ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދެ އަންހެނުންގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން ބުނިގޮތުގައި ވީއަައިއޭގައި މާރާމާރީއެއް ހިނގައިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި މާރާމާރީ ހިނގައިގެން އުޅޭ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަގޮތުގައި ދެ އަންހެނުން ހިފައިގަނެގެން އުޅޭތީ ދުރުކުރަން ބަޔަކު މަސައްކަތްކުރާތަން ފެނެއެވެ. އަދި މާގިނަ އިރެއްނުވެ އެ ދެމީހުން ދުރުކުރާތީ ވެސް ފެނެއެވެ.
މައުލޫމާތު ލިބޭގޮތުގައި އެތަނުން އެއް އަންހެނެއްގެ މޫނުމަތި ވަނީ ދުޅަވެ އަނިޔާވެފައެވެ.
މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!