މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ބްރޯޑްކާސްޓަރުންގެ ޢަޒުމަކަށް ހަދަންޖެހޭ: ރައީސް

އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ބްރޯޑްކާސްޓަރުންގެ ޢަޒުމަކަށް ހަދަންޖެހޭ: ރައީސް

ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންޖެހޭނީ އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޤައުމީ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި، ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ އަރިސްކުރައްވަމުން، މި ދާއިރާއަކީ ޚަބަރާއި މަޢުލޫމާތު އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއ...

ޔުމްނާ ޢަލީ
ޔަމާލް އަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް

ޔަމާލް އަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކަރ ލެމީން ޔަމާލްގެ އުކުޅުވަޅަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ. އުމުރުން 18 އަހަރުގެ ޔަމާލް އަށް އަންނަނީ ކައިރިކައިރީގައި އަނިޔާގެ މައްސަލަ ކުރިމަތިވަމުންނެވެ. ޔަމާލްގެ އުކުޅުވަޅަށް އެންމެ ފުރަތަމަ އަނިޔާވެފައި ވަނީ ސެޕްޓެމްބަރ މަހު އޮތް އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމްގައި ހުއްޓައެވެ. އެ އިންޓަނޭޝަނަލް ބްރޭކްގައި ސްޕެއިން ކުޅުނު ދެ މެޗުގައި ވެސް އޭނާ ކުޅުނެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ އެ ދެމެޗު ވެސް […]

އިބްރާހިމް ޚަލީލް
ގާޒާއާ ގުޅޭ ކޮންމެ ޕްލޭނެއްގައި ފަލަސްތީނުގެ ޙައްޤުތައް މައިގަނޑު ބައެއްގެ ގޮތުގައި އޮންނަންޖެހޭނެ: އދ.

ގާޒާއާ ގުޅޭ ކޮންމެ ޕްލޭނެއްގައި ފަލަސްތީނުގެ ޙައްޤުތައް މައިގަނޑު ބައެއްގެ ގޮތުގައި އޮންނަންޖެހޭނެ: އދ.

ގާޒާ ސަރަޙައްދާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުމުގައި ހިމެނޭ ބައެއް ކަންތައްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ “ވަރަށް ބޮޑަށް ފުށުއަރާ” ކަންތައްތަކެއް ކަމަށް ބުނެ އދ.ގެ މާހިރުންގެ ގްރޫޕަކުން އިންޒާރު ދީފައެވެ. އދ.ގެ މާހިރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނާއި އިންސާފަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮށް ނުވަތަ ހަމަ ސީދާ އޭގެ އިދިކޮޅަށް، ކޮންމެ އަގަކަށްވިޔަސް ވަގުތުން ސުލްޙަ ގެނައުމަކީ އިތުރު އަނިޔާއަކަށާއި، މުސްތަޤްބަލުގައި އަނިޔާވެރިކަމާއި ހަމަނުޖެހުން އުފެދުމަށް މަގު...

ނާޒިމާ އަލީ
ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން އިސްރާއީލުގެ އެކްސްޕޯޓްތަކާ ގުޅޭ ތަޙުޤީޤެއް ކުރުމަށް އަމުރުކޮށްފި

ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން އިސްރާއީލުގެ އެކްސްޕޯޓްތަކާ ގުޅޭ ތަޙުޤީޤެއް ކުރުމަށް އަމުރުކޮށްފި

ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް އަލުން މުރާޖަޢާ ކުރުމަށް އަމުރުކޮށްފިއެވެ. ކޯޓުން ވަނީ ފާއިތުވި އަހަރު ދަށު ކޯޓަކުން އެފް-35 ހަނގުރާމަ ޖެޓް މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން މަނާކުރުމަށް ނެރުނު އަމުރު ދަމަހައްޓާފައި ނުވިޔަސް، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް މި ޖެޓް ބައިތައް ބޭނުންކުރެވިދާނެ ރިސްކެއް އޮތްތޯ ސަރުކާރުން ވަޒަންކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައެވެ. “މިނިސްޓަރު އެކްސްޕޯޓް ލައިސަންސްއާ ގުޅޭގޮތުން...

ނާޒިމާ އަލީ
އިޒްރޭލުގެ ހައްދުފަހަނައެޅި ވަޒީރުގެ ވާހަކަތަކާއި ގުޅިގެން ގްރީސުން ފިޔަވަޅުއަޅަނީ

އިޒްރޭލުގެ ހައްދުފަހަނައެޅި ވަޒީރުގެ ވާހަކަތަކާއި ގުޅިގެން ގްރީސުން ފިޔަވަޅުއަޅަނީ

އިޒްރޭލުގެ ގައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގްވިރް، ‘ގްލޯބަލް ސުމޫދު ފްލޮޓިލާ’ ގެ އެކްޓިވިސްޓުންނަށް “ޓެރަރިސްޓުން” ކަމަށް ސިފަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، ގްރީސްއިން ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ތައްޔާރުވެއްޖެއެވެ. ގްރީސްގެ ލޯކަލް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގްރީސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވަނީ މިކަމާ ގުޅިގެން ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މި ވާހަކަތައް ބެން-ގްވިރް ދައްކާފައިވަނީ ހުކުރު ދުވަހު، އިސްރާއީލުގެ ބަންދު މަރުކަޒަކަށް ޒިޔާރަތްކުރުމަށްފަހުގައެވެ. އޭނާ ވަނީ...

ނާޒިމާ އަލީ
އިހަވަންދޫ ޒުވާނުންނަށް ހާއްސަ ދަރުސް "ޒުވާން އުމުރު" ހޮނިހިރު ދުވަހު

އިހަވަންދޫ ޒުވާނުންނަށް ހާއްސަ ދަރުސް "ޒުވާން އުމުރު" ހޮނިހިރު ދުވަހު

ހއ. އިހަވަންދޫ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ދަރުސް “ޒުވާން އުމުރު” މާދަމާ ހެނދުނު ބާއްވަން ނިންމައިފިއެވެ. މި ދަރުހަކީ އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިޔަށްގެންދާ ދީނީ ދަރުސް ޕްރޮގްރާމްގެ ތެރެއިން އެރަށު ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ދަރުހެކެވެ. “ޒުވާން އުމުރު” މައުޟޫއަށް ބާއްވާ މި ދަރުސް އޮންނާނީ މާދަމާ ހެނަދު 10:30ގައި ކުލަބް ޕޯލްސްޓަރ ހޯލްގައި ކަމަށް އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުންޏެވެ. މި ދަރުސް ޕްރޮގްރާމްގައި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު ހައްޔަރުކޮށްފި

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު ހައްޔަރުކޮށްފި

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު ޔާސިރު އަބްދުއްލަޠީފް މިރޭ ހައްޔަރުކޮށްފިއެވެ. ޔާސިރު ހައްޔަރުކޮށްފައިވަނީ އެމްޑީޕީން އިސްނަގައިގެން މިރޭ ކުރިއަށްދާ ބޮޑު އެއްވުމުގެ ތެރެއިންނެވެ. އެގޮތުން މި އެއްވުމުގައި ޔާސިރު ހައްޔަރުކޮށްފައިވަނީ މިރޭ 22:30 އެހާކަންހާއިރު އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީމަގުން ކުރިއަށްދަނިކޮށެވެ.  މި އެއްވުމުގައި ޔާސިރުގެ އިތުރުން މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެމްޑީޕީއަށް ތާއީދުކުރާ ގިނަބަޔަކު ބައިވެރިވި މި އެއްވުމ...

އައިޝަތު އައިނީ އާމިރު
ސްކޭޓިން އެރީނާއާއެކު ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެ: ރައީސް

ސްކޭޓިން އެރީނާއާއެކު ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެ: ރައީސް

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ސަބަބުން ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ. މި މުހިންމު މަޝްރޫޢުއާ ގުޅޭގޮތުން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށެވެ. “މި...

ޔުމްނާ ޢަލީ
''ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެއް''

''ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެއް''

މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވުނު ހުކުރު ޚުޠުބާގައި، ހަގީގަތް ހޯދާ ބެލުމެއްނެތި ވާހަކަ ދެއްކުމާއި، ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވައިލައިފިއެވެ. ”މުއުމިނުންގެ ބަސްމަގު” މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ހީގެ މައްޗަށް ބިނާކޮށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، މީހާ ފާފަވެރިވެދާނެ ކަމެއް ކަމަށް ބުނެފަވެއެވެ. ދޮގު ވާހަކަ ދެއްކުމަކީ އިސްލާމްދީން މަނާކުރާ ކަމެއްޚުޠުބާގައި ބުނީ، ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ، އިސްލާމް ދީން ނ...

