ހއ. އިހަވަންދޫ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ދަރުސް "ޒުވާން އުމުރު" މާދަމާ ހެނދުނު ބާއްވަން ނިންމައިފިއެވެ.
މި ދަރުހަކީ އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިޔަށްގެންދާ ދީނީ ދަރުސް ޕްރޮގްރާމްގެ ތެރެއިން އެރަށު
ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ދަރުހެކެވެ.
"ޒުވާން އުމުރު" މައުޟޫއަށް ބާއްވާ މި ދަރުސް އޮންނާނީ މާދަމާ ހެނަދު 10:30ގައި ކުލަބް ޕޯލްސްޓަރ ހޯލްގައި ކަމަށް އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުންޏެވެ.
މި ދަރުސް ޕްރޮގްރާމްގައި ދަރުސް ދެއްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން ޑރ.ޢަބްދުއްސައްތާރު ރަޙްމާންއެވެ.
މި ޕްރޮގްރާމްގެ ދަށުން އިއްޔެރޭ ''މުޖުތަމައު އިސްލާހް ކުރުން'' މައުޟޫއަށް އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ވަނީ އިހްޔާ ފޯރަމެއް ބާއްވާފައެވެ. އަދި އިއްޔެ ހެނދުނު ވަނީ އެރަށު ސްކޫލް ދަރިވަރުންނަށް ހާއްސަ ދަރުހެއް ''ކިޔަވާ ކުއްޖެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް'' މައުޟޫއަށް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން އިސްލާމީ ފިގްޙްގެ މައުލޫމާތު ދެވުނު ދަރުހަކާއި މިސްކިތު ދަރުސް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޑރ.ޢަބްދުއްސައްތާރަކީ އިސްލާމީ ފިޤްޙަށް ވަރަށް މޮޅު ޢިލްމްވެރިއެވެ. އޭނާ ވަނީ މިރޮނގުން ގިނަ ޢިލްމީ ފޮތްތަކެއް ވެސް ލިޔުއްވައި ޝާޢިއުކުރަށްވާފައެވެ. މިފޮތްތަކަކީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުންނާއި އިސްލާމިކް ޓީޗިންގެ ދާއިރާއިން މަތީ ތަޢުލީމް އުނގެނޭ ދަރިވަރުން ރިފެރަންސަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!