މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ރައީސް

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ރައީސް

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤުގެ މައިގަނޑު އަސާސެއްކަމަށާއި، މި ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި މިއަހަރުގެ ޝިޢާރު ކަމުގައިވާ “އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން” އަށް ރިޢާޔަތްކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ، ދެމިގެންދާ އިންސާނީ ކާރިސާތަކުގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ އެހީތެރ...

ޔުމްނާ ޢަލީ
ސްޓެލްކޯއިން ވ. ފުލިދޫއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

ސްޓެލްކޯއިން ވ. ފުލިދޫއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

ސްޓެލްކޯ އިން ވ. ފުލިދޫއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި އެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި މި ޖަނަރޭޓަރަކީ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފޮނުވި 400 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި މި ޖަނަރޭޓަރު ސެޓާއެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓްއިން 1340 ކިލޯވޮޓަށް އިތުރުވެގެންދާނެ […]

އިބްރާހިމް އަސްވާޤް
ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަޗާދޯއަށް ނޯބަލް ޞުލްޙައިގެ އިނާމު

ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަޗާދޯއަށް ނޯބަލް ޞުލްޙައިގެ އިނާމު

އޮސްލޯ، ނޯވޭ (10 އޮކްޓޯބަރު 2025): ޑިމޮކްރަސީއަށްޓަކައި ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އަދި ޑިމޮކްރަސީ ޙަރަކާތުގެ އިސް ލީޑަރު މާރިއާ ކޮރީނާ މަޗާދޯއަށް މިއަހަރުގެ ނޯބަލް ޞުލްޙައިގެ އިނާމު ލިބިވަޑައިގެންފިއެވެ. މި އިނާމު ދެއްވީ “ވެނެޒުއެލާގެ ރައްޔިތުންނަށް ޑިމޮކްރެޓިކް ޙައްޤުތައް ކުރިއެރުވުމަށް” އޭނާ ކުރެއްވި މަސައްކަތަށެވެ. މިދިޔަ އަހަރުގެ އިންތިޚާބަށްފަހު، ވެނެޒުއެލާ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށުމާ ގުޅިގެ...

ނާޒިމާ އަލީ
އަލްޖީރިއާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަލްޖީރިއާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަންނަ އަހަރު އެމެރިކާއާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އަލްޖީރިއާ ކޮލިފައިވެއްޖެއެވެ. އަލްޖީރިއާ ވޯލްޑް ކަޕް ޖާގައެއް ކަށަވަރު ކޮށްފައި ވަނީ ރޭ 3-0 ގެ ނަތީޖާއިން ސޯމާލިއާ ބަލިކޮށްގެންނެވެ. މި މެޗަކީ ސޯމާލިއާގެ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗެއް ނަމަވެސް ފީފާގެ މިންގަނޑަށް ފެތޭ ދަނޑެއް ނެތުމާއި ގުޅިގެން މި މެޗު ކުޅެފައިވަނީ އަލްޖީރިއާގައެވެ. އެފްރިކާ ބައްރުގެ ކޮލިފައިންގައި އަލްޖީރިއާ އޮތީ ގްރޫޕް ޖީގައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަލްޖީރިއާ […]

އިބްރާހިމް ޚަލީލް
''އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުން އިސްލާމް ދީނުގައި ޙަރާމް''

''އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުން އިސްލާމް ދީނުގައި ޙަރާމް''

މިއަދުގެ ހުކުރު ހުތުބާގައި، މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަމާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއްކަން ހަނދާންކޮށްދީފިއެވެ. މި ހުތުބާގައި ވަނީ ޙަލާލު ގޮތުގައި މުދާ ހޯދުމުގެ މުހިންމުކަމާއި، ޙަރާމް ގޮތުގައި މުދާ ހޯދުމުގެ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. “މުދަލުގެ ޙުރުމަތް” މި މައުޟޫއަށް ގެނެސްދިން މިއަދުގެ ޚުޠުބާގައި ފާހަގަކުރައްވާފައި ވަނީ، މުސްލިމް އަޚުންނަށްޓަކައި މާތް ﷲ...

ޔުމްނާ ޢަލީ
ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާއަށް އިސްރާއީލުގެ ސަރުކާރުން ހުއްދަދީފި

ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާއަށް އިސްރާއީލުގެ ސަރުކާރުން ހުއްދަދީފި

އިސްރާއީލުގެ ސަރުކާރުން އެބައިމީހުން ފަލަސްތީނުގައި ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ “ފުރަތަމަ މަރުހަލާ” އަށް ހުއްދަ ދީފައިވާ ކަމަށް، ހުކުރު ދުވަހުގެ ފަތިހު ރިޕޯޓުތައް ބުނެފިއެވެ. މި ނިންމުމަކީ ޣައްޒާގައި ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމެކެވެ. މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިފެހެއްޓިފައިވާ މީހުން ދޫކޮށްލުމާއި، އިސްރާއީލުން ޣައްޒާގެ ބައެއް ސަރަހައްދުތަކުން އަސްކަރިއްޔާ އަނބުރާ ގެންދި...

ނާޒިމާ އަލީ
ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ މީހުން ހޮވައިފި

ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ މީހުން ހޮވައިފި

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާނެ 50 ފަގީރުން އިއްޔެ ހޮވައިފިއެވެ. މި ފުރުޞަތު ލިބޭ ފަރާތްތައް ހޮވާފައިވަނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ގުރުއަތުލުމުގެ އުސޫލުންނެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި ގުރުއަތުލައިގެން ހޮވާފައިވަނީ ޙައްޖަށް ފޮނުވާނެ 50 ފަގީރުންގެ އިތުރުން، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ ފުރުޞަތު ދެވޭނެ 25 ރިޒާވް ފަރާތްތަކެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނ...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގެ ރަސްމީ ބުއިމަކަށް ''ފަލަސްތީނު ކޯލާ''

ތިލައުތުރު ފުޓްސަލް މުބާރާތުގެ ރަސްމީ ބުއިމަކަށް ''ފަލަސްތީނު ކޯލާ''

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ރަސްމީ ބުއިމަކަށް (އޮފިޝަލް ޑްރިންކަކަށް) ފަލަސްތީނު ކޯލާ ހަމަޖައްސައިފިއެވެ. މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ. މި މުބާރާތުގެ ރަސްމީ ބުއިމެއްގެ ގޮތުގައި ފަލަސްތީނު ކޯލާ ހަމަޖެހިގެންދިޔަކަން ޢިއުލާންކޮށް، މި މުބާރާތް ހޯސްޓްކުރާ ރަށް އުތީމުގެ ކައުންސިލުން ވަނީ މި ބުއިން ރާއްޖެއަށް މާކެޓުކޮށް ޑިސްޓްރިބިއުޓް ކުރާ އެމްއެޗްއާރު ޓްރޭޑި...

ޔުމްނާ ޢަލީ
ޑްރަގް ދެ އޮޕަރޭޝަނެއްގައި 5 މީހުން ހައްޔަރު

ޑްރަގް ދެ އޮޕަރޭޝަނެއްގައި 5 މީހުން ހައްޔަރު

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި ފުރަތަމަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / މާސާ އަޙްމަދު ޢާނިމް (27އ) އެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެޕާޓްމަންޓަކުން ފެނިފައިވަނީ މަސްތުވާތަކެތިކަމަށް ބެލެވޭ، ވަގުތީ ބަރުދަނުގައި 2 ގްރާމުގެ ޓިޝޫ ޕޭޕަރަކާއި، 300،000 ރުފިޔާއަށްވުރެ ގިނަ ފަ...

ޔުމްނާ ޢަލީ
ޔާސިރު ދޫކޮށްލަން ގޮވާލައި ކުޅުދުއްފުށީގައި އަޑުއުފުލަނީ

ޔާސިރު ދޫކޮށްލަން ގޮވާލައި ކުޅުދުއްފުށީގައި އަޑުއުފުލަނީ

ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަޠީފް ހައްޔަރުން ދޫކޮށްލުމަށް ގޮވާލައި ކުޅުދުއްފުށި ސިޓީގައި އަޑުއުފުލުމަށް ނިންމައިފިއެވެ. ޔާސިރު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބޭއްވި އެއްވުމުގައި އިތުރު 7 މީހަކާއެކުއެވެ. މިގޮތުން ޔާސިރު ހައްޔަރުކޮށްފައިވަނީ ނުހައްޤުން ކަމަށް ބުނެ، ޔާސިރު މިނިވަން ކުރުމަށް ގޮވާލައި ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ސަޕޯޓަރުން އިސްވެ އަންނަނީ މައިދާނީ އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ....

އައިޝަތު އައިނީ އާމިރު
ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި އަންނަ މަހު ރަސްމީކޮށް ހުޅުވަނީ

ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި އަންނަ މަހު ރަސްމީކޮށް ހުޅުވަނީ

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމައި އަންނަ މަހު އެ އެއާޕޯޓު ރަސްމީކޮށް ހުޅުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު މުޙައްމަދު ވިދާޅުވެފައި ވަނީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށާއި، އައު ޓަރމިނަލަށް ޚިދުމަތްތައް ބ...

ޔުމްނާ ޢަލީ
ޓްރޭޑްނެޓް މޯލްޑިވްސްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް

ޓްރޭޑްނެޓް މޯލްޑިވްސްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީމި މިއަދު ނެރުއްވި ރައީސްގެ ޤަރާރަކުންނެވެ. 2019 ވަނަ އަހަރު އުފެއްދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަޤުސަދުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އޮކްޓޯބަރ މަހު 1 އިން 6 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުޅި ޖުމްލަ 24 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އިމާމުކަމާއި ޚަތީބުކަމުގެ ތަޖުރިބާކާރު، އެ ދާއިރާއިން ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، ޒުވާން ޚަތީބުންވ...

އައިޝަތު އައިނީ އާމިރު
މީހަކު ރަހީނުކޮށް ވަޅިން ބިރުދައްކައި ފައިސާ އަތުލި ދެ މީހަކު ހައްޔަރު

މީހަކު ރަހީނުކޮށް ވަޅިން ބިރުދައްކައި ފައިސާ އަތުލި ދެ މީހަކު ހައްޔަރު

ހުޅުމާލޭގައި މީހަކު ރަހީނުކޮށް، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި ފައިސާ އަތުލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 4 ވަނަ ދުވަހު ހުޅުމާލެއިން ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ […]

ޔުމްނާ ޢަލީ
ދޮށީ އުމުރާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމަށް ނެއްލައިދޫގައި މޫދަށް އެރޭ ސަރަހައްދުގައި ރެއިލިންގ ހަރުކޮށްފި 

ދޮށީ އުމުރާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމަށް ނެއްލައިދޫގައި މޫދަށް އެރޭ ސަރަހައްދުގައި ރެއިލިންގ ހަރުކޮށްފި 

ދޮށީ އުމުރު މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމަށް ހދ. ނެއްލައިދޫގައި މީހުން މޫދަށް އެރޭ ސަރަހައްދުގައި ރެއިލިންގ ހަރުކޮށްފިއެވެ. މި މަސައްކަތް ކޮށްފައިވާ ނެއްލައިދޫ ކައުންސިލުން އިސްނަގައިގެން ރައްޔިތުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ މަޤުސަދުގައެވެ. އެގޮތުން ނެއްލައިދޫ ކައުންސިލުގެ އަމާޒަކީ އުމުރުން ދުވަސްވީ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މޫދަށް އެރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. މި ރެއިލިންގ ހަރުކޮށްފައިވަނީ މޫދާއި އެހާ ދުރުނޫނ...

އައިޝަތު އައިނީ އާމިރު