ވައްކަމުގެ ތުހުމަތުގައި ފުލުހުން ލޯ ނަރުތަކެއް ހިފެހެއްޓުމުން, އެ ތަކެތި ހޯދަން ފުލުހުންނާ ދެކޮޅަށް ދައުވާކުރި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

އއ. މަތިވެރި، އިރަމާގެ އާދަމް ޝަރީފް ފުލުހުންނާ ދެކޮޅަށް ދައުވާކުރީ އޭނާ އެކި މީހުންގެ އަތުން ގެނެފައިވާ ބާ ލޯނަރުތަކެއް, އޭނާގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް ފުލުހުން ހިފަހައްޓާފައިވާތީ އެތަކެތި ހޯދުމަށާއި އެ ތަކެތި ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދު ހޯދުމަށެވެ.

Ad
rt

ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ދައުލަތުގެ އިދާރާއަކުން އަޅާ ފިޔަވަޅެއްގެ ސައްހަކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާ ދައުވާއެއް ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް އޭނާ ދައުވާ ކޮށްފައިވަނީ އިހްތިލާފު އޮންނަ ބާވަތުގެ ދައުވާއެއްގެ ގޮތުގައި ކަމަށްވާތީ އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

އާދަމް ޝަރީފްގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް ފުލުހުން ހިފެހެއްޓި ފައިސާތަކެއްގެ މައްސަލާގައި އެ ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކުރިން ހުކުމްކުރި އެވެ.