ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ސިވިލް ސަރވިސް ކޮމިޝަނުގެ 3 މެންބަރެއްގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިޢުލާނުގައިވާ ގޮތުން، މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ބަލައިގަންނާނީ ރަސް...