ރާއްޖެ ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ސައޫދީ ކެބިނެޓުން ރުހުން ދީފި ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަށް ސަޢުދީ އަރަބިއްޔާގެ ކެބިނެޓުން ރުހުން ދީފިއެވެ. މިކަން ހާމަކޮށްފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެވެރިކޮށެވެ. ރާއްޖެ އާއި ސައޫދީ މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް އާއި މޯދީ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި ޓްރަމްޕް އާއި މޯދީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް އެއްބަސްވެފައިވާއިރު، ވައިޓް ހައުސްގައި ބޭއްވުނު ބައްދަލުވުމުގައި، އިންޑިއާއިން އެމެރިކާގައި އުފައްދާ އިތުރު ހަނގުރާމަވެރި މަތިންދާބޯޓާއި، ތެޔޮ އަދި ގޭސް ގަތުމަށް އެއްބަސްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އިންޑިއާއަށް އެފް-35 ސްޓެލްތް ފައިޓަރ ޖެޓް ވިއްކުމުގެ މަގު ތަނަވ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ މުހަންމާ 5 މިލިއަނުގެ ދަރަންޏެއް އަދާކުރަން މަހަކު 83,000ރ. ދައްކަން ހުކުމެއް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް މަހަކު 83,000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި، ކުރިން ވެސް ސިވިލް ކޯޓުން ވަނީ މުހަންމާ އަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ، ބީއެމްއެލްއިން ވަނީ އެ ހުކުމް ތަންފީޒުކޮށް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސްނޯކްލިން އަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެއްލިއްޖެ ސިނަމަން ދޮންވެލި ރިސޯޓް ކައިރީގައި ސްނޯކްލިންއަށް ގޮސްއުޅުނު ފިރިހެން ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މި ފަތުރުވެރިޔާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުމާއެކު، ވަގުތުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ އެހީތެރިކަން ދަނީ ހޯދަމުންނެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުރީގެ ފިރިމީހާ މަރާލި ނަޒާހާއަށް ސުޕްރީމް ކޯޓުން ނާކާމިޔާބު ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާގެ އިއުތިރާފުން ސާބިތުވުމުންނެވެ. ނަޒާހާ ބުނާގޮތުގައި ޝާހިދު މަރާލީ އޭނާގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. ސުޕްރީމް […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ހަނިމާދޫގައި ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ ދެމައިން ހައްޔަރުކޮށްފި ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޕީސީބީގެ ރައީސް ޙަމްދީ ޢަޤީލް މަޤާމުން ވަކިކޮށްފި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ޙަމްދީ ޢަޤީލް މަޤާމުން ވަކިކޮށްފިއެވެ. ސަރުކާރުގެ ބައެއް އިސް އޮފިޝަލުން މިކަން ކަށަވަރުކޮށްދިން ނަމަވެސް، މިހާތަނަށް ސަރުކާރުން މިކަން ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ. ޙަމްދީ ޢަޤީލް ޕީސީބީގެ ރައީސްކަމުގެ މަޤާމަށް އައްޔަނުކުރެވުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ. ޙަމްދީ ޢަޤީލަކީ ސަރުކާރުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ނުރައްކާތެރި ކުށްވެރިއެއްކަމަށް ތުހުމަތުވާ މީހަކު ރާއްޖެ ގެނެސް ހައްޔަރުކޮށްފި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުރައިގެން ދިޔުމުން އަނބުރާ ރާއްޖެ ގެނެސް މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިހާރު ހިނގަމުންދާ މާރާމާރީތަކުގެ ތުހުމަތު ކުރެވޭ، އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ 31 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ފަރާތް ފުލުހުންގެ ބެލުމުގ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (48) ކުރީގެ އަދަދާއި ގުޅޭ: ހައިރާންކަމާއިއެކު އަރޫޝާއަށް ދާއިންގެ މޫނަށް ބަލަން ހުރެވުނީއެވެ. އަރޫޝާއާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ، މޭޒުމަތީގައި ހުރި ދަބަސް ނަގައިގެން ދާއިން ހިނގައިގަތީ ނިކުންނާށެވެ. ” ދާއިން…” އެއާއެކު އަރޫޝާ ބަލި އަޑަކުން ގޮވާލިއެވެ. ” އަހަންނަކަށް ނެތް ވަގުތެއް. ފެރީ ގަޑި ވަރަށް ކައިރި ވެއްޖެ.” ދާއިން ބުނެލިއެވެ. އޭރު އޭނާ ހުރީ ދޮރާ ހިސާބަށް ގޮހެވެ. ” އަހަރެން ބޭނުން ދާއިންއާ ވާހަކަ ދައްކަން.” އަރޫޝާ ބުންޏެވެ. ” ކިތަންމެ […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ވިޔަފާރި ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، 19,789 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެ އިތުރުން 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. މިއީ 11.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯލްގެ ކޮލިޓީ ރަނގަޅު ކޮށްދޭ އައިފޯންގެ ސީކްރެޓް ފީޗާއެއް ފޯނު ކޯލުތަކުގެ އަޑުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅުކޮށްދޭ އައު ފީޗަރެއް އައިފޯނު ގައި ހުންނަކަން އެނގޭހެއްޔެވެ؟ އެޕަލްއިން 2023 ވަނަ އަހަރުގެ ތެރޭގައި ނެރުނު އައިއޯއެސް 16.4 އަޕްޑޭޓާއެކު، “ވޮއިސް އައިސޮލޭޝަން” ނަމަކަށް ކިޔާ މި ފީޗަރގެ ބޭނުން ގިނަބަޔަކަށް އަދި އެހާރަނގަޅަށް ނޭންގިދާނެއެވެ. މި ފީޗަރ މެދުވެރިކޮށް، ފޯނު ކޯލުތަކުގައި އަޑުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ. ވޮއިސް އައިސޮލޭޝަން ފީޗަރ އެކްޓިވޭޓްކުރުމުން، ފޯނު ކޯލުގައި ވާހަކަދައްކާއިރު ފަހަތުން އިވޭ އެހެނިހެން އަޑުތައް މަޑުކޮށްދ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ލީބިޔާގެ ސްޓޭޓް ވަޒީރަކަށް އަމާޒުކޮށް ދިން މަރުގެ ހަމަލާއަކުން ސަލާމަތްވެއްޖެ ލިބިޔާގެ ވެރިރަށް ޓްރިޕޮލީގައި ދައުލަތުގެ ސްޓޭޓް ވަޒީރަކަށް އަމާޒުކޮށް ދިން މަރުގެ ހަމަލާއަކުން އެ ވަޒީރު ސަލާމަތްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުއެވެ. ސަރުކާރުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކެބިނެޓް ކަންކަމާ ބެހޭ ދައުލަތުގެ ވަޒީރު އާދިލް ޖުމާ ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް ނޭނގޭ ބަޔަކު ވަނީ ސީދާ ބަޑިން ހަމަލާދީފައެވެ. ޓްރިޕޮލީގައި އޮންނަ ނޭޝަނަލް ޔުނިޓީ ސަރުކާރުން މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި ވަޒީރުގެ ޞިއްޙީ ހާލަތު ރަނގަޅު ކަމަށާއި... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް އާއި ޕުޓިން ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާކުރައްވައިފި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިން ޔޫކްރެއިންގެ ހަނގުރާމަ ނިންމުމަށްޓަކައި ވާހަކަދައްކަވައިފިއެވެ. މި ދެ ރައީސުން ގާތްގަނޑަކަށް އެއްގަޑިއިރާއި ތިރީސް މިނެޓު ވަންދެން ފޯނުން މަޝްވަރާކުރެއްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ދެ ޤައުމުގެ ވެރިން ވަނީ ގާތުން މަސައްކަތްކުރުމަށް އެއްބަސްވެފައެވެ. “އަޅުގަނޑުމެން ދެ ޤައުމުގެ ބާރުގަދަކަމާއި، މުސްތަޤުބަލުގައި އެކުގައި މަސައްކަތްކުރުމުން ލިބޭނެ ފައިދާތަކާ މެދު ވާހަކަދެއްކީމެވެ،” ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވިއެވެ.... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ވިޔަފާރި ޓެކްސީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއަށް، ވަޒީރު ވިދާޅުވީ ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލްތައް ބޭނުންކޮށްގެން ދޭ ޚިދުމަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ އެ ވުޒާރާގެ ޑިރެކްޓަރ ޖެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުޅެން ހުއްޓާ ވެއްޓުނު ގައިދީއަކު މަރުވެއްޖެ މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއް މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީ ގައިދީއަކު މިއަދު މަރުވެފައިވާ ކަމަށެވެ. ކަރެކްޝަންސް އިން މައުލޫމާތުދިން ގޮތުގައި މަރުވެފައި ވަނީ ނައިޖީރިއާގެ ރައްޔިތެއްކަމަށްވާ އުމުރުން 35 އަހަރުގެ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ކިޔާ ގައިދީ އެކެވެ. ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން