސްޓީވް ވިޓްކޮފް މި މަޝްވަރާތަކުގައި ބައިވެރިވުމަ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް ވަޒީފާއިން ވަކިކުރި ބައެއް މީހުންނަށް އަނބުރާ ވަޒީފާ ދެނީ ޓްރަމްޕް އިދާރާއިން ވަޒީފާއިން ވަކިކުރި ފެޑެރަލް ނިއުކްލިއަރ ސަލާމަތީ މުވައްޒަފުން އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެން.ބީ.ސީ ނިއުސްއިން ހޯދި މަޢުލޫމާތުން ހާމަވެއްޖެއެވެ. ނަމަވެސް، އެ މުވައްޒަފުންގެ ސަރުކާރުގެ އީމެއިލް އެކައުންޓްތަކަށް އެކްސެސް ގެއްލިފައިވާތީ، އެ މުވައްޒަފުންނާ ގުޅުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެއެވެ. ނޭޝަނަލް ނިއުކްލިއަރ ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (އެން.އެން.އެސް.އޭ) އިން ބުރާސްފަތި ދުވަހު ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. މ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯ މުވައްޒަފުންނަށް ރޯދަމަހާ ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަނެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ރޯދައާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށ ޚާއްޞަ މަޢުލޫމާތު ސެޝަނެއް ބާއްވައިފިއެވެ. ސްޓެލްކޯއިން ބުނީ “ރޯދަމަހަށް ފަރުވާތެރިވުން” ގެ ނަމުގައި ބޭއްވި މި ސެޝަނަކީ އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ބޭއްވި ސެޝަނެއް ކަމަށެވެ. މި ސެޝަން ބޭއްވުނީ ކުރިއަށް އޮތް ރަމަޟާން މަހަށް މުވައްޒަފުން ތައްޔާރުކުރުމަށާއި، އިސްލާމްދީނާ މެދު ލޯބި އިތުރުކޮށް، ނަމާދާއި ރޯދައާ ގުޅޭ މުހިންމު މަޢުލޫމާތު ފޯ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި އައްޑޫގެ ހިތަދޫގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އައްޑޫ ސިޓީގެ ހިތަދޫގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި މިރޭ ޚިދުމަތް ފަށައިފިއެވެ. މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މިއަދު، އައްޑޫ ސިޓީގެ ހިތަދޫ ގޮފީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ހުޅުވާފައިވާ ކަމަށެވެ. މީގެ އިތުރުން، މިހާރުވެސް އެ ގޮފީގައި ދެ އޭޓީއެމް ހުންނަކަން ފާހަގަކޮށް ބޭންކުން ބުނީ، އޭގެ ތެރެއިން އެއް އޭޓީއެމްއަކީ ސެލްފް-ސަރވިސް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސިފަ ބަދަލުކޮށްގެން ވައްކަންކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި މާލޭގެ މާވެޔޮ މަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު، ސިފަ ބަދަލުކޮށްގެން ވައްކަންކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި ދެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ މެންދަމުން އަނބުރާ 2:39 ކަށް ހާއިރު ކަމަށެވެ. ފުލުހުންގެ ބުނެފައިވާ ގޮތުގައި، މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ތިބީ އަންހެން ހެދުން އަޅައިގެންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ދެ މީހަކު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ އުތުރު ސަރަޙައްދުގެ ރަށެއްގައި އިތުބާރުކުރެވޭ ފަދަ މަޤާމެއްގައި ތިބި ދެ މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ތުހުމަތުކުރެވެނީ 2024 ވަނަ އަހަރާއި އޭގެ ދެ އަހަރު ކުރިން ހިނގި ހާދިސާއަކާ ގުޅިގެން ކަމަށް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރަސްފަންނު މޫދަށް އެރޭ ސަރަޙައްދަށް ކިސަޑު ޖަމާވުމާ ގުޅިގެން ބަންދުކޮށްފި ރަސްފަންނު މޫދަށް އެރޭ ސަރަޙައްދަށް ކިސަޑު ޖަމާވުމާ ގުޅިގެން ވަގުތީގޮތުން ބަންދުކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގައި ކިސަޑު ޖަމާވެފައިވާތީ، އެ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރުމަށް އެކަސުން ލިވުން ވަނީ ނިންމާފަ އެވެ. ކައުންސިލްގެ މިރޭ ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން، ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވެ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ދެވޭ ޝަރަފުވެރި އިނާމެކެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު މިފުރުސަތު ހުޅުވާލާފައިވާއިރު، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢު ކޮށްފައެވެ. މި އިނާމަށް ނަން ހުށަހެޅޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ކޮމިޓ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން