މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަނެއްކާވެސް ޕެލަސް އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

އަނެއްކާވެސް ޕެލަސް އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

ކްރިސްޓަލް ޕެލަސް އަތުން ބަލިވެ އިނިގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުން ލިވަޕޫލް ކަޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޕެލަސް އަތުން ލިވަޕޫލް ބަލިވެފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ޕެލަސް އަތުން ލިވަޕޫލް ބަލިވި ތިންވަނަ ފަހަރެވެ. ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެލަސް އިން ޝީލްޑް އުފުލައިލީ ލިވަޕޫލް ބަލިކޮށްފައެވެ. އެއަށްފަހު ޕްރިމިއާ ލީގުގައި ވެސް ލިވަޕޫލު ވަނީ ޕެލަސްގެ އަތްދަށުވެފައެވެ. ވަރަށް ބޮޑަށް ފޯމު ކަޓާފައި […]

އިބްރާހިމް ޚަލީލް
އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމެއް

އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމެއް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢު ކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިންގ ހަމަޖެއްސުމާ ގުޅޭ ފަހުމުނާމާގަ މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެގައި ބީއެމްއެލްއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިއަދު ސޮއިކުރިއިރު، މި ދެ ބޮޑެތި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސިންގ އިސްލާމީ އުސޫލުތަކުގެ ދަށުން ބީއެމްއެ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ތިން ސްކޫލެއްގެ ދަރިވަރުންނަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭ މައުލޫމާތުދީފި

ކުޅުދުއްފުށީ ތިން ސްކޫލެއްގެ ދަރިވަރުންނަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭ މައުލޫމާތުދީފި

ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފިއެވެ. “އެކުވެރި ފުލުހުންގެ ހަރަކާތް” ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އިންޓަނޭޝަނަލް ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މިގޮތުން ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނޭހެން މި ތިން ސްކޫލުގެ ދަރިވަރުންނަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭ މައުލޫމާތު ހިއްސާކޮ...

އައިޝަތު އައިނީ އާމިރު
ނޮޅިވަރަންފަރު ކޮންމެ ގެއަކަށް 100 ޑަބިއާގެ ވެލި

ނޮޅިވަރަންފަރު ކޮންމެ ގެއަކަށް 100 ޑަބިއާގެ ވެލި

ހދ. ނޮޅިވަރަންފަރު ބަނދަރުގެ ހުޅަނގުފަރާތުގައިވާ ވެލިފުނިން އާންމުންނަށް ވެލި ދޫކުރުމަށް ހަމަޖެހިއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، އެ ރަށު ބަނދަރުގެ ހުޅަނގުގައިވާ ވެލިފުނިން އާންމު ރައްޔިތުން ދިރިއުޅޭ ގޭބީސީތަކަށާއި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ބިން ސާފުކޮށް ރަޖިސްޓްރީކޮށްފައިވާ ގެވަޅުތަކުގައި ކުރަމުންދާ އަސާސީ މަސަައްކަތްތަކަށް، ކޮންމެ ގެއަކަށް 100 ޑަބިއާގެ މަގުން ވެލި ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ވެލި ބޭނުންވާ ފ...

އައިޝަތު އައިނީ އާމިރު
އެމެރިކާއިން ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓްތައް ވަގުތުން ފެށުމަށް ޓްރަމްޕްގެ އަމުރެއް

އެމެރިކާއިން ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓްތައް ވަގުތުން ފެށުމަށް ޓްރަމްޕްގެ އަމުރެއް

ޔުނައިޓެޑް ސްޓޭޓްސް (އެމެރިކާ)އިން ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓްތައް “ވަގުތުން” އަލުން ފެށުމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑިފެންސް ޑިޕާޓްމަންޓަށް އަމުރުކުރަށްވައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޓްރަމްޕްގެ މި އަމުރާއި ގުޅިގެން އެމެރިކާއިން 1992 ވަނަ އަހަރުން ފެށިގެން ހުއްޓާލާފައިވާ މިފަދަ ޓެސްޓްތައް އަލުން ފެށުމަށް މަގުފަހިވެގެންދާނެއެވެ. “އެހެން ޤައުމުތަކުން ޓެސްޓިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާތީ، އަހަރެމެންގެ ނިއުކްލިއަރ ހަތިޔާރުތައް ހަމަހަމަ އުސޫލަކުން ޓެސްޓްކުރަން ފެށުމަށް މިނ...

