މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމަށް އެމްއެމްއޭގެ 15 ސްކޮލަރޝިޕް

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމަށް އެމްއެމްއޭގެ 15 ސްކޮލަރޝިޕް

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސްކޮލަރޝިޕް ދޫކޮށްފިއެވެ. މި ސްކޮލަރޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ މިއަދު އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވަރސިޓީގެ އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ...

އިބްރާހިމް އަސްވާޤް
ޣައްޒާގެ މަންޒަރުތައް ބަލަން ކުޅަދާނައެއްނޫން، އިސްރާއީލްގެ ޕްލޭން ގެންގޮސް ހަނގުރާމަ ހުއްޓާލަންޖެހޭ: ފްރާންސް

ޣައްޒާގެ މަންޒަރުތައް ބަލަން ކުޅަދާނައެއްނޫން، އިސްރާއީލްގެ ޕްލޭން ގެންގޮސް ހަނގުރާމަ ހުއްޓާލަންޖެހޭ: ފްރާންސް

ޣައްޒާ ސިޓީ އަދި މުޅި ޣައްޒާ ސަރަޙައްދު ކޮންޓްރޯލް ކުރުމަށް އިސްރާއީލުން ހިންގަން ރާވާފައިވާ ހަނގުރާމަވެރި އޮޕަރޭޝަން ފުޅާކުރުމުގެ ޕްލޭން ކުށްވެރިކޮށް އެ ޕްލޭން ވަގުތުން އަނބުރާ ގެންދިޔުމަށް ފްރާންސުން ގޮވާލައިފިއެވެ. ޣައްޒާގެ މަންޒަރުތައް ބަލަން ކުޅަދާނައެއްނޫން، އިސްރާއީލްގެ ޕްލޭން ގެންގޮސް ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލަންޖެހޭ: ފްރާންސް ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ނިންމުމުން މިއަދު ބޭއްވި އެކުވެރި ދައުލަތްތައް (އދ)ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ޖަލްސާގައި ވާހަކަދައްކަވަމުން ފްރ...

ޔުމްނާ ޢަލީ
ގުޅިފަޅުގެ 843 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި

ގުޅިފަޅުގެ 843 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 843 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައެވެ. މި މަސައްކަތް އަލުން ފެށުމަށް ނިންމާފައިވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގަން ޖެހުމާ ގުޅިގެންނެވެ. ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިނ...

ޔުމްނާ ޢަލީ
ޣައްޒާއަކީ ފަލަސްތީނު ސަރަޙައްދުން ވަކިނުކުރެވޭނެ، ފަލަސްތީނު ރައްޔިތުންގެ ތަނެއް: ޗައިނާ

ޣައްޒާއަކީ ފަލަސްތީނު ސަރަޙައްދުން ވަކިނުކުރެވޭނެ، ފަލަސްތީނު ރައްޔިތުންގެ ތަނެއް: ޗައިނާ

ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ ތަނެއްކަމަށާއި، ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ކުރާ މަސައްކަތަށް ހަރުކަށިކަމާއެކު ދެކޮޅުހަދާކަމަށް ޗައިނާއިން މިއަދު ބުނެފިއެވެ. ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ނިންމުމުން މިއަދު ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޗައިނާއިން އދ. ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ފޫ ކޮންގް ދެއްކެވި ވާހަކާގައި ވިދާޅުވީ، އިސްރާއީލުން ޣައްޒާ “އޮކިއުޕައި” ކުރުމަށް ކުރާ އެއްވެސް މަސައްކަ...

ޔުމްނާ ޢަލީ
އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް މިފްކޯއިން މިއަހަރު ފަށަނީ

އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް މިފްކޯއިން މިއަހަރު ފަށަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް މިއަހަރު ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ކުންފުނިން ކޮށްފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މ...

ޔުމްނާ ޢަލީ
އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ތަޢާރަފުކޮށްފި

އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ތަޢާރަފުކޮށްފި

ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް “ތަމްވީލް ފިންލިޓް ފެސްޓިވަލް 2025” މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަޢާރަފުކޮށްފިއެވެ. މި ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީޢުއެވެ. އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަކީ މިއަދު ވަރަށް މުހިންމު ކަމެކެވެ. މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނާއި، ޒުވާނުނ...

އިބްރާހިމް އަސްވާޤް
އެކްސިޑެންޓެއްގައި އަންހެނަކަށާއި 15 އަހަރާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

އެކްސިޑެންޓެއްގައި އަންހެނަކަށާއި 15 އަހަރާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށާއި 15 އަހަރާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިރޭ ބުނިގޮތުގައި އައްޑޫ ސިޓީގެ ހިތަދޫ ހީނާ މަގުގައި ދެ ސައިކަލް ޖެހި މިރޭ ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 21:17 ހާއިރުއެވެ. މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލް ދުއްވި އަންހެންމީހާ އަށް އަނިޔާވެފައިވާއިރު، އަނެއް ސައިކަލް ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާ އާއި އެ ސައިކަލް ފަހަތުގައި […]

ޔުމްނާ ޢަލީ
ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ފ.ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމުގައި އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރީ،66.6 މިލިއަން ރުފިޔާއަށެވެ. ނިލަންދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިހާރުވަނީ ކުއޭ ވޯލް އެޅުމާއި ޕޭވްމަންޓް...

އިބްރާހިމް ޚަލީލް
ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފި

ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފިއެވެ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަ...

އިބްރާހިމް ޚަލީލް
އެހީގެ ޕެކޭޖަކުން ޖެހި ފަލަސްތީނުގެ ކުއްޖަކު ނިޔާވެއްޖެ

އެހީގެ ޕެކޭޖަކުން ޖެހި ފަލަސްތީނުގެ ކުއްޖަކު ނިޔާވެއްޖެ

ޣައްޒާއަށް ވައިގެ މަގުން ވައްޓާލި އެހީގެ ޕޭކޭޖަކުން ޖެހި ކުއްޖަކު ނިޔާވެއްޖެއެވެ. ބަނޑުހައިހޫނުކަމުގައި ކާނެ އެއްޗަކަށް ނުލިބި ގޮތް ހުސްވެފައި ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް އެހީއެއްގެ އިންތިޒާރުގައި ތިބޭއިރު، ވައިގެ މަގުން ޣައްޒާގެ ތެރެއަށް ދޫކޮށްލާ އެހީގެ ޕެކޭޖުން ކާނާއެއް ލިބޭތޯ އެތައް ސަތޭކަ ކުދިންނަކާއި މީހުންނެއް އެ ފަދަ ޕެކޭޖްތައް ދޫކޮށްލާވަގުތު ޕެކޭޖްތަކާ ދިމާއަށް ދުއްވައިގަނެއެވެ. މިފަދަ ޕެކޭޖަކުން ޖެހި ކުއްޖަކު ނިޔާވެފައިވާއިރު، މި ހާދިސާގެ ވީޑިއޯތައް މީސްމީޑިއާގައި ވަނީ ވައިރަލްވ...

ޔުމްނާ ޢަލީ
އިސްރާއީލްގެ ޣައްޒާ ހިފުމުގެ ޕްލޭނާ ދެކޮޅަށް މުސްލިމް ޤައުމުތައް އެއްބައިވާންޖެހޭ: ތުރުކީ

އިސްރާއީލްގެ ޣައްޒާ ހިފުމުގެ ޕްލޭނާ ދެކޮޅަށް މުސްލިމް ޤައުމުތައް އެއްބައިވާންޖެހޭ: ތުރުކީ

އިސްރާއީލުން ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިކުރުމަށް މުސްލިމް ޤައުމުތަކުން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް މިސުރުގައި ބޭއްވުނު މަޝްވަރާތަކަކަށްފަހު ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާން ވިދާޅުވެއްޖެއެވެ. މިސުރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއާ ބައްދަލުކުރެއްވުމަށްފަހު އެލް އަލަމެއިންގައި މިސުރުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް ކޯޕަރޭޝަންގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައިވާ ކަ...

ޔުމްނާ ޢަލީ
ރާއްޖޭގެ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި

ރާއްޖޭގެ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 23 ވަނަ ދުވަހު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭނެއެވެ. މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މ...

ޔުމްނާ ޢަލީ
ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށް "ނެޝަނަލް ކިއުއާރް ކޯޑް" އެމްއެމްއޭ އިން ތައާރަފްކުރަނީ

ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށް "ނެޝަނަލް ކިއުއާރް ކޯޑް" އެމްއެމްއޭ އިން ތައާރަފްކުރަނީ

ކާޑު ބޭނުންނުކޮށް ފައިސާގެ މުއާމަލާތުތައް ކުރެވޭ ނެޝަނަލް ކިއުއާރް ކޯޑް ސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރަމުންދާ ކަމަށާއި، މި ޚިދުމަތް އަންނަ އަހަރު ތައާރަފުކުރުމަށް އަމާޒު ހިފާފައިވާކަމަށް ބުނެފި އެވެ. އެމްއެމްއޭގެ އިސް އޮފިޝަލެއް “ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި މި ޚިދުމަތް ފޯރުކޮށްދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ޓްރާންސްފަރކުރެވޭ “ފަވަރަ” ޕޭމަންޓް ސިސްޓަމްގެ ތެރެއިންނެވެ. އިންޑިއާގެ ނެޝަނަލް ކިއުއާރް ކޯޑްް ފަ...

އިބްރާހިމް އަސްވާޤް
އޮޓޮޕްސީ ހެދުމަށްފަހު މޫސަ ވަޅުލައިފި

އޮޓޮޕްސީ ހެދުމަށްފަހު މޫސަ ވަޅުލައިފި

ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި އެރަށު ނަލަހިޔާ، މޫސާ އިބްރާހީމް (29އ)ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސް މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައި ވަޅުލައިފި އެވެ. މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހު އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރުއެވެ. މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައ...

އަލީ އާދިލް
''ފަލަސްތީން ޕެލޭ'' އަށް ޔުއެފާއިން ދިން ހަނދާނީ އިހްތިރާމާމެދު ސަލާޙް ފާޑުކިޔައިފި

''ފަލަސްތީން ޕެލޭ'' އަށް ޔުއެފާއިން ދިން ހަނދާނީ އިހްތިރާމާމެދު ސަލާޙް ފާޑުކިޔައިފި

“ޕެލެސްޓީނިއަން ޕެލޭ” ގެ ނަމުން މަޝްހޫރު، އިސްރާއީލުން ޝަހީދުކޮށްލާފައިވާ ސުލައިމާން އަލް-އުބައިދަށް ޔޫއެފާއިން ދިން ހަނދާނީ އިޙްތިރާމާމެދު ލިވަރޕޫލްގެ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާޙް ހޮނިހިރު ދުވަހު ފާޑުކިޔާފައެވެ. ސަލާޙް ޔުއެފާ އަށް ފާޑުކިޔާފައިވަނީ މިއީ މިދިޔަ ހަފްތާގައި އުބޭދު ޝަހީދުވި ގޮތާ ބެހޭ އެއްވެސް މަޢުލޫމާތެއް ނުހިމަނައި، ޔުއެފާއިން އޭނާގެ ވަކިވުން ފާހަގަކޮށް މީސްމީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި، 41 އަހަރުގެ އުބޭދު ޝަހ...

ޔުމްނާ ޢަލީ