މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ތުރުކީން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ އަށް

ތުރުކީން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ އަށް

ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މަނަވަރު އިއްޔެ ރާއްޖެ އަށް ފޯރައިފިއެވެ. މި މަނަވަރު ރާއްޖެ އަށް ގެނެސްފައިވާއިރު، މި މަނަވަރު ބޭނުންކުރަން ފެށުމަށް މި މަނަވަރު އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މަނަވަރު ރާއްޖެ ގެނެސްފައިވާކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިން މީސްމީޑިއާގައި އިއްޔެ ވަނީ މި މަނަވަރުގެ ފޮޓޯ ހިމަނައި، ރާއްޖެ އާއި ތުރުކީ...

ޔުމްނާ ޢަލީ
ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވީ 18 އަހަރުގެ ޒުވާނެއް

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވީ 18 އަހަރުގެ ޒުވާނެއް

ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ހަސަން، ހ.ފިލިމާގެ/މާލެ އެވެ. އައިކު އާއި އެކު ކާރުގައި އިން އަންހެނަކު ވެސް ރޭ ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެ އަންހެންމީހާ ދޫކޮށްލާފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. ފުލުހުން ރޭގައި ބުނިގޮތުގައި ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (3)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (3)

ކުރީގެ އަދަދާއި ގުޅޭ: ” ހޫމް ދެން މާ ވާހަކަ ގިނަ ނުކޮށްބަލަ. ތައިބާ ކައިރީ ބުންޏަސް، ނުބުންޏަސް އަހަރެން އެ ފްލެޓް ގަނެފިން. ދެން ޗުކުޗުކު ލެއްވިޔަސް އެކަން ނުކުރާ ކަމަކަށް ނުވާނެ. އަހަރެން ކޮއްދޭ ކަންކަމަށް ޝުކުރުވެރިވާން ވެސް ނޭނގޭ އަންހެނެއް ތިއީ.” އެހެން ބުނުމަށްފަހު ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ވީ ދެރައިން، ރޮވޭކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ސޯފާއަށް އަހަރެން ތިރިވީމެވެ. ” ދެން ހަމަ އެކަމާތަ ތި މޫޑު […]

ސަލާމާ ޢަބްދުލް ޢަލީމް
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ, ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި

ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ, ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް އިއްޔެ ހަވީރު ފަށައިފިއެވެ. މުޅި ޖުމްލަ 8 ޓީމެއް ހިމެނޭ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕެއްގައި 4 ޓީމެއް ހިމެނޭގޮތަށެވެ. މިގޮތުން “ގްރޫޕް އޭ” ގައި ހިމެނެނީ ކްލަބް ކޮރަލްސް، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަދި ހީވެސް ނުވޭ ޓީމެވެ. އަދި “ގްރޫޕް ބީ” ގައި ހިމެނެނީ ކެތި އަރާ، ކަނޑިތީމު […]

އައިޝަތު އައިނީ އާމިރު
ނުރައްކާތެރިކޮށް ކާރެއްދުއްވި ފިރިހެނަކާއި އެ ކާރުގައި އިން އަންހެނަކު ހައްޔަރުކޮށްފި

ނުރައްކާތެރިކޮށް ކާރެއްދުއްވި ފިރިހެނަކާއި އެ ކާރުގައި އިން އަންހެނަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރެއްދުއްވި ފިރިހެނަކާއި އެ ކާރުގައި އިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ފުލުހުން އެދުމުން އެ ކާރު ވަނީ މަޑުނުކޮށް ފޭސް 1 އާއި ފޭސް 2 ގައި ބާރު ސްޕީޑްގައި ދުއްވާފައެވެ. އެ ކާރު ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔުމުން އެ ކާރުގެ ފަހަތުން ދިޔަ ފުލުހުންގެ ސައިކަލާއި ކާރު ޖެހި ވަނީ އެކްސިޑެންޓްވެފައިކަމަށް ފުލުހުން ބުންޏެވެ. މި […]

ޔުމްނާ ޢަލީ
ހއ.އަތޮޅުގައި ބާއްވާ މެޑިކަލް ކޭންޕުގައި ނަންނޯޓު ކުރުމަށް އާދީއްތަ ދުވަހު ހުޅުވާލަނީ

ހއ.އަތޮޅުގައި ބާއްވާ މެޑިކަލް ކޭންޕުގައި ނަންނޯޓު ކުރުމަށް އާދީއްތަ ދުވަހު ހުޅުވާލަނީ

ހއ އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭންޕުގައި ނަންނޯޓުކުރަން އާއްމުކޮށް ހުޅުވާލައިފިއެވެ. މި އޮގަސްޓް މަހު 15 އިން 16 އަށް ކުރިއަށް ގެންދާ މި ކޭންޕަކީ ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އާސަންދަ ކޮމްޕެނީ އާއި ގުޅިގެން އެ އަތޮޅު ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭންޕެކެވެ. އެގޮތުން މި ކޭންޕުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންނަކީ: އަންހެނުންގެ ހާއްސަ ޑޮކްޓަރު – […]

އައިޝަތު އައިނީ އާމިރު
ވީއައިއޭގައި ދެ އަންހެނުންގެ މެދުގައި މާރާމާރީއެއް

ވީއައިއޭގައި ދެ އަންހެނުންގެ މެދުގައި މާރާމާރީއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދެ އަންހެނުންގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި ވީއަައިއޭގައި މާރާމާރީއެއް ހިނގައިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި މާރާމާރީ ހިނގައިގެން އުޅޭ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަގޮތުގައި ދެ އަންހެނުން ހިފައިގަނެގެން އުޅޭތީ ދުރުކުރަން ބަޔަކު މަސައްކަތްކުރާތަން ފެނެއެވެ. އަދި މާގިނަ އިރެއްނުވެ އެ ދެމީހުން ދުރުކުރާތީ ވެސް ފެނެއެވެ. މައުލޫމާތު ލިބޭގޮތުގައި އެތަނުން އެއް އަންހެނެއ...