ނާޒިމާ އަލީ
ސައޫދީ ލީގުގައި ކުޅުމަށް މެސީ ހުށަހެޅުމުން އެގައުމުން ބަލައެއް ނުގަތް

ސައޫދީ ލީގުގައި ކުޅުމަށް މެސީ ހުށަހެޅުމުން އެގައުމުން ބަލައެއް ނުގަތް

ފުޓްބޯޅަ ދުނިޔޭގެ މުއްސަނދި ތަރި ލިއޮނެލް މެސީ، ސައޫދީ ޕްރޮފެޝަނަލް (ޕްރޯ) ލީގު ލީގުގައި ކުރު މުއްދަތަކަށް ކުޅުމަށް ހުށަހެޅި ހުށަހެޅުން ސައުދީ އަރަބިއްޔާއިން ބަލައިނުގަނެ ދޫކޮށްލާފައިވާކަމަށް އެގައުމުގެ މީޑިއާއިން ބުނެފިއެވެ. ސައޫދީ ޢަރަބިއްޔާގެ މަހުދު ސްޕޯޓްސް އެކަޑަމީގެ ސީއީއޯ އަބްދުﷲ ހައްމާދު، ޘަމާނިއްޔާއާއެކު ކުރެއްވި ޕޮޑްކާސްޓަކާއި ހަވާލާދީ އެ ގައުމުގެ ދައުލަތު މީޑިއާއިން ބުނެފައި ވަނީ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ގެ ސީޒަން ހަތަރު މަސް ދުވަހަށް މެދުކެނޑޭ ދުވަސްވަރު ސައުދީ އަރަބިއްޔާގައި...

ނާޒިމާ އަލީ
ޖެނެރޭޝަން ބޭން: ކުޅުދުއްފުށީގައި 24 ގަޑިއިރުގެ "ވޯކަތޯން" އެއް

ޖެނެރޭޝަން ބޭން: ކުޅުދުއްފުށީގައި 24 ގަޑިއިރުގެ "ވޯކަތޯން" އެއް

ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގައި ބައިވެރިވުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި 24 ގަޑި އިރުގެ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. މި ހިނގާލުން ނުވަތަ “ވޯކަތޯން” ބޭއްވުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ ވާ ހުކުރު ދުވަހުގެ ހަވީރު 4 އިން 1 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 އަށެވެ. މިގޮތުން މި ހިނގާލުން ފެށެނީ ކުޅުދުއްފުށީ ޒޯން […]

އައިޝަތު އައިނީ އާމިރު
ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ އިންތިޚާބުކޮށްފި

ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ އިންތިޚާބުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް އެ ކޮމިޝަންގެ ރައީސްކަމަށް މިއަދު އިންތިޚާބުކޮށްފިއެވެ. ޖޭއެސްސީން މިއަދު ބުނީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި ހުސްނީ އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ކަމަށެވެ. އަދި އެކޮމިޝަނުން ވަނީ ހުސްނީ އަށް މަރުޙަބާ ކިޔާފައެވެ. މަޖިލިސް މެމްބަރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޤާނޫނ...

ޔުމްނާ ޢަލީ
''މާލެ ސިޓީގައި ތަރައްގީކުރާ މިސްކިތްތައް ދެ އަހަރު ތެރޭ ނިންމޭނެ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ހަތަރު ބުރީގެ މިސްކިތެއް''

''މާލެ ސިޓީގައި ތަރައްގީކުރާ މިސްކިތްތައް ދެ އަހަރު ތެރޭ ނިންމޭނެ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ހަތަރު ބުރީގެ މިސްކިތެއް''

މާލެ ސިޓީގައި މިހާރު ހުރި ބާވެފައިވާ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އައު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ދަޢުވާ ސެންޓަރަކާއެކު ހަތަރު ބުރީގެ ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށްޓަކައި މާދަމާ، (30 އޮކްޓޫބަރު 2025) އެ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވަޒީރު […]

ޔުމްނާ ޢަލީ
ވައިކަރަދޫ އާއި ދިއްދޫގައި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް" ފެސިލިޓީ ހުޅުވައިފި

ވައިކަރަދޫ އާއި ދިއްދޫގައި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް" ފެސިލިޓީ ހުޅުވައިފި

ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައާއި، ހއ. އަތޮޅު ހޮސްޕިޓަލުގައި “ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް” ފެސިލިޓީއެއް ހުޅުވައިފިއެވެ.ީ ވައިކަރަދޫ ސިއްހީ މަރުކަޒުގައި ޤާއިމްކުރި މި ފެސިލިޓީއަކީ، ވޯރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އާއި ހެލްތް މިނިސްޓްރީ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ޑެވެލެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ކެނޭޑިއަން ފަންޑްގެ ދަށުން ޤާއިމްކޮށްފައިވާ ފެސިލިޓީ އެކެވެ. ވައިކަރަދޫގައި މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު، މި ފެސިލިޓީ ހުޅުވައިދެއްވާފައި...

