ހދ. ކުމުންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

މި މަސައްކަތައް ހުޅުވާލަމުން ކުމުންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް https://forms.cloud.microsoft/r/STZwacjBnD މެދުވެރިކޮށް ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށެވެ.

Ad
rt

އެގޮތުން މިކަމަށް ބާއްވާ ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހު މެންދުރު 1 ޖަހާއިރުއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވަނީ 24 އޮގަސްޓް 2025 ވާ އާދީޢްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ކުމުންދޫ ޖަލްސާކުރާ މާލަމުގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކުމުންދޫ ކައުންސިލުން އިތުރަށް އެ އިއުލާނުގައި ބުނެފައިވަނީ، އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބުކަމަށެވެ.

މީގެ އިތުރުން، މި މަސައްކަތައް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.