ޔުމްނާ ޢަލީ
ށ.އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް މިލަންދޫ ސްކޫލް

ށ.އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް މިލަންދޫ ސްކޫލް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ށ. އަތޮޅު ޤުރުއާން މުބާރާތް 2025” ގެ ފަޚުރުވެރި އެއްވަނަ ސްކޫލަކަށް އެ އަތޮޅު މިލަންދޫ ސްކޫލް ހޮވިއްޖެއެވެ. މި އޮގަސްޓް މަހު 7 އިން 8 އަށް ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ށ އަތޮޅުން މުޅި ޖުމްލަ 124 ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގެ ނާތީޖާފާޅުކުރުމާއި އިނާމުދިނުމުގެ ރަސްމިއްޔާތު ވަނީ މިއަދު ބާއްވާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދިވެހި ބަހުގެ […]

އައިޝަތު އައިނީ އާމިރު
ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން: ފުލުހުން

ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން: ފުލުހުން

މިއަހަރުގެ ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުންކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި 1 ޖޫން 2025 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައެވެ. ”މި މަޢުލޫމާތައްބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން. ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކުރާނަން.” ފުލުހުން...

ޔުމްނާ ޢަލީ
ރާއްޖެ-ސިިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިކުރަށްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

ރާއްޖެ-ސިިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިކުރަށްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެ ގައުމުގެ ލާބައަށް ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރާނޭކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަންދެއްވީ ސިންގަޕޫރުގެ 60 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯވްރެންސް ވޮންގްއަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވި ސިޓީފުޅުތަކުގައެވެ. މި ސިޓީފުޅުތަކުގައި ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ސިންގަޕޫރުން ހޯދާފައިވާ ކާމިޔާބީތ...

ޔުމްނާ ޢަލީ
ފުރަތަމަ މެރަތަން، ކާމިޔާބީގެ އަސްލަކީ ކެރުމާއި ހިތްވަރާއި އަޒުމް

ފުރަތަމަ މެރަތަން، ކާމިޔާބީގެ އަސްލަކީ ކެރުމާއި ހިތްވަރާއި އަޒުމް

ދުވުމަކީ ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް އޮންނަ ކަމެއް ނަމަވެސް، 42.2 ކިލޯ މީޓަރު ދުވެ، މެރަތަން އެއް ފުރިހަމަ ކުރުމަކީ، ދުވަހަކު ވެސް ކުރަން ވިސްނާފައި އޮތްކަމެއް ނޫނެވެ. އެކުވެރިންގެ ތެރޭގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާއިރު ތަފާތު މިޒާޖުގެ މީހުން ތިބިއިރު، އެކުވެރިންނާއިއެކު ކޮފީތަކަށްގޮސް ހިއްސާކުރެވޭ ވާހަކަތަކުގެ ތެރޭގައި، އެއް އެކުވެރިއަކު ވަރަށް ގިނައިންބުނާ ވާހަކައެއް އޮވެއެވެ. “އިންޓަނޭޝަނަލް މެރަތަން އެއްގައި ދުވުމަކީ ވަރަށް ބޮޑު ޑްރީމެއް” ކަމަށެވެ. އެކަމަށް މާބޮޑު ސަމާލުކ...

އިބްރާހިމް ޚަލީލް
ކުމުންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ކުމުންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުމުންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ކުމުންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް https://forms.cloud.microsoft/r/STZwacjBnD މެދުވެރިކޮށް ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށެވެ. އ...

އައިޝަތު އައިނީ އާމިރު
މާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓް ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓް ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން  ބުނެފިއެވެ. ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި މާލެއަށް ކަރަންޓު ދެވިފައިކަމަށެވެ. މުޅި ހުޅިމާލެއަށް ކަރަންޓްދީ ނިންމާލެވިފައިވާކަމަށް ސްޓެލްކޯއިން ކުރިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ދީނިންމާލިކަން އެ ކުންފުނިން ހާމަކުރީ 11:30 ހާއިރުއެވެ. ”ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހ...

ޔުމްނާ ޢަލީ
މާލޭގެ ގިނަ ސަރަހައްދުތަކަށާއި މުޅި ހުޅުމާލެއަށް ކަރަންޓުދީފި

މާލޭގެ ގިނަ ސަރަހައްދުތަކަށާއި މުޅި ހުޅުމާލެއަށް ކަރަންޓުދީފި

މުޅި ހުޅުމާލެއަށް މިހާރު ކަރަންޓުދެވިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި ހުޅުމާލެއަށް ކަރަންޓު ދެވިފައިކަމަށެވެ. އަދި މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. ”މާލޭގެ ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން.” ސްޓެލްކޯއިން ބުންޏެވ...

ޔުމްނާ ޢަލީ
އިސްރާއީލުގެ ނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއް: އިނގިރޭސި ބޮޑުވަޒީރު

އިސްރާއީލުގެ ނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއް: އިނގިރޭސި ބޮޑުވަޒީރު

އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމިނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއްކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ވިދާޅުވެއްޖެއެވެ. މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ، އެތަނުގައި ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން އިއްޔެ ވަނީ ފާސްކޮށްފައެވެ. މި ނިންމުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ނެރުއްވި ބަޔާ...

ޔުމްނާ ޢަލީ