ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާކޮށްފި ހއ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާކުރުމާއި އަތޮޅުގެ ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ހއ. ދިއްދޫގައި ބާއްވައިފި އެވެ. މިއަދު ހެނދުނު 9:30 ގައި ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރަށުކައުންސިލްތަކަށް ބަގީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި ރަށު ކައުންސިލްތަކުގެ ފަރާތު... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ މެޒޯ މޯޑު ނިޔާވެއްޖެ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) މިއަދު ނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި މެޒޯ މޯޑު ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މެޒޯ މޯޑު ނިޔާވީ ޓް އެޓޭކެއް ޖެހިގެން ޞިއްޙީ ހާލަތު ގޯސްވެ، އައިޖީއެމްއެޗްގެ އިމަޖެންސީ ޑިޕާޓްމަންޓްގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވި އިރު މެޒޯ މޯޑުގެ އުމުރަކީ 60 އަހަރެވެ. މެޒޯ މޯޑަކީ ރާއްޖޭގެ މިއުޒިކް ދާއިރާއަށް ޚިދުމަތްތަކެއް […] އަލީ އާދިލް · 1 އަހަރު ކުރިން
ވިޔަފާރި އީޓުކުރީގެ ސުޓޯލެއް ރަށު އެކްސްޕޯ 2025 ގައި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިފައިވާ “ރަށު އެކްސްޕޯ 2025” ގައި އީޓުކުރީގެ ސްޓޯލެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕޯސްޓުން ހާމަކޮށްފި އެވެ. މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއްވި ގޮތުގައި، ރަށު އެކްސްޕޯ 2025 ގައި ބެހެއްޓޭ އީޓުކުރި ސްޓޯލުން އޮންލައިން ވިޔަފާރިއެއް ފައްޓަވަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ. މިގޮތުން، މި ޕްލެޓްފޯމްގައި ވިޔަފާރި ރަޖިސްޓްރީކޮށް އޮންލައިން ވިޔަފާރިއެއް ކުރިއަށް ގެންދާނެގޮތާއި، ވިޔަފާރި އިތުރަ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ އަލިދޫ ރިސޯޓާއި ބީނާފުށީގެ ކުލީގެ މައްސަލާގައި ޔޮޓް ޓުއާސަށް ސުޕްރީމް ކޯޓުން ކާމިޔާބު ހއ. އަލިދޫ ރިސޯޓާއި ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުލި ނުދެއްކި މައްސަލާގައި ޔޮޓް ޓުއާސް ކުންފުނީގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިީޓީ (މީރާ) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްގެ އެކައުންޓްތައް 2017 ވަނަ އަހަރު މީރާގެ އެންގުމަކަށް ފްރީޒްކުރީ އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ އަލިދޫ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ އަމިއްލަ ކުންފުންޏަކަށް 60 މިލިއަން ދޭން ދައުލަތަށް ޖެހިއްޖެ ސަރުކާރުން އެދިގެން އަމިއްލަ ކުންފުންޏަކުން އެތެރެކުރި ބޭސްތަކަކަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ދައުލަތަށް ޖެހިއްޖެ އެވެ. ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީން 2008 ވަނަ އަހަރު އެތެރެކުރި ބޭސްތަކަކަށް 32 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރިއިރު, އެ ކުންފުނިން އެތެރެކުރި އެހެން ބޭސްތަކަކާ ގުޅިގެން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ދައްކަން ކުރި ހުކުމެއް ހައި ކޯޓުން އިއްޔެ ވަނީ ދަމަހައްޓައިފަ އެވެ. […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ މީހަކު ޖޯއްޔެއްގައި ބަނދެ، ބޯބާލައި އަނިޔާކުރި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި ސ. ހިތަދޫގައި މީހަކު ޖޯއްޔެއްގައި ބަނދެ، ބޯބާލައި އަނިޔާކުރި މައްސަލައެއްގައި 4 ފިރިހެނުންނާއި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 1:35 ހާއިރު ސ. ހިތަދޫ، މިލޯ ދަނޑު ސަރަޙައްދުގައެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި ސަރަޙައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިފައިވެއެވެ. އިތުރަށް ބެލިބެލުމުން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
މަޖިލިސް މަޖިލީހު ދައުރުތަކާ ގުޅޭ އިސްލާހެއް ގަވާއިދަށް ގެންނަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރާއި ގުޅޭ އިސްލާހެއް މަޖިލީހުގެ ގަވާއިދަށް ގެނައުމަށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ މި މައްސަލާގައި ބުނެފައިވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ޕީއެސްޖީން ބޮޑު މޮޅެއް ހޯދައި ފުރުސަތު ބޮޑުކުރިއިރު ޔުވެންޓަސް އަށް ހަނި މޮޅެއް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ޕީއެސްޖީން ފަސޭހަކަމާއިއެކު ބްރެސްޓް ބަލިކުރިއިރު، ހަނިގޮތަކަށް ޕީއެސްވީ ބަލިކޮށް ޔުވެންޓަސް އިން ފުރުސަތު ބޮޑުކޮށްފިއެވެ. ރޭ ބްރެސްޓްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމަކީ ވެސް ފްރާންސް ލީގުގައި ވާދަކުރާ ދެ ޓީމެވެ. މި މެޗުގައި ޕީއެސްޖީގެ ފޯވަޑް އުސްމާން ޑެމްބެލޭގެ ފަރާތުންވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގައި ޕީއެސްޖީނަ ފުރަތަމަ ލަނޑު ޖަހާ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
