މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހުސްނީ ޖޭއެސްސީ އަށް ޢައްޔަންކުރައްވައިފި

ހުސްނީ ޖޭއެސްސީ އަށް ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް މިއަދު ޢައްޔަންކުރައްވައިފިއެވެ. ޙުސްނީ މުބާރިކް މި މަޤާމަށް ޢައްޔަންކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުން ކުރިން އެ މަގާމުގައި ހުންނެވީ މާފުށި ދާއިރާގެ މެމ...

ޔުމްނާ ޢަލީ
ސިނގިރޭޓް މައްސަލަ: ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށްފި

ސިނގިރޭޓް މައްސަލަ: ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މިއަދު މަގާމުން ވަކިކޮށްފި އެވެ. ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރަށްވާ މަގާމެކެވެ. ކަސްޓަމްސްގައި ތިން ޑެޕިއުޓީ ކޮމިޝަނަރަކު ތިއްބެވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ ދެ މައްސަލައަކާއި ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށް ތިން އޮފިސަރަކަށް ފިޔަވަޅުއެޅުމަށް އަން...

ޔުމްނާ ޢަލީ
ތިލައުތުރު އެވޯޑު: ޚިދުމަތްތެރީންނާއި ރީތި ނަން ހޯދައިދިން ފަރާތްތަކުގެ އަގު ވަޒަންކޮށްފި

ތިލައުތުރު އެވޯޑު: ޚިދުމަތްތެރީންނާއި ރީތި ނަން ހޯދައިދިން ފަރާތްތަކުގެ އަގު ވަޒަންކޮށްފި

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025” ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ބާއްވައިފިއެވެ. މިއަހަރުގެ ތިލައުތުރު އެވޯޑު ހަ ދާއިރާއަކަށް ދީފައިވާއިރު، މި އެވޯޑުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް ދިޔައީ އިހަވަންދޫ ކައުންސިލެވެ. މި އެވޯޑު ލިބުނު އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ […]

އައިޝަތު އައިނީ އާމިރު
ތިލައުތުރު އެވޯޑް: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ

ތިލައުތުރު އެވޯޑް: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ބޭއްވި މި އެވޯޑު ހަފުލާގައި އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވުނުއިރު، 2024 ވަނަ އަހަރުގެ ހިންގުންތެރި ކްލަބް ޖަމިއްޔާއަކަށް ހ...

އައިޝަތު އައިނީ އާމިރު
ޅައިމަގު އަންހެނުންގެ ކޮމެޓީގެ "ބަދަހިގުޅުން ކޮމެޓީއާއެކު" ބައްދަލުވުން ބުރާސްފަތި ދުވަހު

ޅައިމަގު އަންހެނުންގެ ކޮމެޓީގެ "ބަދަހިގުޅުން ކޮމެޓީއާއެކު" ބައްދަލުވުން ބުރާސްފަތި ދުވަހު

ށ. ޅައިމަގު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބާއްވާ ހާއްސަ މަޝްވަރާ ބައްދަލުވުމަށް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ. “ބަދަހިގުޅުން ކޮމެޓީއާއެކު” ނަމުގައި ކުރިއަށް ގެންދާ މި ބައްދަލުވުމަށް ދައުވަތު އަރުވަމުން ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ މި މަޝްވަރާ ބައްދަލުވުމަކީ 2026 ވަނަ އަހަރު އެ ކޮމެޓީގެ މަސައްކަތު ތާވަލު ތައްޔާރުކުރުމަށް ބާއްވާ މަޝްވަރާ ބައްލަވުމެއް ކަމަށެވެ. މިގޮތުން މި ބައްދަލުވުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަ...

އައިޝަތު އައިނީ އާމިރު
ދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި

ދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި

ކ. ދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރަސް ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް މުޢިއްޒުއެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މީގެ އިތުރުން އެމްޓ...

ޔުމްނާ ޢަލީ
އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ރައީސް މީހުން އުޅޭ ހުރިހާ ރަށަކަށް

އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ރައީސް މީހުން އުޅޭ ހުރިހާ ރަށަކަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައިވާ ކަމަށެވެ. ރައީސް މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން މި ތާރީޚީ ދަތުރުފުޅު ފުރިހަމަކުރެއްވީ އިއްޔެ ފާދިއްޕޮޅުގެ ރަށްރަށާއި މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި […...

ޔުމްނާ ޢަލީ
ސްޓެލްކޯ އިން ކ. ދިއްފުށީގައި ގާއިމުކުރި އާ އިންޖީނުގެ ހުޅުވައިފި

ސްޓެލްކޯ އިން ކ. ދިއްފުށީގައި ގާއިމުކުރި އާ އިންޖީނުގެ ހުޅުވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ދިއްފުށީގައި ގާއިމުކުރި އާ އިންޖީނުގެ ހުޅުވައިފި އެވެ. މި އިންޖީނުގެ ހުޅުއްވައި ދެއްވީ މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ޒިޔާރަތް ކުރެއްވުމުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އާއި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ...

