ފެންފުށީގައި ފަސް މަޝްރޫޢުއެއް ފަށައި ދެ މަޝްރޫޢުއެއްގައި ސޮއިކޮށްފި
އދ. ފެންފުށީގައި ފަސް މަޝްރޫޢުއެއް އަލަށް ފަށައި، އިތުރު ދެ މަޝްރޫޢު ފެށުމަށް މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުތައް ފެށި ރަސްމިއްޔާތާއި، ސޮއިކުރި ރަސްމިއްޔާތުގައި ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރަސްމިއްޔާތުގައި ސޮއިކުރެވުނު ދެ މަޝްރޫޢަކީ ފެންފުށީގައި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫޢުތަކެވެ. މީގެ އިތުރުން، އެރަށު ސިއްޙީ މަރުކަޒު، ފުލުހުންގެ މަރުކަޒު، ކުނި މެނޭޖްކުރާ މަރުކަޒު، ފުޓުބޯޅަ ދަނޑުގެ...