މާއުނގޫދޫގައި ހިންގި ''ފަތަމާ ހިނގާ'' ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ށ. މާއުނގޫދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށްގެންދިޔަ “ފަތަމާ ހިނގާ” ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސްކޫލުގެ ޕީޓީއޭގެ އިސްނެގުމާއެކު، ސްކޫލާއި މާއުނގޫދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ގްރޭޑް 1 އިން 9 އާ ދެމެދުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާމް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމުގައި ޖުމްލަ 165 ދަރިވަރުން ބައިވެރިވިކަމަށާއި، އޭގެ ތެރެއިން 90 އިންސައްތަ ކުދިންނަކީ...