ތިލަދުން
ވީއައިއޭ އިން ފޭރިގަތް މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ވީއައިއޭ އިން ފޭރިގަތް މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކޮށްފިއެވެ. ފޭރުމުގެ މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް  ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ފޭރުމުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ލޯންޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލައ...

ޔުމްނާ ޢަލީ
ކާށިދޫ ފަޅުގައި ހަދާ ރިސޯޓާއެކު ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެ: ރައީސް

ކާށިދޫ ފަޅުގައި ހަދާ ރިސޯޓާއެކު ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެ: ރައީސް

ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު އެރަށަށް ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ކާށިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކާށިދޫގެ ދުރުމިން ހުރި ގޮތުން އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ވަރަށް މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިން މި މަޝް...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (25)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (25)

” އައި ދުވަހަކު ވެސް ހުސެން އަކަށް ނުގެއްލޭނެ.” އަހަރެން ބުނީމެވެ. ” ނޫން. މި ކަން ޖެހޭނީ ހުއްޓާލަން.” ހުސެން ބުންޏެވެ. ހުސެން އެހެން ބުނުމުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ވަރަށް ދެރަވިއެވެ. ނަމަވެސް އަހަރެމެންގެ ގުޅުމަކީ މާ ދިގު އުމުރެއް އޮތް ގުޅުމެއް ނޫންކަން އަހަންނަށް ވެސް އެނގެއެވެ. ހުސެން އެ މަސައްކަތް ކުރަނީ އަހަރެމެން ދެ މީހުންގެ އާއިލާ ސަލާމަތް ކުރަން ކަން ވެސް އަހަންނަށް އެނގެއެވެ. ” އޯކޭ. ހުއްޓާލެވިދާނެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ޣައްޒާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ނަފްސާނީ ފަރުވާ ބޭނުންވޭ: އދ.

ޣައްޒާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ނަފްސާނީ ފަރުވާ ބޭނުންވޭ: އދ.

އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރުވާފައިވާ ދިގުދެމިގެންވާ ލާއިންސާނީ ހާލަތުގެ ސަބަބުން ޣައްޒާގައި ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު އެއް މިލިއަނަށްވުރެ އިތުރުކަމަށް އދ. އިން ބުނެފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ ކުޑަކުދިންގެ ޖަމްޢިއްޔާ (ޔުނިސެފް) އިން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެއެވެ. ޑަބްލިއު.އެޗް.އޯ އިން ހާމަކުރި ގޮތުގައި، ޣައްޒާގައ...

ނާޒިމާ އަލީ
ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް

ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ ހޯދައިގެން އެންމެ ހިންގުތެރި ކައުންސިލްގެ އެވޯޑު ހއ. މޮޅަދޫ ކައުންސިލް ހޯދައިފިއެވެ. މި އެވޯޑު ދިނުމުގެ ހަފުލާ އޮތީ ރޭ ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ. “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް […]

ޔުމްނާ ޢަލީ
ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއް، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚްރުވެރިރަށެއް: ރައީސް

ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއް، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚްރުވެރިރަށެއް: ރައީސް

ޅ. ނައިފަރަކީ ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި އެރަށަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚްރުވެރިރަށެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ނައިފަރުގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި...

ޔުމްނާ ޢަލީ
މޫސުމީ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް މާއުނގޫދޫގައި ކެންވަސް ހަރުކޮށްފި

މޫސުމީ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް މާއުނގޫދޫގައި ކެންވަސް ހަރުކޮށްފި

ށ. މާއުނގޫދޫގައި މުށުމީ ބަދަލުތަކަށް މުޖުތަމައު ހޭލުންތެރިކުރުމުުގެ ގޮތުން ކެންވަސް ހަރުކޮށްފިއެވެ. މި މަސައްކަތަކީ، ށ. އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލް އަދި ފެނަކަ މާއުނގޫދޫ ބްރާންޗް ގުޅިގެން، މޫސުމީ ބަދަލުތަކަށް ވިލުންވެރި މުޖްތަމަޢުއެއް ބިނާކުރުމަށާއި ކުނި މެނޭޖްކުރުމުގެ މަޤުސަދުގައި މީހުން ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތެކެވެ. މިގޮތުން މި ކެންވަސް ހަރުކޮށްފައިވަނީ މާއުނގޫދޫ އައު ބަނދަރު ސަރަހައްދުގައެވެ. މި ކެންވަސްގައި ފަރުތަކުގެ ދިރުމާއި ކަނޑުތަކުގެ މުއްސަނދިކަން ހާމަކޮށްދެ...

އައިޝަތު އައިނީ އާމިރު