މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް އެބަދޭ: ރައީސް

ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް އެބަދޭ: ރައީސް

ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރާ ފައިސާ ބޭނުންކޮށްގެން ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް ދަތުރުކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަކޮށް ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ލިބ...

ޔުމްނާ ޢަލީ
ޕޮލިސް ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ޕޮލިސް ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމަދު އަލް ކުވައިތީއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އިސް ބޭފުޅުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާ...

އަލީ އާދިލް
ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބ. ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެރަށުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެރަށުގެ އޭޓިއެމް ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިގޮތުން ކުޑަރިކިލުގައި އަލަށް ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ....

ޔުމްނާ ޢަލީ
ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދާނީ ބާރު ދުވެލީގައި: ރައީސް

ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދާނީ ބާރު ދުވެލީގައި: ރައީސް

ބ. ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދަވާނީ ވަރަށް ގާތުން ވިލަރެސްކުރެވިގެން ބާރު ދުވެލީގައި ކަމުގެ ޔަޤީންކަން ކުޑަރިކިލުގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ރައީސް މިއަދު ބ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ފެއްޓެވި ދަތުރުފުޅުގައި މިއަދުގެ ދެވަނަ މަންޒިލެއްގޮތުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރިޔާސީ އިންތިޚާބުގައި އެރަށުގެ ރައްޔިތުންނަށް ވެވ...

ޔުމްނާ ޢަލީ
ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ފޯކައިދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް ގެޒެޓް ލިންކުގައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 2025 އޯގަސްޓް 17 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން info@foakaidhoo.gov.mv އަށް މެއިލްކުރުމަށްފަހު ރަޖިސްޓްރީ ކުރުމަށެވެ. އެގޮތުން މިކަމަށް ހުށަހަޅާ ބި...

އައިޝަތު އައިނީ އާމިރު
ރައީސް ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ރައީސް ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބ. ކަމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވައި ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސް ވަނީ ކަމަދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމަށް ފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ކަމަދޫ ކައުންސިލުގެ...

ޔުމްނާ ޢަލީ
ކަމަދޫގައި އައު ސްކޫލެއް އިމާރާތްކޮށް ސީޕްލޭންގެ ޚިދުމަތް ފަށަނީ

ކަމަދޫގައި އައު ސްކޫލެއް އިމާރާތްކޮށް ސީޕްލޭންގެ ޚިދުމަތް ފަށަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބ. ކަމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ތަރައްޤީއަށް މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއީ ކަމަދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމާއި، ރަށަށް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމެވެ. ކަމަދޫ ސްކޫލުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑ...

ޔުމްނާ ޢަލީ
ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ޕެލަސް އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ޕެލަސް އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފިއެވެ. އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗަކީ، އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ފާއިތުވި އަހަރުގެ ލީގު ޗެމްޕިއަނާއި އެފްއޭކަޕް ޗެމްޕިއަނުން ބައްދަލުކުރާ މެޗެކެވެ. މިދިޔަ ސީޒަންގައި ޕްރިމިއާ ލީގު ކާމިޔާބު ކުރީ ލިވަޕޫލުންނެވެ. ޕެލަސް އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކޮށްގެނެވެ. ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 2-2 […]

އިބްރާހިމް ޚަލީލް
ކަމަދޫ ބާކީކުރެވި ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެނެސްދޭނަން: ރައީސް

ކަމަދޫ ބާކީކުރެވި ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެނެސްދޭނަން: ރައީސް

މާޅޮސްމަޑުލު ދެކުނުބުރި (ބ.އަތޮޅު) ކަމަދޫ މީގެ ކުރިން ތަރައްޤީގެ ލިސްޓުގައި ފަހަތުގައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން އެރަށު ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިއަދު ވަނީ ބ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ދަތުރުފުޅެއް ފައްޓަވަވާފައެވެ. މި ދަތުރުފުޅުގައި މިއަދުގެ ފުރަތަމަ މަންޒިލެއްގޮތުގައި ރައީސް ވަޑައިގެންނެވީ އެ އަތޮޅު ކަމަދޫ އަށެވެ. އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގަ...

ޔުމްނާ ޢަލީ
ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

އެންއެޗް މޯލްޑިވްސް ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން މްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް ދަތުރުކުރަމުން އަންނަކަމަށެވެ. މި ވަގުތު އެ ރިސޯޓުގެ ފަޔަރ ޓީމެއް އެ ވޯޓާ ވިލާގައި ރޯވި އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނ...

ޔުމްނާ ޢަލީ
ވީއައިއޭގެ އައު ޓާމިނަލަށް އިތުރު ހަތް އެއާލައިނެއްގެ ޚިދުމަތް ބަދަލުކުރަނީ

ވީއައިއޭގެ އައު ޓާމިނަލަށް އިތުރު ހަތް އެއާލައިނެއްގެ ޚިދުމަތް ބަދަލުކުރަނީ

ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޕެސެންޖަރ ޓާމިނަލަށް އިތުރު 7 އެއަރލައިނެއް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފައެވެ. މިހާތަނަށް އައު ޓާމިނަލުން ޚިދުމަތް ދެމުން އަންނަނީ ހަމައެކަނި ޤައުމީ އެއާލައިން، މޯލްޑިވިއަން އެކަންޏެވެ. އެ އެއާލައިންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް މިހާރު ބޭނުންކުރަމުން އަންނަނީ އާ ޓާމިނަލްއެވެ. އެމްއޭސީއެލްގެ ފަރާތުން އާދީއްތަ ދުވަހު ބޭއްވި ސްޓޭކްހޯލްޑަރުންނާއި އެއަރލައިން ޕ...

ޔުމްނާ ޢަލީ
އޮސްޓްރޭލިއާއިން ވެސް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

އޮސްޓްރޭލިއާއިން ވެސް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

އޮސްޓްރޭލިއާއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް މިއަދު ވިދާޅުވެއްޖެއެވެ. އޮސްޓްރޭލިއާއިން މި ނިންމުން ޢިއުލާންކޮށްފައި މި ވަނީ ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާއި އަދި ކެނެޑާގެ ލީޑަރުންވެސް އެފަދައިން ޢަމަލުކުރާނެކަމަށް ޢިއުލާންކޮށްފައި ވަނިކޮށެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް މިކަން ޢިއުލާންކުރަށްވާފައި މިވަނީ އޭނާގެ ކެބިނެޓުންނާއި، އޮސްޓްރޭލިއާގެ ގިނަ ބަޔަކު ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލަމުން ދާ...

ޔުމްނާ ޢަލީ
އެޕަލް އާއި ސެމްސަންގ ގަޑިއަށް އީސިމް ޚިދުމަތް: ހަމައެކަނި އުރީދޫ ނެޓްވާކުން

އެޕަލް އާއި ސެމްސަންގ ގަޑިއަށް އީސިމް ޚިދުމަތް: ހަމައެކަނި އުރީދޫ ނެޓްވާކުން

އުރީދޫ މޯލްޑިވްސްއިން އިއުލާންކުރި އާ ހިދުމަތަކާއެކު، އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗް ބޭނުންކުރާ ފަރާތްތަކަށް ފޯނެއް ނެތި ވެސް ކޯލް އަދި މެސެޖްގެ ހިދުމަތް ލިބޭގޮތް މިވަނީ ތަޢާރަފްކޮށްފައެވެ. މި ހިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކް މެދުވެރިކޮށް ލިބޭނެ ހިދުމަތެކެވެ. އުރީދޫއިން ތަޢާރަފްކޮށްފައިވާ އީސިމް ހިދުމަތާއެކު، ސްމާޓް ގަޑި ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިބެގެން ވެސް ފޯނުކޮށް، މެސެޖް ކުރުމުގެ އިތުރުން މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް ބޭނުންކުރެވޭނެއެވެ. މިއީ ހާއްސ...

އިބްރާހިމް އަސްވާޤް
ރައީސް ބ.އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ބ.އަތޮޅަށް ފުރާވަޑައިގެންފި

ބ.އަތޮޅު (މާޅޮސްމަޑުލު ދެކުނުބުރީ)ގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވެސް ރައީސް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ރަށްތަކަކީ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި...

ޔުމްނާ ޢަލީ
ފަލަސްތީނުގެ ނޫސްވެރިޔާ އަނަސް ޝަހީދުކޮށްލުމުގެ ކުރިން ކުރި އަސަރުގަދަ ވަސިއްޔަތް

ފަލަސްތީނުގެ ނޫސްވެރިޔާ އަނަސް ޝަހީދުކޮށްލުމުގެ ކުރިން ކުރި އަސަރުގަދަ ވަސިއްޔަތް

އަލް ޖަޒީރާގެ ނޫސްވެރިޔާ ފަލަސްތީންގެ އަނަސް އައް-ޝަރީފް އާއި އޭނާގެ އެކުވެރި ހަތަރު ނޫސްވެރިން ޣައްޒާ ސިޓީގައި ތިބި ޓެންޓަކަށް އިސްރާއީލުން އަމާޒުކޮށް ދިން ހަމަލާއެއްގައި އާދީއްތަ ދުވަހުގެ ރޭ ވަނީ ޝަހީދުވެފައެވެ. އާދީއްތަ ދުވަހުގެ ރޭގަނޑު ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ހުރި ޓެންޓަށް ދިން ހަމަލާގައި 7 މީހުން ޝަހީދުވިއެވެ. މީގެ ތެރޭގައި އަލް ޖަޒީރާގެ ރިޕޯޓަރު މުޙައްމަދު ޤުރެއިޤާ އަދި ކެމެރާމަނުން ކަމުގައިވާ އިބްރާހީމް ޒާހިރު، މުޙައްމަދު ނޯފަލް […]

ޔުމްނާ ޢަލީ