މަޖިލިސް ތިން ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުވެއިތު، ބޫޓާނު އަދި ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފިއެވެ. ކުވެއިތުގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ރައީސް ހުށަހަޅުއްވާފައިވަނީ، މިހާރު ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު، އަޙްމަދު ސަރީރެވެ. ބޫޓާނަށް ހުށަހަޅުއްވާފައިވަނީ ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދެވެ. އަދި ސްވިޓްޒަލަންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ރަށުން ބޭރުގައި ޑޯޓްމަންޑުން ބޮޑު މޮޅެއް ހޯދައި ޔަގީންކަން ބޮޑުކޮށްފި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރޭ ރަށުން ބޭރުގައި ސްޕޯޓިންގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ބްރޫޝިއާ ޑޯޓްމަންޑުން ގަދަ 16 ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ރޭ ސްޕޯޓިންގެ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޑޯޓްމަންޑުން ތިން ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 68 ވަނަ މިނެޓުގައި ހޫލިއަން ބްރަންޓް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ގުއިރަސީއެވެ. މިއީ އޭނާ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ "ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްފި ޖުޑިޝަރީ ދާއިރާގެ “ޤަޟާޢީ އަހަރު 2025” ރޭ އިފްތިތާހްކޮށްފިއެވެ. މިއީ ޖުޑީޝަރީ ދާއިރާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިހްތިފާލެކެވެ. މީގެ މަގްސަދަކީ އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ފަހަތުން އަރާ ރެއާލުން ސިޓީ ބަލިކޮށްފި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ގްރީލިޝް ރެއާލުގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ގްވާޑިއޯލް ކޮންޓްރޯލް ކޮށްލާފައި ހާލަންޑަށް ޖައްސާލި ބޯޅަ ފަސޭހަކަމާއިއެކު ހާލަންޑް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ފުރަތަމަ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ފްރާންސްގެ އެންޓިޓްރަސްޓް އިދާރާއިން މައިކްރޯސޮފްޓް ތަހުގީގު ކުރަން ފަށައިފި ފްރާންސްގެ އެންޓިޓްރަސްޓް އޮތޯރިޓީން މައިކްރޯސޮފްޓްގެ ބިންގ ސާރޗް އިންޖިން ބޭނުންކުރާ ކުދި ވާދަވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރާ ގުޅޭގޮތުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގުގައި ބަލަމުންދަނީ ސާރޗް އިންޖިން ސިންޑިކޭޝަންގެ ދާއިރާގައި މައިކްރޯސޮފްޓްއިން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރަމުންދޭތޯއެވެ. މިގޮތުން، ވާދަވެރި ކުންފުނިތަކުން ބިންގ ބޭނުންކުރުމަށް އެއްބަސްވުން ހަދާފައިވާ ގޮތާމެދު ސުވާލު އުފައްދާފައިވެއެވެ. ޕެރިސްގައި ހުންނަ މި އޮތޯރިޓީން ބަލަމުންދާ ގޮތުގައި، ބިންގގެ ސާރޗް ރިޒަލްޓްސް ބޭނު... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ތިން ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ ކުށްވެރިޔަކު ރާއްޖެއިން ފުރައިގެން ދަނިކޮށް ހައްޔަރުކޮށްފި ރާއްޖެއިން ފުރައިގެން ދަތުރުކުރި ތިން ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ ކުށްކުރި މީހަކު ހައްޔަރުކޮށްފިއެވެ. ސިންގަޕޫރުގެ އެންމެ ބޮޑު މަނީ ލޯންޑްރިންގް މައްސަލައިގައި ޖަލަށްލެވުނު 10 މީހުންގެ ތެރެއިން އެކަކު ކަމަށްވާ ވޭންގް ޝުއިމިންގް ދިވެހިރާއްޖެއިން ޕްރައިވެޓް ޖެޓެއްގައި މޮންޓެނީގްރޯއަށް ދަތުރުކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ވޭންގް ހައްޔަރުކުރީ މޮންޓެނީގްރޯގެ ޓިވަޓް އެއަރޕޯޓުގައި ތިބި ބޯޑަރ ޕޮލިހުންނެވެ. ޖަނަވަރީ 28 ވަނަ ދުވަހު މޮންޓެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ދެކުނު ކޮރެއާގެ ސްކޫލެއްގައި ޓީޗަކު 8 އަހަރުގެ ދަރިވަރަކު މަރާލައިފި ދެކުނު ކޮރެއާގެ ޑޭޖިއޯން ސިޓީގައި ހުރި ޕްރައިމަރީ ސްކޫލެއްގައި އަންހެން ޓީޗަރަކު 8 އަހަރުގެ އަންހެން ދަރިވަރަކު ވަޅިން ހަމަލާދީ މަރާލައިފިއެވެ. 40 އަހަރުގެ މި ޓީޗަރު މީހާ މިކަން ކުރިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވެއެވެ. ދެކުނު ކޮރެއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސްކޫލް ނިމުމަށްފަހު، ދަރިވަރު އާޓް ކްލާހަށް ދިއުމުގެ ކުރިން ކުއްޖާ ބަލަހައްޓާ ގަޑީގައެވެ. ކުއްޖާ އާޓް ކްލާހަށް ނުދިއުމުން، އޭނާގެ ބެލެނިވެރިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހު... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން