ބޭރުގެ ބުކިން ސައިޓެއްގެ ނަމުގައި ރާއްޖޭގައި ވިޔަފާރި ނަމެއް އޮތުމުން ކޯޓަށް, މައްސަލަ ނާކާމިޔާބު
ރާއްޖެއިން ބޭރުގެ ބުކިން ވެބްސައިޓެއްގެ ނަމާ ވައްތަރު ނަމެއްގައި ރާއްޖޭގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ މައްސަލާގައި ބޭރުގެ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ. މެލޭޝިއާގައި ރަޖިސްޓްރީކޮށްގެން ދުނިޔޭގައި ހިންގާ ބުކިން ވެބްސައިޓެއް ކަަމަށްވާ މައިއެންޒެޑްޓްރިޕް.ކޮމްއަކީ އެކި ގައުމުތަކަށް ދަތުރުކުރާ ފްލައިޓްތަކާއި ހޮޓެލް ބުކިންތައް ހެދޭ ވެބްސައިޓެކެވެ. މައިއެންޒެޑްޓްރިޕް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރާއްޖޭގައި ކުންފުންޏެއް...