ޔުމްނާ ޢަލީ
ތިންފަހަރު ޖެހުމުން ވެސް ޕެނަލްޓީ މަތަކޮށްފި

ތިންފަހަރު ޖެހުމުން ވެސް ޕެނަލްޓީ މަތަކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރޯމާއާއި ފްރާންސްގެ ލިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ލިލް އިން ކާމިޔާބު ކޮށްފިއެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ ހަވަނަ މިނެޓުގައި ލިލް އަށް ޖަހައިދިނީ ހެރަލްޑްސަންއެވެ. މެޗުގެ ދެވަނަ ހާފުގައި އެޓޭކިން ބައެއް ބަދަލުތަކާއިއެކު ރޯމާއިން އެޓޭކް ރަނގަޅުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށްވެފައި ވަނިކޮށް ރޯމާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. […]

އިބްރާހިމް ޚަލީލް
''އިސްރާއީލުން ހިންގީ ބައިނަލްއަގްވާމީ ޤާނޫނާއި ޚިލާފް ކަނޑުފޭރުމުގެ ޢަމަލެއް''

''އިސްރާއީލުން ހިންގީ ބައިނަލްއަގްވާމީ ޤާނޫނާއި ޚިލާފް ކަނޑުފޭރުމުގެ ޢަމަލެއް''

ފަލަސްތީނަށް އެހީގެ ސާމާނާއެކު ދަތުރުކުރި ފްލޮޓިލާ އުޅަނދުފަހަރަށް އިސްރާއީލުން ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ސީދާ ޚިލާފު ކަނޑުފޭރުމުގެ ޢަމަލެއް ކަމަށް ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރައްވާ ޤާނޫނީ ވަކީލު ޑައިއާނާ ބުޓޫ ވިދާޅެއްޖެއެވެ. މިގޮތުން ބައިނަލްއަގްވާމީ ކަނޑުގައި ދަތުރުކުރަމުންދިޔަ އުޅަނދުތަކަށް އަރައިގަނެ، އެ ފަރާތްތައް ހިފާ ހައްޔަރުކޮށް އިސްރާއީލަށް ގެންދިއުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ބޮޑު ޚިލާފުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ”އޭޖޭ+” އަށް ދެއްވި އިނ...

ނާޒިމާ އަލީ
ފްލޮޓިލާގެ އައު އުޅަނދުތަކެއްގެ ''ރާޅެއް'' ދަތުރުފަށައިފި

ފްލޮޓިލާގެ އައު އުޅަނދުތަކެއްގެ ''ރާޅެއް'' ދަތުރުފަށައިފި

ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ އާއެކު އިތުރު 9 އުޅަނދު މިހާރު ދަތުރު ފަށާފައިވާ ކަމަށް ފްލޮޓިލާ އިންތިޒާމްކުރާ ފަރާތުން މިއަދު ހާމަކޮށްފިއެވެ. ފްލޮޓިލާގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އިޒްރޭލުން ގިނަ އަހަރުތަކެއް ވަންދެން ޤާނޫނާ ޚިލާފަށް ޣާއްޒާގައި ކުރަމުންދާ ހިޞާރު ނިމުމަކަށް ގެނައުން ކަމަށެވެ. އަދި މި މިޝަނަކީ ހަމައެކަނި އިންސާނީ އެހީގެ މަޤްޞަދުގައި ކުރިއަށްގެންދާ މިޝަނެއް ކަމަށް އެފަރާތ...

ނާޒިމާ އަލީ
އެމްޑީޕީގެ މުޒާހަރާގައި ބައިވެރިނުވުމަށް ޤާސިމް ގޮވައިލައްވައިފި

އެމްޑީޕީގެ މުޒާހަރާގައި ބައިވެރިނުވުމަށް ޤާސިމް ގޮވައިލައްވައިފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވަން ހަމަޖެހިފައިވާ މުޒާހަރާގައި ބައިވެރިނުވުމަށް،  ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް ގޮވައިލައްވައިފިއެވެ. މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ މުޒާހަރާގައި ބައިވެރިނުވުމަށް ޖޭޕީގެ މެންބަރުންނާއި ދިވެހި ރައްޔިތުންނ...

ޝިއުނާ އާދަމް
މާލޭގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި

މާލޭގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި

ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސްކޭޓް ކުޅިވަރަށް ޚާއްސަ މައިދާނެއްގެ ބޭނުން ހިފޭނެގޮތަށް، މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އިއްޔެ އަޅައިފިއެވެ. މި އެރީނާގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ޢަބްދުﷲ ރާފިޢުއާއި، މަސައްކަތުގެ ކޮންޓެކްޓަރ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާދަމް ރަޙީމް އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައި...

ޔުމްނާ ޢަލީ
ރައީސް، ނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް ބައްލަވައިލައްވައިފި

ރައީސް، ނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް ބައްލަވައިލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް އިއްޔެ ހަވީރު ބައްލަވާލައްވައިފިއެވެ. ނޭޝަނަލް ސަރފިންގ ސްޓޭޑިއަމް ތަރައްގީކުރަމުން އަންނަނީ މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައެވެ. މިތަން ތަރައްގީކުރުމުގެ މަސައްކަތް ބައްލަވައިލެއްވުމަށް ރައީސް އިއްޔެ ހަވީރުކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ހޯއްދަވައިފައެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެނ...

ޔުމްނާ ޢަލީ