އައިޝަތު އައިނީ އާމިރު
ބީއެމްއެލްގެ "ދިވެހީންގެ ބޭންކް-މުޅި ރާއްޖެއަށް" އިފްތިތާޙުކޮށް، އައު ޚިދުމަތްތަކެއް ފަށައިފި

ބީއެމްއެލްގެ "ދިވެހީންގެ ބޭންކް-މުޅި ރާއްޖެއަށް" އިފްތިތާޙުކޮށް، އައު ޚިދުމަތްތަކެއް ފަށައިފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޯޕަރޭޓް ކެމްޕޭން “ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް” މިއަދު އިފްތިތާޙުކޮށް، އައު ޚިދުމަތްތަކެއް މިއަދު ރަސްމީކޮށް ފަށަފިއެވެ. މި ކެމްޕޭނާއި ޖިޓަލް ވޮލެޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ބާސެލޮސް ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހަފުލާގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބިޔަ މަޝްރޫޢުގެ ނިމުން ވެސް ފާހަގަކޮށްފައެވެ. މި ހަފުލާގައި ރައީސް ވަނީ “ދިވެހީންގެ...

ޔުމްނާ ޢަލީ
ކުޅުދުއްފުއްޓާއި އުތުރުގެ ހިތްވަރު ދައްކައިދިން "ބޮޑުދަތުރު"ގެ ތީމަށް މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލައިފި

ކުޅުދުއްފުއްޓާއި އުތުރުގެ ހިތްވަރު ދައްކައިދިން "ބޮޑުދަތުރު"ގެ ތީމަށް މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު އެއް ހާދިސާ ކަމަށްވާ، ކުޅުދުއްފުއްޓާއި، އުތުރުގެ ތާރީޚް ފަޚުރުވެރިވާ “ބޮޑުދަތުރު” ތީމަށް ކުޅުދުއްފުށީގައި މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލައިފިއެވެ. މި ތާރީޚީ ބިނާ ފަރުމާކުރުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މޮނިއުމަންޓް ފަރުމާކުރާއިރު ކުރަންވާނީ އެ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގަވާއިދަށް ހާއްސަ އިސްކަމެއް ދީގެންކަމަށެވެ.  މިގޮތުން ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރ...

އައިޝަތު އައިނީ އާމިރު
ސްޓެލްކޯ އިން ތުލުސްދޫގައި ގާއިމުކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި

ސްޓެލްކޯ އިން ތުލުސްދޫގައި ގާއިމުކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި ގާއިމުކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި އެވެ. މި އެކެޑަމީ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ރަށަށް ކުރެއްވި ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ ރައީސް މުއިއްޒެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ ޔޫޓިލިޓީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކޮށް މި ދާއިރާއިން މީހުން ބިނާކޮށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު […]

އިބްރާހިމް އަސްވާޤް
ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް, މައްސަލަ އަލުން ބަލަން އަންގައިފި

ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް, މައްސަލަ އަލުން ބަލަން އަންގައިފި

ބޯޓެއްގެ މައްސަލާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ. ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައިޒީން ދީގެން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާތީ އެ ބޯޓު އޭނާގެ […]

ހުސައިން ހަބީބް
ނޮޅިވަރަމުގައި ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފި

ނޮޅިވަރަމުގައި ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފި

ދިވެހި ފުލުހުންގެ ޚިދުމަތުން ހދ. ނޮޅިވަރަމުގައި ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. “އެކުވެރި ފުލުހުންގެ ހަރަކާތް” ގެ ނަމުގައި މި އޮކްޓޫބަރ މަހުގެ 28 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އިންޓަނޭޝަނަލް ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށް ގެންދެވޭ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ސައިބަރ ސެކިއުރިޓީއާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދީފައިވަނީ ނޮޅިވަރަމު ކައު...

އައިޝަތު އައިނީ އާމިރު