ފޮފަޅަގައު ފަޅަކީ ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި
އއ. ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މި ނިންމެވުމަކީ ކުނބުރުދޫގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ. ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، އެ ރަށުގެ ރައްޔިތުން ވަނީ ފޮފަޅަގައު ފަޅު ހޯދުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅު...