ޗެލްސީއާއި ފްލުމިނެންސޭ ކްލަބް ވޯލްޑް ކަޕްގެ ސެމީއަށް
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެލްސީއާއި ފްލުމިނެންސޭއިން ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފްލުމިނެންސޭއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ، ކުއާޓާ ފައިނަލުގައި ރޭ އަލް ހިލާލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ރޭ އޯލާންޑޭގެ ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ފްލުމިނެންސޭ އިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ 40 ވަނަ […]