ރާއްޖެ ދިވެއްސަކު ރަހީނުކޮށް އަނިޔާކުރަމުން ދަނިކޮށް ސަލާމަތްކޮށްފި މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރަމުންދަނިކޮށް އެމީހާ ސަލާމަތްކޮށް، ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާލެއިން އެއްގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތަކަށް މީހަކު ހިފަހައްޓައި އަނިޔާކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ (2 ޖުލައި 2025) ގައި ހުށަހެޅުނުކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން، އަނިޔާ ކުރަމުން ދިޔަ މީހާ ހުރި ތަން ހޯދައި، މިއަދު (3 ޖުލައި 2025) ގައި އެ މީހާ ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ތަރި ޑިއޯގޯ ޖޯޓާ މަރުވެއްޖެ ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޑިއޯގޯ ޖޯޓާ އަދި އޭނާގެ ކޮށްކޮ އަންދްރޭ ސިލްވާ، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މިކަން ބުރާސްފަތި ދުވަހު ސްޕެއިންގެ ފުލުހުން ކަށަވަރުކޮށްދީފައިވާއުރު، ސްޕެއިންގެ ސިވިލް ގާޑުން އެސޯސިއޭޓެޑް ޕްރެސްއަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އެ ޤައުމުގެ ހުޅަނގު އުތުރުގައިވާ ޒަމޯރާ ސިޓީ ކައިރީގައި، އެ ދެ ބެއިން ދުއްވި ކާރު ކޮންޓްރޯލް ނުވެގެންނެވެ. އޮތޯރިޓީތަކުން ފާހަގަކުރި ގޮތުގައި މި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރަށް ހުދު ސަމާލު، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އުތުރުގެ އަތޮޅުތަކަށް މިއަދު ހަވީރު 15:45 އިން ފެށިގެން 20:00 އާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފި އެވެ. މޫސުމާ ބެހޭ އިދާރާއިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ސަރަހައްދުގެ ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާފާނެކަމަށް ލަފާކުރެވެއެވެ. މިވަގުތު ހަނިމާދޫގެ ފިނިހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ. އެ ސަރަހައްދުގައި ގުގުރުމާއެކު ވިއްސާރަވެހޭކަމަށް ވެސް […] އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ އިސްލާމީ ކުތުބުޚާނާ ހުޅުވާނީ 15000 ފޮތާއެކު ސަލްމާން މިސްކިތުގައި ތަރައްޤީ ކުރަމުންދާ އިސްލާމީ ކުތުބުޚާނާ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން މިއަދު މަޝްވަރާކުރައްވާފައިވެއެވެ. މި ކުތުބުޚާނާ ހުޅުވިގެންދާއިރު 15 ހާސް ފޮތް ހިމެނޭނެކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ "ރަށު މާރުކޭޓު" ރެއިޑުގައި 37 ފަރާތެއް ޗެކްކުރިއިރު، ގަވާއިދާ ހިލާފަށް 15 ބިދޭސީން ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ “ރަށު މާރުކޭޓު” ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކުރެވުނު އިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ތެރޭގައި 10 ފިރިހެނުންނާއި 5 […] އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕްކޮށް، ނޭޗަރ ޕާކާއި އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިންކުރަން ހަވާލުކޮށްފި ށ. ފޯކައިދޫ ކައުންސިލުން ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމާއި، ނޭޗަރ ޕާކް ކޮންސެޕްޓް ޑިޒައިނިންގ އަދި އެ ރަށު އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކުރެވުނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް ‘ތިލަދުން’ އަށް މައުލޫމާތުދީ ވިދާޅުވެފައިވަނީ މި އެއްބަސްވުންތަކުގެ ދަށުން... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ކޯޓަށް އެއްބާރުލުން ނުދޭތީ ބަންދުކުރި މަންޑޭ ކޯޓުން ދޫކޮށްލައިފި ކޭ ޕާކު ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ޝަރީއަތް ނިމެންދެެން ބަންދުކުރި ހަސަން މަމްދޫހު (މަންޑޭ) ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. ކޭޕާކް ހަދަމުންދާ ކުންފުނި ކަމަށްވާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާ މައްސަލާގައި މިދިޔަ ހަފުތާގައި […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ މާލެއިން މީހަކު ގެއްލިގެން ހޯދަނީ މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފި އެވެ. ގެއްލިގެން ހޯދަމުންދާ ފަރާތަކީ ޏ. ފުވައްމުލައް، ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ސާމީ ޢަބްދުލްޙަމީދުގެ އެއްވެސް ޚަބަރެއް ލިބިފައިނުވަނީ 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ ގެއްލިފައިވާކަން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހުގެ ހަވީރު 18:16 ގައެވެ. […] އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު 88 ކުޅުންތެރިންނާއެކު ކުޅުދުއްފުށީ ބެޑްމިންޓަން މުބާރާތް މާދަމާ ފަށަނީ ހދ. ކުޅުދުއްފުށީ ސިޓީގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ “ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތް 2025” ގެ ގުރުވަތު ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ބެޑްމިންޓަން އެރީނާގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިއަދު ބޭއްވި ގުރުވަތު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ މުޅި ޖުމްލަ 5 ކެޓަގަރީއަކަށް މި މުބާރާތުގައި ކުޅެވޭގޮތަށް ގުރުވަތު ނަގާފައ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ، މިއަދު (3 ޖުލައި 2025) ހެނދުނު، މާލޭގައި ހުންނަ ގެއެއްގައި ހުއްދަނޫން ގޮތުގައި ބަންދުކޮށްފައި ހުރި ބިދޭސީ ފިރިހެނެއް، އެ ޚިދުމަތުން ހަރަކާތްތެރިވެ ސަލާމަތްކޮށްފައިވާ ކަމަށެވެ. ފުލުހުން ދިން މައުލޫމާތު ތަކަށް ބަލާއިރު، މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުނީ މިއަދުގެ ހެނދުނު 6:00 އެހައިކަށްހާއިރުއެވެ. މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓު ލި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ މީހަކު ބެހެއްޓި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޝިޔާމްގެ މައްޗަށް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ސައޫދީއަށް ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުން 49.4 ބިލިއަން ރިޔާލުގެ ރެކޯޑު އާމްދަނީއެއް ސައުދީ އަރަބިއްޔާ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ ފަރާތުން 49.4 ބިލިއަން ސައުދީ ރިޔާލް (13,338,000,000 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ޤައުމުގެ ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. ސައޫދީ ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާއިން ބޭރުގެ ފަތުރުވެރިން އެ ޤައުމުގައި ޚަރަދުކުރުމުގައި ރެކޯޑު އަދަދަދެކެވެ. މިގޮތުން ސައޫދީގައި ބޭރުގެ ފަތުރުވެރިން ކުރި ޚަރަދު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 49.4 ބިލިއަން ސައުދ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާނުލެވޭކަމަށް އެންމެފަހުން އެމެރިކާ އެއްބަސްވެއްޖެ އިސްރާއީލަށް އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށް ނުލެވުމުން ހަމަލާގައި ބައިވެރިވެ އީރާންގެ ނިއުކްލިއަރ ތިން ތަނަކަށް ހަމަލާދިނުމަށްފަހު އެތަންތަން ”ފުނޑުފުނޑުކޮށްލެވިއްޖެ”ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވިޔަސް، އެތަންތަން ނައްތާނުލެވޭކަން އެމެރިކާއިން އެންމެފަހުން އެއްބަސްވެއްޖެއެވެ. ރާގުބަދަލުކޮށް އެމެރިކާގެ ޕެންޓަގަނުން މިހާރު ބުނަނީ އެ ޤައުމުން އީރާނަށް ދިން ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއް އަހަރަށް ނުވަތަ ދެ އަހަރަށް ފަހަތ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކޮލަމް ތިބާގެ ޖަނާޒާ އަށް ފަހު، ދެން ވެގެންދާގޮތް ކިޔާލަބަ! އިންސާނާގެ ދުނިޔެވީ ދިރިއުޅުމުގެ އެންމެ ފަހު ވަގުތަކީ މަރެވެ. އަދި އެއަށްފަހު އަންނަނީ ކަށުކަމާކެމީގެ މަރުހަލާއެވެ. ނަމަވެސް މިއަދު ވިސްނާލާ ފިކުރުކޮށްލަން މިއުޅެނީ ކަށުކަމާކެމީގެ ފަހުން އަންނަ ދުވަސްތަކާ މެދުގައެވެ. މިއީ ކޮންމެ މީހަކަށް ޔަޤީނުންވެސް ކުރިމަތިވާނެ ހަޤީގަތެކެވެ. ކުރިމަތިން ފެންނަމުން ދިޔަ ނަމަވެސް ވިސްނާ ނުލެވުނަސް، ކަން ވެގެންދާ ގޮތެވެ. ތިބާގެ މަރުގެ ޚަބަރު ރައްޓެހިންނާއި ދަންނަ މީހުންނަށް ފެތުރިގެން ދަނީ ވަރަށް ބާރަށެވެ. އެގޮތުން، ގިނަފަހަރަށް ޖަނާޒާގެ މަޢުލޫމާތު ލިބެނީ މީސް މީޑ... Thiladhun · 1 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާކުރައްވާފައިވެއެވެ. މި ދަތުރުފުޅުގައި ވަނީ ޤާބިލުކަން އިތުރުކުރުމާއި، ތިމާވެށީގެ ތަރައްޤީއާއި، ތަޢުލީމީ ދާއިރާއިންނާއި، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން